އާރްއޯއެލް ގިގަފައި ހޯމް ފައިބަރ ޕްލޭން އަޕްގްރޭޑް ކުރަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސަރުކާރުގެ ނެޓް ހެޔޮ ސިޔާސަތުގެ ދަށުން ރާއްޖެ އޮންލައިން (އާރުއޯއެލް) އިން ދެމުންގެންދާ ގިގަފައި ހޯމް ފައިބަރ ޕްލޭން ތަކުގެ އަގުހެޔޮކޮށް އިތުރު ޚިދުމަތްތައް ޖުލައި މަހު ތަޢާރަފް ކުރާނެ ކަމަށް އެކުންފުނިން އިޢުލާނު ކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން އެކުންފުނިން ކުރެއްވި ޓްވީޓެއްގައި ގިގަފައި ހޯމް ފައިބަރ ޕްލޭންސް އަޕްގްރޭޑް ކުރާ ކަމަށާއި އިތުރު ހިތްގައިމު ފީޗާސްތައް ޖުލައި މަހު އަންނާނެކަމަށް ބުނެފައިވެއެވެ.

މީގެކުރިން ވެސް ކޯވިޑް19 އާއި ގުޅިގެން އާރްއޯއެލް އިން އެ ކުންފުނީގެ ގިގަފައި ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކެއް ދީފައިވެއެވެ. އެކުންފުނީގެ ގިގަފައި ޕެކޭޖުތަކުގެ ދަށުން އެއް ޓީބީއާ ހަމައަށް ޑޭޓާ ހޯދުމުގެ ފުރުޟަތު ވެސް އެބައޮތެވެ.

އާރްއޯއެލް އިން އެންމެ ފުރަތަމަ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭން ފެށީ ވަޔާލެސް ބްރޯޑްބޭންޑް ރޭޑިއޯ ނެޓްވޯކް މެދުވެރިކޮށެވެ. މިހާރު އެކުންފުނިން ވަނީ ވިލިމާލޭގައި ވެސް ފައިބާ ނެޓްވޯކް ގާއިމްކޮށްފައެވެ. އެ ކުންފުނިން އަންނަނީ އިންޓަނެޓް ޚިދުމަތުގެ އިތުރުން ވެބްހޯސްޓިން އާއި ސެކިއުރިޓީއާ ގުޅޭ ޚިދުމަތައް ވެސް ދެމުންނެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީތަކާއެކު ކުރިމަގުގައި އެހެން ސަރަޙައްދުތަކަށް ވެސް ކުންފުނީގެ ޚިދުމަތް ފުޅާކުރުމަކީ ކުންފުނީގެ އަމާޒެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ ޖުލައި މަހުން ފެށިގެން އިންޓަނެޓު އަގުހެޔޮވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މި ބަދަލުތަކާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އިތުރަށް ކިޔާލުމަށް :

އެންމެ ފަހުން އިންޓަރނެޓް އަގުހެޔޮ ކޮށްފި

ޖުލައި އެއްވަނަ ދުވަހުން ފެށިގެން އަގުހެޔޮ އިންޓަނެޓް

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.