މީގެ 11 އަހަރު ކުރިން 2 ޕިއްޒާ ގަތީ 10،000 ބިޓްކޮއިން އަށް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީގެ 11 އަހަރު ކުރިން ފުލޮރިޑާގެ މީހެއް ކަމަށްވާ ލަސްލޯ ހަނޗޭސް 10،000 ބިޓްކޮއިން އަށް 2 ޕިއްޒާގަނެފައި ވެއެވެ. ބިޓްކޮއިން މެދުވެރިކޮށް އެންމެ ފުރަތަމަ ކުރެވުނު ހަގީގީ ވިޔަފާރީގެ މުއާމަލާތަކީ މިއީ ކަމުގައި ބެލެވިފައިވެއެވެ. މި ސަބަބައްޓަކައި މިހާރު 22 މެއި އަކީ "ބިޓްކޮއިން ޕިއްޒާ ޑޭ" ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އޭނާ 2010 ވަނަ އަހަރު މަޝްހޫރު ޕިއްޒާ ބްރޭންޑެއް ކަމަށްވާ ޕާޕާޖޯންސް ގެ 2 ޕިއްޒާ 10000 ބިޓްކޮއިން ދީފައިގަތެވެ. ލަސްލޯ ހަނޗޭސް ގަތް 2 ޕިއްޒާގެ އަގަކީ ގާތްގަޑަކަށް 30 ޑޮލަރ އެވެ. އެއިރު ބިޓްކޮއިނެއްގެ އަގަކީ 0.003$ ސެންޓް އެވެ. އޭގެ 9 މަސް ފަހުން އެ 2 ޕިއްޒާގެ އަގު 10000$ އެމެރިކާ ޑޮލަރަށް އެރިއެވެ. 2015 ވަނަ އަހަރު ނިމުނު އިރު 2.4 މިލިޔަން ޑޮލަރަށް 2 ޕިއްޒާ އެރިއެވެ.

ލަސްލޯ ހަނޗޭސް ބިޓްކޮއިން އިން ގަތް ޕިއްޒާ އާއިއެކު ނަގާފައިވާ ފޮޓޯ

އެކަމަކު މިއަދު އެ 2 ޕިއްޒާގެ އަގަކީ މިހާތަނަށް ބިޓްކޮއިން އެންމެ މަތިވިއަގު ކަމުގައިވާ 63000$ ރޭޓުން ނަމަ 630$ މިލިޔަން އެމެރިކާ ޑޮލަރެވެ.

އޭރުގެ މާރކެޓް ވެލިއުގައި ލަސްލޯ އަށް އެ ދިހަ ހާސް ބިޓްކޮއިން އެކްސްޖޭންޗް އެއްގައި 41 ޑޮލަރަށް ވިއްކިދާނެ ކަމަށް އެންމެ ފުރަތަމަ އޭނާ މި ހިޔާލު ބިޓްކޮއިން ޓޯކް ފޯރަމް ގައި ކުރި 18 މެއި 2010 ގައި ކުރި ޕޯސްޓް އަށް ދީފައިވާ ރައްދު ތަކުގައި ހުށަހަޅާފައިވެއެވެ. 21 މެއި ގައި ލަސްލޯ ގެ އަގު މާދަށީ ތޯ ސުވާލުކޮށްފައިވެއެވެ. އަދި އެއަށްފަހު ބުނެފައި ވަނީ ތިމަނަ ބިޓްކޮއިން އަށް ޕިއްޒާ ގަނެލި ކަމަށް ބުނެލުމަކީ ކިހާ ސަޅި ކަމެއް ހެއްޔެވެ. އަދި އޭގެ ފަހުން ފޮޓޯ ތަކާކާއި އެކު 22 މޭއި 2010 ގައި ކާމިޔާބު ކަމާއި އެކު 10،000 ބިޓްކޮއިން އަށް ޕިއްޒާ އޭނަ ގަނެފި ކަމަށް އިއުލާން ކޮށްފައިވެއެވެ. ފުރަތަމަ ޕިއްޒާ ގަތުމަށްފަހު ވެސް ތަފާތު އެކި ފަހަރު މަތިން ލަސްލޯ ވަނީ ބިޓްކޮއިން މެދުވެރިކޮށް އިން ޕިއްޒާގަނެ ފައެވެ.

ލަސްލޯ އޯޑަރު ކުރި ޕިއްޒާ އާއި އޭނާގެ 1 އަހަރުގެ ދަރިފުޅު.

ބިޓްކޮއިންއަކީ ދުނިޔޭގައި ދައުރުވަމުން އަންނަ އެންމެ އަގުބޮޑު ކްރިޕްޓޯ ކަރަންސީ އެވެ. ފާއިތުވި ހަފްތާއިން ފެށިގެން ބިޓްކޮއިނެއްގެ އަގު، ގާތްގަނޑަކަށް 30 އިންސައްތަ ދައްވެފައިވާއިރު މިހާރު ބިޓްކޮއިންގެ އަގަކީ 38،300$ އެމެރިކާ ޑޮލަރަށެވެ. ބިޓްކޮއިން އަދި އެހެނިހެން ކްރިޕްޓޯ ކަރަންސީތައް ކުރިއަރައިދިއުމަށްޓަކައި އާއްމު ހާލަތްތަކައިގައި ވިޔަފާރި މުއާމަލާތްތައް ކުރަމުންގެންދާ ގޮތަށް ކްރިޕްޓޯ ކަރަންސީ ބޭނުން ކުރެވުން އޭއި މުހިންމު ކަމެކެވެ.

އިތުރަށް ކިޔާލުމަށް :

ބިޓްކޮއިންގެ އަގު %30 އަށް ދައްވެއްޖެ!

ބިޓްކޮއިން މެދުވެރިކޮށް ޓެސްލާއިން ފައިސާ ބަލައިގަންނަނީ

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.