Download Logo
Copy Logo

ނިދުމުން ހަނދާންނެތުމާއި ގުޅުންހުރި ޓޮކްސިން ސިކުޑިން ނައްތާލެވޭ

އަޝްނާ ރަޝީދު 22 މޭ 2026

ނިދުމަކީ އިނސާނުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ނިދުމުން ހަށިގަނޑުގެ ގިނަ ސަބްކޮންޝަސް ނިޒާމުތަކުން ހަށިގަނޑުގެ ވިހަތައް ނައްތާލާ ހަށިގަނޑު އައުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސިކުނޑި ބަލަހައްޓާ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދެއެވެ. ރަނގަޅަށް ނިދުމުން ވިސްނުން ތޫނު ވުމަކީ ގިނަ ފަރާތްތަކުން ފާހަގަކޮށްފައި ދެނެގަނެފައިވާ ކަމަކަށް ވީއިރު، މިކަމަށް މެދުވެރިވާ ބަޔޮލޮޖިކަލް ސަބަބު ހުރިހާ ފަރާތްތަކަށް އެނގިފައެއް ނުވެދާނެއެވެ. މިގޮތުން ޔުނިވާސިޓީ އޮފް ރޮޗެސްޓާގެ ރިވިއުގައި އެއް ސަބަބު ފާހަގަކޮށްލާފައިވެއެވެ.

ސައިންސްގައި ޝާއިރުކޮށްފައިވާ މި ރިވިއު ދައްކައިދޭ ގޮތުން ނިދުމުގެ ސަބަބުން ސިކުނޑީގައި އުފެދޭ މެޓަބޮލިކް ވޭސްޓް ނިދުމުން ނައްތާލެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ހަނދާން ބަލިވުމަށް މެދުވެރިވެގެންދެއެވެ. ދިރާސާވެރިން ބުނާގޮތުގައި މުސްކުޅިވުމާއި، ދިގުދެމިގެންދާ ސްޓްރެސް، ޑިޕްރެޝަން އަދި ހިތުގެ ބަލިތައް ފަދަ ކަންކަމުގެ ސަބަބުން ހަނދާން ބަލިވާ އަސްލު ސަބަބަކީ މި މެޓަބޮލިކް ވޭސްޓް ނައްތާލާ ސިކުނޑީގެ ނިޒާމްތަކަށް ބުރޫއެރުމުންނެވެ.

ރިވިއަރުން އާންމުކޮށް ހޭލާ ގަޑިތަކުގައި މޫޑާއި ސަމާލުކަމާއި އުޅޭގޮތް ރެގިއުލޭޓް ކުރާ ޑޮޕަމިން، ސެރޮޓޮނިން، ނޯރެޕިނެފްރިން، އަދި އެސިޓައިލްކޮލިން ފަދަ ނިއުރޯމޮޑިއުލޭޓަރުތައް ނިދާގަޑީގައި ކޯޑިނޭޓްކޮސްފައިވާ އޮސިލޭޝަންތަކަކަށް ވެއްޓިގެންދެއެވެ. މި ރިތްމްތަކުގެ ސަބަބުން ނޭވާލުމާއި، ހިތުގެ ދުވެލިއާއި، ސިކުނޑީގައި ފެން ދައުރުވުމަށް އަސަރުކުރެއެވެ. މީގެ ސްބަބުން ލޭހޮޅިތައް މަޑުމަޑުން ފުޅާވެ ކުޑަވެގެންދާ ވެސޯމޯޝަން ހިންގާ، ސެރެބްރޮސްޕައިނަލް ފްލޫޑް ސިކުނޑީގެ ޓިޝޫތަކާއި އުފެދިގެންދާ މެޓަބޮލިކް ވޭސްޓްތަކުގެ ތެރެއިން ދުއްވާލައެވެ.

މި ފްލުއިޑް ހިނގައިދަނީ ސިކުނޑިއަށް ގެއްލުން ލިބިދާނެ ކުނި ސާފުކުރުމަށް އެހީތެރިވެދޭ ގްލިމްފަޓިކް ނިޒާމުގެ ތެރެއިންނެވެ. މި ނިޒާމުގެ ތެރެއިން އަލްޒައިމާރާއި އެހެނިހެން ޑިމެންޝިއާގެ ބާވަތްތައް ދިމާވާ ފަރާތްތަކުގެ ސިކުނޑީގައި އެއް ވާ އުފައްދާ އެމިލޮއިޑް-ބީޓާ އަދި ޓާއު ޕްރޮޓީން ފަދަ ވިހަތައް ސާފުކުރެވިގެން ދެއެވެ. މި ޕްރޮސެސް ޚާއްޞަކޮށް ހަރަކާތްތެރިވަނީ ފުން ނޮން-އާރްއީއެމް ނިދުމުގެ ވަގުތުތަކުގައިކަން ދިރާސާވެރިން ފާގަކޮށްފައިވެއެވެ.

ސިކުނޑީގެ ސިއްހަތަށް ބެލެވިދާނެ ބަޔޯމާކެރެއްގެ ގޮތުގައި ހާޓް ރޭޓް ވެރިއޭބިލިޓީ (އެޗްއާރުވީ) ބޭނުންކުރެވިދާނެކަމަށް ވެސް މި ދިރާސާ ފާހަގަކޮށްފައިވެއެވެ. ގިނަ ސްމާޓްވޮޗްތަކާއި ފިޓްނަސް ޓްރެކަރުތަކުން މިހާރުވެސް އެޗްއާރުވީ މޮނިޓަރ ކުރާއިރު، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރޭގަނޑު ގަޑީގައި ސިކުނޑީގެ ސާފުކުރުމުގެ ނިޒާމު އެޗްއާރުވީ މެދުވެރިކޮށް މޮނީޓަރުކޮށްލެވޭނެއެވެ. އަދި މީގެ ސަބަބުން ހަނދާން ބަލިވުމާއި ވިސްނުން ކޮށިވުން މޮނީޓަރުކުރެވޭނެ އައު ނިޒާމެއްވެސް ލިބިގެން ދާނެކަމަށް ދިރާސާވެރިން ޤަބޫލުކުރެއެވެ. ނަމަވެސް މިޔަކީ އިތުރު ތަހުގީގުތަކުން ކަށަވަރުކުރަން ޖެހޭކަމެއްކަނއ ފާހަގަކޮށްލެވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.