އުރީދޫ މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ) އާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީ އިން ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެއްމެހާ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި ސޮއެކޮއްފައި ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގައި އެހީތެރިވެދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ސުޕަރނެޓް ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ހާއްސަ އޮފަރއެއްގެ ދަށުން ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ކޮށްދީފައެވެ. ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓްގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތަށް އެދިލައްވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ލިބި، ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެއެވެ.
"އުރީދޫ މޯލްޑިވްސްގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް މުޖުތަމައުތަކަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭ ކަމެއް. ޑިޖިޓަލް ޙީދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވާވީއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް. އެހެންކަމުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތާއެކު، އިންޓަރނެޓްގެ ފުރހިމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަރނެޓް ޕޯޓްފޯލިއޯ ދާދި ފަހުން ގެނެވިފައިވާ ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހައި ސްޕީޑްތަކާއެކު ޑޭޓާ ރޯލްއޯވަރ އަދި ސުޕަރނެޓް ވޮއިސްގެ ޚިދުމަތްވެސް ލިބިގެންދާނެ. މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ހެޔޮ އަގުގައި އެންމެ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާ އަދި ޚިދުމަތް ދިނުމަށްދާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ. ހަމަ މިއާއެކު މިފަދަ ޚިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ.
ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެއެވެ. އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭގޮތަށް އެޗް.ޑީ.ސީއިން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޚިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފައެވެ.
ސުޕަރނެޓްއާއި ބެހޭ މައުލޫމާތް ހޯދާލުމަށް http://ore.do/supernet އަށް ޒިޔާރާތްކޮށްލައްވާށެވެ.
ސުޕަރނެޓްގެ ޙިދުމަތަށް އެދިލެއްވުމަށް http://ore.do/getsupernet އަށް ޒިޔާރާތްކޮށްލައްވާށެވެ.
އިތުރަށް ކިޔާލުމަށް:
އެޗްޑީސީ އޯޕަން އެކްސެސް ނެޓްވޯކް ޚިދުމަތް ފެށީ ދިރާގާއިއެކު
ހުޅުމާލެ ފޭސް ދޭކަށް މީޑިއާނެޓް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް