އިދާރާތަކާއި ކުންފުނިތަކުގައި ދެވޭ ޚިދުމަތް ދިނުމުގައި ބޭނުންކުރާ މައުލޫމާތު ގިނަ ދުވަހަށް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަގުބޮޑު އަދި އެހެންމެ އިންސާނީވަސީލަތާއި ޓެކޮނޮލޮޖީގެ ބޭނުން އިންތިހާޔަށް ހިފަންޖެހޭ މަސައްކަތެކެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ޑޭޓާ ރައްކާތެރި ކަމާއެކުބެލެހެއްޓުމެވެ. އަދި އެއަށްފަހު ބޭނުންކުރަންޖެހޭ އިކުއިޕްމަންޓުތައް ނުވަތަ ސާވަރތަކުގެ ޖާގަބެލެހެއްޓުމެވެ.
ދުނިޔޭގައި ކުލައުޑް ކޮމްޕިއުޓިން ނުވަތަ ވަކި ލޮކޭޝަނެއްގައި ގާއިމްކުރެވިފައިވާ މެޝިނަރީ ނުވަތަ ސާވަރ ގައި ބޮޑެތި ފައިލްތައް ރައްކާ ކުރެވޭ ގޮތަށް ގާއިމް ކުރެވުނު ފަހުން ބޮޑެތި ކުންފުނިތަކުން ޑޭޓާ ރައްކާކޮށް ބަލަހައްޓަނީ މިދެންނެވި ޖާގަ ނުވަތަ ޑޭޓާ ސެންޓަރ ތަކުގައެވެ. މިފަދަ ޑޭޓާ ސެންޓަރތަކުގައި ހިމެނޭ މައުލޫމާތުތަކުގެ ރައްކާތެރިކަން ފޯރުކޮށްދެވި، ހާދިސާއެއް ހިނގާ ވަގުތުގައިވެސް މެދު ނުކެނޑި ޚިދުމަތް ދިނުމަށް އެހީއެއްގެ ގޮތަށް ޚާއްސަ ކުރެވެއެވެ. ނަމަވެސް އިންޓަރނެޓަށް ބަރޯސާވާންޖެހޭ މިންވަރާއި ދޭތެރޭގައި އޮންނަޔަގީންކަން އެންމެ އެކަށޭނަވަރަކަށް ކަށަވަރު ނުވާތީވެ މިއީ އެންމެ ރަނގަޅު ޙައްލުކަމަށް ދިވެހީންނަށް ނުވެދާނެއެވެ.
އެޗްޑީސީ އިން ހުޅުމާލެ ތަރައްގީކުރަނީ ޒުވާނުންނަށް ފަހި ފުރުސަތުތަކާއެކު ވިޔަފާރި ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް އެކުލެވޭގޮތަށް ސްމާރޓް ސިޓީއެއްގެ ގޮތަށެވެ. މިކުރިއަށް ގެންދާ ސުމާރޓް ސިޓީ އިނީޝެޓިވްގެ ދަށުން އުމްރާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތުގައި ކޯލޮކޭޝަން ޑޭޓާ ސެންޓަރ ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ބިލްޑް އެންޑް އޮޕަރޭޓް މޮޑެލްގެ ދަށުން މި ދާއިރާގެ ދިވެހި ކުންފުނިތަކާ ގުޅިގެންގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ޕޮރެޖެކެޓެކެވެ. އެހެންކަމުން އެޗްޑީސީގެ މި ކޯލޮކޭޝަން ޑޭޓާ ސެންޓަރަކީ ދިވެހިރާއްޖޭގައި ހުރި އެހެން ޑޭޓާސެންޓަރތަކުގެ ޑިޒާސްޓަރ ރިކަވަރީ ސައިޓެއް ގޮތުގައި ވެސް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވޭ ތަނެކެވެ. މިހެންކަމުން ކާރިޘާއަކާ ގުޅިގެން، ޚިދުމަތް މެދުކެނޑޭ ވަގުތު ކުރުކޮށް އަވަހަށް ޚިދުމަތް ދިނުމަށް ފަސޭހަވެގެންދާނެއެވެ.
މި ޑޭޓާ ސެންޓަރުން އެކިއެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކާއި އަދި އަމިއްލަ ފަރުުދުންނަށްވެސް ބޭނުންކުރެވޭނެގޮތަށް ޚިދުމަތްތައް ހުޅުވާލާނެއެވެ.
މި ގޮތުން އެޗްޑީސީގެ ޑޭޓާ ސެންޓަރުން ކޯލޮކޭޝަންގެ ޚިދުމަތް، ފުލް އަދި ޝެއަރޑް ރެކް ސްޕޭސް އަދި ރޭޓަޑް ޕަވަރ އެންޑް ކޫލިންގެ ޚިދުމަތް ލިބޭނެއެވެ. މިގާއިމު ކުރެވޭ އިންފްރާސްޓްރަކްޗަރގެ ތެރެއިން ޑިޒާސްޓަރ ރިކަވަރީ އަދި ބެކަޕްގެ ޚިދުމަތާއެކު ޖީޕޮން ނެޓްވޯރކާ ގުޅާލާއި އަވަސް ޚިދުމަތް ލިބޭނެމަގު ހޯދުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އެޗްޑީސީއިން ބުނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.