ސްޕޮޓިފައިގެ ސީއީއޯ ޑެނިއެލް އެކް އާސެނަލް ގަންނަނީ

ހަސަންވީ 10 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އެކް އަކީ ލަވަ އަޑުއަހަން އައު ގޮތެއް ހޯދައި އެތައް މިލިއަން ބަޔަކަށް ބޮޑު ފަސޭހައެއް ގެނެސްދިން މީހެކެވެ. ކުރިން ގަންނަން ޖެހޭ ނުވަތަ ޕައިރޭޓްކޮށްގެން އަޑުއަހަމުން ދިޔަ ލަވަތައް މިހާރު ސްޕޮޓިފައި އެޕުން ހިލޭ އަޑުއަހާލެވެއެވެ. ސްޕޮޓިފައިގައި 70 މިލިއަނަށްވުރެ ގިނަ ލަވަ ހުރިއިރު މިލަވަތައް އަޑުއަހާ މީހުންގެ އަދަދު (މަހެއްގެ މައްޗަށް) 356 މިލިއަނަށްވުރެ ގިނައެވެ. ސްޕޮޓިފައިގެ މިކާމިޔާބީތަކުގެ ސަބަބުން އެކުންފުނީގެ އަގު ވަނީ މިހާރު އެތައް ބިލިއަލިއަން ޑޮޮލަރަކަށް އަރާފައެވެ. އެހެންކަމުން މިހާރު އެކުންފުނީގެ ހިއްސާއޮންނަ އުމުރުން 38 އަހަރުގެ ސީއީއޯގެ މިލްކިއްޔާތުވަނީ 4 ބިލިއަންޑޮލަރަށް އަރާފައެވެ.

ޑެނިއަލް އަކީ ފުޓްބޯޅައިގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެނާއަކީ ސްޕޮޓިފައި ބޯޑްމީޓިންތަކުގައިވެސް އޭނާ ސަޕޯޓްކުރާ ޓީމްކަމަށްވާ އާސެނަލްގެ މެޗުތައް ސްޓްރީމްކުރާކަމަށްވެއެވެ. ޑެނިއަލް އެކް ވަނީ އުމުރުން 8 އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ އާސެނަލަށް ސަޕޯޓުކުރަންފަށާފައެވެ.

މިހާރު އޭނާގެ މިސްރާބު ހުރީ އާސެނަލް ގަތުމަށެވެ. ވަރަށްފަހުން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެކަން އިއުލާންކޮށްފައެވެ. އަދި ޓީވީ އިންޓަވިއުއެއްގައިވެސް އެވާހަކަ ތަފްސީލުކޮށްދީފައިވެއެވެ. ޑެނިއަލް އާއިއެއްކޮށް އާސެނަލް ގަތުމުގައި ހަރަކާތްތެރިވާ ޓީމުގައި އާސެނަލްގެ ލެޖެންޑުން ކަމުގައިވާ ތިއަރީ އޮންރީ، ޑެނިސް ބާރކެމްޕް އަދި ޕެޓްރިކް ވިއޭރާ ހިމެނެއެވެ. ސަޕޯޓަރުންގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އާސެނަލްގެ މިހާރު މިލްކުވެރިންކަމުގައިވާ ކްރޮއެންކޭ އާއިލާއާއި ދެކޮޅަށް އެޓީމުގެ ސަޕޯޓަރުން މިހާރުދަނީ މުޒާހަރާކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިން ހިންގަމުންނެވެ.

ޑެނިއަލް އާސެނަލް ގަންނަވާހަކަ ދެއްކުމުން ކްރޮއެންކޭ އާއިލާއިން އާސެނަލް ވިއްކާނުލާނެކަމަށް ބުނިނަމެވެސް ފުޓްބޯޅަ ދިރާސާކުރާފަރާތްތަކުން ބުނަމުންދަނީ ރަނގަޅު އަގެއްހުށައަޅައިފިނަމަ ވިއްކުމުގެ ފުރަސަތު އެބައޮތްކަމަށެވެ. ޑެނިއަލްވަނީ ވަރަށް އަވަހަށް އަގެއް ހުށައަޅާނެކަމަށްބުނެފައެވެ. ބެލެވޭ ގޮތުގައި ފުރަތަމަ ހުށައަޅާނީ 1.8 މިލިއަން ޕައުންޑެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.