Download Logo
Copy Logo

އައު ދެ ސީ ސްޕައިޑަރ އެއް ކެނަޑާގެ ކަނޑުތަކުން ފެނިއްޖެ

އަޝްނާ ރަޝީދު • 24 ސެޕްޓެމްބަރު 2026

ސެލިޝް ކަނޑުގައި ކުރިން ފެނިފައި ނުވާ ދެ ވައްތަރެއްގެ ސީ ސްޕައިޑަރު ފެނިއްޖެއެވެ. ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ދިރާސާވެރިން މި ދިޔަ އޯގަސްޓް މަހު 26ގައި އޯގަނިޒަމްސް ޑައިވަރސިޓީ އެންޑް އިވޮލޫޝަންގައި ޝާއިރުކޮށްފައިވާ ދިރާސާގައި މި ދެ ސީ ސްޕައިޑަރ ސްޕީޝީސްއާ ބެހޭގޮތުން މައުލޫމަތު ހިއްސާކޮށްފައިވެއެވެ.

ސީ ސްޕައިޑަރަކީ، އޭގެ ނަމާ ހިލާފަށް، މަކުނުގެ ބާވަތެެއް ނޫނެވެ. ކަނޑުގައި އުޅޭ މި ޖަނަވާރަކީ ނަގުލަންދާށި އާއި ހޯސްޝޫ ކްރޭބް ފަދަ މަޙުލޫގެކެވެ. މި ޖަނަވާރު މަކުނާއި އެއްވެސް ގުޅުމެއް ނެތް ނަމަވެސް، ބަލާބެލުމުން މަކުނު ފަދަ ދިގު ފައި އެކުލެވިގެންވެއެވެ. މި ޖަނަވާރަކީ އަޖައިބުވަނިވި އެއްޗެއް ކަމުގައި ވިޔަސް، މީގެ ކުރިން އެހާގިނަ މައުލޫމާތު އެނގިފައި ނުވެއެވެ. އެހެން ކަމުން މި ދިރާސާގެ ސަބަބުން ސީ ސްޕައިޑަސްއާއި ބެހޭގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއެވެ.

މިގޮތުން މި ދިރާސާގެ ތެރޭގައި ކެނެޑާގެ ސަލްޓިޝް ސީ ހިސާބުން ސެޕްޓެމްބަރު 2023 އާއި އޮގަސްޓް 2024 އާ ދެމެދުގައި ފީނާފައިވެއެވެ. މިކަމުގެ ތެރޭގައި ކުއަޑްރާ އައިލެންޑް، ވެންކޫވަރ، ބެމްފީލްޑް، އަދި ވިކްޓޯރިއާ ހިސާބުގައި 18 މީޓަރު އަޑިޔަށް ފީނާފައި ވަށާއިގެންވާ ހިސާބު ދިރާސާކޮށްފައިވެއެވެ. މިކަމުގެ ތެރޭގައި ކުރިން ސައިންސްވެރިން ފާހަގަކޮށްފައި ނުވާ ދެ ސީ ސްޕައިޑަސް ފެނިފައިވެއެވެ.

ޓެނިސްޓައިލަމް ކިއިކްސިން

މީގެތެރެއިން ފާހަގަކޮށްލެވޭ އައު ސްޕީޝީސް ތެރޭގައި ޓެނިސްޓައިލަމް ކިއިކްސިންގެ ނަންދެވިފައިވާ ސީ ސްޕައިޑަރު ހިމެނެއެވެ. މި ސީ ސްޕައިޑަރަކީ ބިސް އުފުލާ ފައިތައް ނިސްބަތުން ކުދި އަދި ޑެކްސްޓެރިޓީ ކުޑަ ޖަނަވާރެކެވެ. މިކަމުގެ ސަބަބުން އަމިއްލަޔަށް ސާފްކުރުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ. މީގެއިތުރުން، މި ސްޕީޝީސްގެ ގައިގައި ގިނަފަހަރު ކިލަޔާއި ވެލި ހުރެ، އޭގެ ގައިގައި ކުދިކުދި އެތައް ޕެރަސައިޓްތަކެއް ދިރިއުޅޭއެވެ. މިކަމާ ގުޅިގެން މި ދިރާސާގެ ކޯ-އޯތަރު ޓޮލަރ-ސްކޮޓް "އިކޯސިސްޓަމެއްގެ ތެރޭގައިވާ އިކޯސިސްޓަމަކަށް" އެއްގޮތަށް ސިފަކޮށްފައިވެއެވެ.

ދެން ފެނިފައިވާ އަނެއް ބާވަތް ކަމަށްވާ ކެލިޕަލީން ޕައިލޯސަސްޕެޑެސް މިއާއި ތަފާތެވެ. މީގައި ދިގު، ވަށް ފައި ތިރީގައިވާ ފައިތައް ނިވާކޮށްފައިވެއެވެ. އަދި ރަތް ލޮލާއި ކުރު ޕްރޮބޮސިސްއަކާއި ތިންކޮޅު ހުންނަ ތިން ތުންފަތް ލީ އަނގަޔެއްވެއެވެ. މި އަނގަ ވަށައިގެން ސެންސަރީ ޓެންޑްރިލްތަކެއް ޖަހާފައި ހުރެއެވެ. މީގެ ބިސް އުފުލާ ފައިތައް ވަރަށް ޑެކްސްޓްރަސް ކަމަށް ފާހަގަކޮށްލެއެވެ. މިކަމުގެ ސަބަބުން މީގެ ފައިތަކުގައިވާ ފުނާކަހަލަ ކަށިތަކުގެ އެހީގައި ގައިން ކިލާ ނަގައެވެ. މި ސްޕީޝީސްގައި ހަމައެކަނި އެންމެ ސީ ސްޕައިޑަރަކާ ދިރާސާވެރިންނަށް ދިމާވެފައިވާކަން ފާހަގަކޮށްލެެވެއެވެ.

މި ދިރާސާގެ ސަބަބުން ސައިންސްވެރިންނަށް ސާލިޝް ކަނޑުގައި ދިރިއުޅޭ ސީ ސްޕައިޑަރުތަކާއި ބެހޭ މައުލޫމާތު އިތުރަށް ސާފްވެގެންދެއެވެ. ޑީއެންއޭ އެނަލިސިސް އާއި ތަފްސީލީ ތަސްވީރުތަކުގެ އެހީގައި، ކުރިން އެއްކޮށްފައި ނުވާ އެތައް ޖެނަޓިކް މައުލޫމާތު އެއްކޮށް، މި ދިރޭ އެއްޗާއި ބެހޭ ގޮތުން ކުރިން ނޭންގޭ އެތަކެއް މައލޫމާތު އެނގިފައިވެއެވެ. ނަމަވެސް މިޔަކީ މި ސަރަހައްދުން އަލަށް ފެންނާނެ ހަމައެކަނި ސްޕީޝީސްތަކެއް ނޫންކަމަށް ދިރާސާވެރިން ގަބޫލުކުށްފައިވެއެވެ. ޓޮލަރ-ސްކޮޓް ވިދާޅުވާ ގޮތުގައި، އެއް ފީލްޑް ސީޒަން ފުދިގެން ދިޔައީ “އަހަރެމެން ޑޮކިއުމަންޓް ނުކުރާ ގޮތަށް ކަނޑައެޅިގެން އިތުރު ޑައިވަރސިޓީއެއް އެބަހުރި”ކަން ދައްކާށެވެ. މި ދިރާސާއަކީ ކެނެޑާގެ ނެޗުރަލް ސައިންސަސް އެންޑް އިންޖިނިއަރިން ރިސާޗް ކައުންސިލުން ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދެ ސްޕީޝީސްތައް ވެސް ގްލޯބަލް ޓެކްސޮނޮމިކް ޑޭޓާބޭސްގައި ހިމަނާފައި ވީއިރު އަދިވެސް އިތުރު ސްޕީޝީސް މި ސަރަހައްދުން ފެންނާނެކަމަށް ދިރާސާވެރިން އިންތިޒާރުކުރެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.