Download Logo
Copy Logo

.siemens-healthineers.com

ސިކުނޑިން ކަންކަމަށް ނުފޫޒު ފޯރާ ސަބަބު ދެނެގަންނަގޮތް

އަޝްނާ ރަޝީދު • 24 ސެޕްޓެމްބަރު 2026

ނިއުރޯންގައި ޝާއިއުކޮށްފައިވާ އާ ދިރާސާއިން އިންސާނުންގެ ސިކުނޑިން އަޅުގަނޑުމެންކުރާ ތަޖުރިބާތަކަކީ އަޅުގަނޑުމެންގެ އަމަލުތަކުންތޯ ނުވަތަ އެހެން ނުފޫޒުތަކުގެ ސަބަބުންތޯ ދެނެގަންނަގޮތް ހޯދާފިއެވެ. ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިންސްވެރިންނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އެމީހެއް ކުރާ ކަމަކަށް ހުރި ކޮންފިޑަންސްގެ މިންވަރާއި، ތަޖުރިބާތަކުގެ އެހީގައި ސިކުނޑިން ކަމެއްކާމިޔާބުވުމާއި ނުވުމުގެ ސަބަބު ދެނެގަނެއެވެ. މީގެން ސިކުނޑި ކާމިޔާބީއިންނާއި ނާކާމިޔާބީއިން ދަސްކުރާގޮތާއި މެދު އިތުރަށް ދެނެގަނެވެއެވެ.

މި ދިރާސާގައި ބައިވެރިންނަށް ދައްކައިދޭ ސްކްރީންތަކުގައި ހުންނަނީ ގިނައިން ނޫ ނުވަތަ އޮރެންޖު ތިކިތޯ ސުވާލިކޮށް، އެ ކަމާ މެދު ހުންނަ ކޮންފިޑަންސް މިންވަރު އަހައެވެ. އެއަށްފަހު ޖަވާބާއި މެދު ފީޑްބެކްއެއް ދެއެވެ. ނަމަވެސް މި ފީޑްބެކަކީ އަބަދު ރަނގަޅު ފީޑްބެކެއް ނޫނެވެ. މިގޮތުން ކޮންފިޑަންސް މިންވަރު ބޮޑު ބައިވެރިންނަށް ޖަވާބު ނުބައިކަމަށް ފީޑްބެކް ލިބުމުން އެއީ ބޭރު ނުފޫޒަކާ ހެދި ނުވަތަ ރެންޑަމްކޮށް ލިބުނު ފީޑްމބެކެއް ކަމަށް ބައިވެރިންނަށް ބެލެވެއެވެ.

މިއަށްފަހު fMRI ސްކޭންތަކުގެ އެހީގައި ބައިވެރިން މި ނިންމުން ނިންމާގޮތް ސިކުނޑިތެރޭގައި ހިނގާގޮތް ބަލާފައިވެއެވެ. މިގޮތުން އެ ފަރާތަތަކުން ނަތީޖާ ކޮންޓްރޯލް ކުރެވޭ މިންވަރުގެ ކޮންފިޑަންސް މިންވަރާއި ބޭރު ނުފޫޒުތަކަށް ކަންކަން އެޓްރިބިއުޓްކުރާ މިންވަރު ސިކުނޑީގެ ޑޯރސޮމިޑިއަލް ޕްރީފްރަންޓަލް ކޮޓަކްސް (dmPFC)އިން ކޮންޓްރޯލް ކުރާކަން ފެނިފައިވެއެވެ. މި ސަރަހައްދައް ދިރާސާވެރިން ބޭރު އުކުޅަކުން ސްޓިމިއުލޭޓްކޮށްގެން ހިނގާ ސިކުނޑީގެ އެކްޓިވިޓީ ދިސްރަޕްޓްކުރުމުން ދިރާސާގެ ބައިވެރިން ލިބޭ ފީޑްބެކަކީ އަސްލު ނުވަތަ ރެންޑަމް ފީޑްބެކްތޯ ނިންމާލެވުނުލެއް ލަސްވެފައިވެއެވެ.

މި ދިރާސާގެ އަލީގައި ޑިޕްރެޝަން، އެންޒައިޓީ އަދި ސްކިޓްޒޯފްރީނިއާ ފަދަ ހާލަތްތަކުން ކަންކަން ކޮންޓްރޯލް ކުރެވޭ މިންވަރާއި މެދު ކުރެވޭ ޕާސެޕްޝަން ޑިސްޓޯޓްވެދާނެ ސަބަބު ހާމަކޮށްދޭކަމަށް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ދިރާސާއިން ސީދާ މިކަމާ ހުރި ގުޅުން ބަލާފައި ނުވާކަން ފާހަގަކޮށް ލެވެއެވެ. ކުރިން ކުރެވިފައިވާ ދިރާސާތަކުން ދައްކައިދޭ ގޮތުގައި އިންސާނުން ކަމެއ ނިންމުމުގެ ކުރިން ސިކުނޑީގެ އެކްޓިވިޓީތަކުން ފެނިގެންދެއެވެ. މިފަދަ ހޯދުންތަކުން އަޅުގަނޑުމުންގެ ސަބްކޮންޝަސް ވިސްނުމުގެ ބާރުގަދަކަން ހާމަވެގެންދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.