ޓެލެގްރާމް 1 ބިލިއަން ފަހަރު ޑައުންލޯޑްކޮށްފި!

ހަސަންވީ 02 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މުވާސަލާތީ އެޕް ޓެލެގްރާމް މިހާރުވަނީ 1 ބިލިއަނަށްވުރެ ގިނަފަހަރު ޑައުންލޯޑްކޮށްފައެވެ. އެހެންނަމަވެސް މީގެ މާނައަކީ 1 ބިލިއަން މީހުން މިއެޕް ބޭނުންކުރާވަހަކައެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު ޓެލެގްރާމް މަހެއްގެ މައްޗަށް ބޭނުންކުރާ މީހުންގެ އަދަދަކީ 500 މިލިއަންއެވެ. ޓެލެގްރާމް އެންމެ ގިނައިން ބޭނުން ކުރަނީ އިންޑިއާގައެވެ. އެއީ 22 އިންސައްތައެވެ. ދެވަނައަށް ބޭނުން ކުރަނީ ރަޝިއާ މީހުންނެވެ. އެއީ 10 އިންސައްތައެވެ. ތިންވަނައަށް ބޭނުންކުރަނީ އިންޑޮނީޝިއާ އިންނެވެ. އެއީ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 8 އިންސައްތަ މީހުންނެވެ.

މިއަހަރުގައި ޓެލެގްރާމް އެޕް ޑައުންލޯޑް ކުރި މީހުންގެ އަދަދުވަނީ 61 އިންސައްތަައިގެ ކުރިއެރުމެއް ލިބިފައެވެ. އެއީ 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު 133 މިލިއަނުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް 214.7 މިލިއަން ޑައުންލޯޑެވެ. އެއްބިލިއަން ފަހަރު ޑައުންލޯޑް ކޮށްފައިވަނީ 15 ވަރަކަށް އެޕެވެ. އޭގެ ތެރޭގައި ފޭސްބުކް، ވަޓްސްއެޕް، ސްނެޕްޗެޓް، އިންސްޓަގްރާމް، ޓިކްޓޮކް، ސްޕޮޓިފައި އަދި ނެޓްފްލިކްސް ހިމެނެއެވެ.

މިހާތަނަށް 3 ބިލިއަން ފަހަރު ޑައުންލޯޑްކޮށްފައިވަނީ އެންމެ ފަސް އެޕެވެ. އެއީ ޓިކްޓޮކް، ފޭސްބުކް، ވަޓްސްއެޕް، މެސެންޖަރ އަދި އިންސްޓްގްރާމެވެ. މިލިސްޓަށް ޓެލެގްރާމް އަރަން ކިހާ ދުވަހެއް ނަގާނެބާވައެވެ؟

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.