އަނެއްކާވެސް ސޯލަރވިންޑް ފަދަ ބިޔަ ސައިބަރ އެޓޭކްތަކެއް

ޙުސައިން ދީމް މުޙައްމަދު 26 އޮކްޓޯބަރު 2021

މައިކްރޯސޮފްޓުން ހާމަކުރާގޮރުގައި އެމެރިކާގެ އެތައް ސަތޭކަ ކުންފުންޏަކާއި އިދާރާއެއްގެ ވެބްސައިޓްތަކަށް ގިނަ އަދަދެއްގެ ސައިބަރ އެޓޭކުތަކެއް ކުރިމަތިވާންފަށައިފިއެވެ. މައިކްރޯސޮފްޓުން ތުހުމަތުކުރާގޮތުގައި މިހަމަލާތަކުގެ ފަހަތުގައިވެސްވަނީ މިދިޔައަހަރު "ސޯލާ ވިންޑްސް" ގެ ނަމުން މަޝްހޫރުވި ބޮޑު ސައިބަރ އެޓޭކު ފޮނުވި ހެކަރުގުރޫޕެވެ. މިފަހަރު މިމީހުންގެ ޝިކާރައަކަށްވެފައިވަނީ ކްލައުޑް ސާވިސްގެ ރީސެލަރުންނާއި ޓެކްނޮލޮޖީ ސާވިސް ޕްރޮވައިޑަރުންކަމަށް މައިކްރޯސޮފްޓުން އާއްމުކުރި ބްލޮގްޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އެފަދަ 609 ކުންފުންޏަކަށް ފަހުންއައިސް މައިކްރޯސޮފްޓުން އިންޒާރު ފޮނުވަންޖެހިފައިވެއެވެ. ދުރާލާ ފިޔަވަޅުއެޅުމުގެ ސަބަބުނަ އެތަނުން ހެކަރުންނަށް އަތުލައިގަނެވުނީ ދާދި މަދު ކުންފުންޏެއްގެ އެކައުންޓުތަކެކެވެ.

އެމެރިކާގެ މަޤްބޫލް ނޫހެއްކަމުގައިވާ "ދަ ނިއުޔޯކް ޓައިމްސް" ގައި ޝާޢިއުކޮށްފައިވާގޮތުގައި މިމައްސަލަ ހައްލުކުރެވޭތޯ އެމެރިކާގެ ކަމާބެހޭ އިދާރާތަކުންދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ބައެއް އޮފިޝަލުން މިހަމަލާތަކުގައި ކްލައުޑް ސާވިސް ޕްރޮވައިޑަރުންގެ ފަރުވާކުޑަކަން ފާހަގަކުރެވޭކަމަށް ޝަކުވާކޮށްފައިވެއެވެ. މިގޮތުން އެންމެ އާދައިގެ ބޭސްލައިން ސައިބަސެކިއުރިޓީ ސިފަތައް ޤާއިމްކުރިނަމަވެސް މިފަދަ ބޮޑމިނެއްގެ ހަމަލާއެއް ކުރިމަތިވާން ނުޖެހުނީސްކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ގިނަފަހަރު މިހެކަރުގުރޫޕުތަކުގެ އަޑީގައިވަނީ ރަޝިޔާކަން ފާހަގަކުރަމުން، މައިކްރޯސޮފްޓުން ތުހުމަތުކުރަނީ މިސައިބަރ އެޓޭކުތަކަކީ، ރަޝިޔާއިން އެމެރިކާގެ ޓެކްނޮލޮޖީ ސަޕްލައިޗެއިންގެ އެކިއެކި ޕޮއިންޓުތައް އިންފިލްޓްރޭޓްކޮށް، އެމެރިކާގެ ޓެކްނޮލޮޖީތަކަށް ކަޅިއަޅައި ފާރަލުމުގެ ގޮތުން ހިންގާ ނޭއްގާނީ ޢަމަލެއް ކަމުގައެވެ.

އިތުރަށް ކިޔާލުމަށް :

ވައިޓް ހައުސްއިން ރެންސަމްވެއާ އާއިބެހޭ ސަމިޓެއް ބާއްވައިފި

މައިކްރޮސޮފްޓްގެ ކަސްޓަމަރ ސަޕޯރޓް ޓޫލްތަކެއް ހެކްކޮށްފި!

ސޯލަރވިންޑްސް ހެކަރުންގެ ދުއްޕާން މައިކްރޮސޮފްޓް އަށްވެސް


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.