މައިކްރޯސޮފްޓް ވައިޓްބޯރޑް ތަރައްޤީކޮށްފި

އާހިލް އާސިމް އަބްދުالله 05 ނޮވެމްބަރު 2021

މައިކްރޯސޮފްޓް ޓީމްސް އަކީ ކޮވިޑްއައިފަހުން،ވިޔަފާރީގެ މުވާސަލާތްކުރުމަށް އެންމެ މަޤްބޫލުއެއް އެޕްއެވެ. މައިކްރޮސްފްޓް އިން ވަނީ މައިކްރޮސޮފްޓް ޓީމްސްއަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމަކީ ވައިޓްބޯޑުގައި ކުރެހުމާއި ގިނަ ބަޔަކާއެކު އައިޑިއާ އޯގަނައިޒްކުރެވޭ ގޮތް ހެދުމެވެ. މުޅިން އަލަށް ތައާރަފް ކުރެވުނު ކަސްޓަމައިޒްކުރެވޭ 40 ޓެމްޕްލޭޓްތަކާއި، 8 ރިއެކްޝަންއާއި، ކުރެހުމާއި އެކި ޝޭޕްތައްް ވައިޓްބޯޑަށް ލެވޭނެގޮތްވެސް ވަނީ ހަދާފައެވެ. އަދި "ލައިވް ޓްރާންސްކްރިޕްޓް" ފީޗަރ އޮންކޮށްފައި އޮތް ނަމަ ޝެޑިއުލް ނުކުރާ ޓީމްސް މީޓިންގް ތަކަށްވެސް ލައިވް ޓްރާންސްކްރިޕްޓް ސަޕޯޓު ލިބޭގޮތަށް މި ފީޗަރ ވަނީ ރޯލްއައުޓްކޯށްފައެވެ.

މީގެ އިތުރުން މައިކްރޮސޮފްޓް ޕަވާރ ޕޮއިންޓްއަށް އާ އޯވަލޭ މެތޮޑްއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ޕްރެޒެންޓަރ މޯޑް "ސްޓޭންޑްއައުޓް" މެދުވެރިކޮށް މައިކްރޯސޮފްޓް ޓީމްސް ބައްދަލުވުމެއްގެ ތެރެއިން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ސްލައިޑްގައި ވީޑިއޯ ފީޑް އޯވަރލޭ ކޮށްލެވޭނެއެވެ.

އަދި 1:1 ސަފާރީ ކޯލިން ސަޕޯޓްއާ ގިނަ ޤައުމުތަކަށް ލޭންޑްލައިން ސަޕޯޓްވެސް މައިކްރޯ ސޮފްޓްއިންވަނީ ތަޢާރާފްކޮށްފައެވެ.


އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.