މައިކްރޯސޮފްޓްގެ އާ ވިންޑޯސްގެ ޔޫއައި ލީކު ވެއްޖެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިމަހު 24 ވަނަ ދުވަހު މައިކްރޯސޮފްޓް އިން ބާޒާރަށް ނެރެން ނިންމާފައިވާ ވިންޑޯސް 11ގެ ޔޫސާ އިންޓަފޭސް ލީކު ވެއްޖެއެވެ. އަލަށް ނިކުންނަ ވިންޑޯސްގެ ވިޒުއަލް ހުންނާނެގޮތް މައިކްރޯސޮފްޓް އިން ވަނީ ސިއްރުކޮށްފައެވެ. އެހެން ނަމަވެސް މި މަޢުލޫމާތު ލީކުކޮށްފައި ވަނީ ޗައިނާގެ ބައިދު ނަމަކަށް ކިޔާ ސައިޓުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރެއެވެ. މި ސައިޓުގައި ވިންޑޯސްގެ އަލަށް ނިކުންނަ ޔޫސާ އިންޓަފޭސް އާއި ސްޓާޓް މެނޫ އަދިވެސް އެހެނިހެން ބައިތައް ޝާއިރުކޮށްފައިވެއެވެ.

ވިންޑޯސް 11ގެ ޔޫސާ އިންޓަފޭސް އާއި ސްޓާޓް މެނޫ އެންމެ ވައްތަރީ ކުރިން މައިކްރޯސޮފްޓުން ނެރެން ހަމަޖެހިފައޮތް، އެހެން ނަމަވެސް މިހާރު އެ ޕްރޮޖެކްޓުގެ މަސައްކަތް މުޅިން ހުއްޓާލައިފައިވާ ވިންޑޯސް 10 އެކްސްގެ ޔޫސާ އިންޓަފޭސް އާއިއެވެ. ވިންޑޯސް 10 އެކްސް އަކީ މައިކްރޯސޮފްޓުން ޑުއަލް ސްކްރީސް ޑިވައިސް ތަކަށް ފަސޭހައިން އޮފަރޭޓިންގ ސިސްޓަމް ބޭނުން ކުރެވޭނެ މަގު ފަހިކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮޖެކްޓެކެވެ.

ވިޒުއަލްކޮށް ފެންނަ މަންޒަރުން ވިންޑޯސް 11ގެ އެންމެ ބޮޑު ތަފާތަކީ ޓާސްކްބާ އެވެ. މައިކްރޯސޮފްޓުން ވަނީ ޓާސްކްބާގެ އެޕްލިކޭޝަން އައިކަންސް މެދަށް ޖައްސާ ސްޓާޓް ބަޓަންއެއް މެނޫ އަށް އިތުރުކޮށް ޓްރޭ އޭރިޔާ ފޮހެލާފައެވެ.

ސްޓާޓް މެނޫގެ މި އަޕްޑޭޓުން ވިސްޑޯސް 10 އަށްވުރެ ފަސޭހަވެގެން ދާނެއެވެ. ވިސްޑޯސް 10 އިން ފެންނަ ލައިވް ޓައިލްސް ނެތުމާއި ޕިންކޮށްފަ ހުންނަ އެޕްލިކޭޝާނާއި، އެންމެ ފަހުން ބޭނުން ކުރާ އެޕްލިކޭޝަންތައް ފަސޭހައިން ފެންނަ ހުރުމާއި އަދި ސިސްޓަމް ޝަޓްޑައުން އަދި ރީއިސްޓާޓް ކުރަން ކުރިއަށްވުރެ އަވަސްވާނެ ކަމަށް ބެލެވެއެވެ.

ސްޓާޓް މެނޫ އަދި އެޕް އައިކަންސް ވިސްޑޯސްގެ މެދުގައި ބަހައްޓަން ބޫނުން ނޫންނަމަ ވާތްފަރާތަށް ޖެއްސުމުގެ އޮޕްޝަން އިންނާނެވެ.

ސްޓާޓް މެނޫ އަދި އެޕް އައިކަންސް

ސްޓާޓް މެނޫ، ސާރޗްބާ، ފައިލް އެކްސްޕްލޯރާ އަދި އެޕްލިކޭޝަން ތަކުގެ ކަންތައް ހުންނާނީ ވަށްކޮށްފައި ކަމަށް ބެލެވެއެވެ.

ވިސްޑޯސް 11ގެ ފައިލް އެކްސްޕޮލޯރާ ކަން ވަށްކޮށްފައި

މީގެ އިތުރުން ފާހަގަކޮށްލެވެނީ މެކްސިމައިޒް ބަޓަން އަށް ސެނެޕް ކޮންޓްރޯލް އިތުރުކޮށްފައި ހުރުމެވެ. މީގެ ސަބަބުން ގްރިޑް ފޯމެޓަށް އެކި ވިންޑޯސް ނުވަތަ އެޕްލިކޭޝަން ޔޫސާ ބޭނުންވާ ގޮތަކަށް އަތުރާލުމެވެ.

ވިސްޑޯސް 11ގެ އާ ސްނެޕް ފީޗާ

މި ލީކުތަކުން ވިންޑޯސްއަށް މާބޮޑެތި ބަދަލުތަކެއް އައި ކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް މައިކްރޯސޮފްޓުން ދައްކަންބޭނުންވާ އަޕްޑޭޓްސް އަދި މިއަށްވުރެ ބޮޑުވެފައި ތަފާތުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރެއެވެ.

ވިންޑޯސްއަކީ ދުނިޔޭގެ ގިނަ ކޮމްޕިއުޓަރ ތަކުގައި ބޭނުން ކުރަމުން އަންނަ އޮޕަރޭޓިން ސިސްޓަމަކަށް ވާއިރު، 24 ޖޫން 2021 ވަނަދުވަހު މައިކްރޯސޮފްޓުން ބާއްވާ އިވެންޓުގައި އާ ވިންޑޯސް ނެރޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.