ޖޯލި މޯލްޑިވްސްގެ މާލީ އެހީތެރިކަން ވިމެން އިން ޓެކްއަށް

އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޖޯލި މޯލްޑިވްސްގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވައި އަންހެނުން ބާރުވެރިކުރުވުމަށް ޖޯލި މޯލްޑިވްސް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. މި ގޮތުން އެރިސޯޓުން އައު އަހަރު ފާހަގަކުރަމުން ދިޔަ މުއްދަތުގައި ހިންގުނު ޕްރޮޖެކްޓެއްގެ ދަށުން ރިސޯޓަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާގެ އެހީ, މިދެންނެވުނު މަގްސަދުގައި މަސައްކަތްކުރާ ތިން ޖަމިއްޔާއަކަށް އެރިސޯޓުން އެހީގެ ފައިސާ ހަވާލުކުރީ މިހަފްތާ ބަންދުގެ ތެރޭގައެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުން އިތުކުރުމަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ދެ ޖަމިއްޔާއެއްކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އަށް ވެސް މާލީއެހީ ހަވާލުކުރިއެވެ.

ރިސޯޓުގައި ބޭއްވުނު ހަފްލާއެއްގައި މި އެހީ ޖަމިއްޔާތަކާ ހަވާލުކޮށްދެއްވާފައިވަނީ ޖޯލި މޯލްޑިވްސްގެ ޓީމާއި ޖެނެރަލް މެނޭޖަރ، އެންވާރ އާރސްލަން އެވެ.

އެންވާރ ވަނީ ޖަމިއްޔާތަކުން ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި އަދި ވަކިން ހާއްސަކޮށް މިފަދަ ގޮންޖެހުން ބޮޑު ދުވަސްވަރެއްގައިވެސް ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. "އަޅުގަނޑުމެންގެ ގެސްޓުންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު ދީލަތި އެހީއަށް ޝުކުރު ދަންނަވަން. ދިވެހި މުޖުތަމައަކީ ދިރިއުޅުމަށް ނުހަނު ރަނގަޅު ވެށްޓަކަށް ހެދުމަށާއި އަދި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ތިމާވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ޖަމިއްޔާތަކުން ކަނޑަޅާފައިވާ މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށް މިއީ މުހިންމު އެހީ އަކަށް ވެގެންދާނެ. އަޅުގަނޑުމެން އެންމެން އެކުގައި މިދަނީ މި ހެޔޮ ބަދަލު ގެނުވަމުން."

ޖަމިއްޔާތަކަށް ލިބުނު މާލީ އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ

ވިމެން އިން ޓެކް- އަންހެނުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކުރުވައި ބާރުވެރިކުރުވުމާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އަދި ސްކޫލް ދަރިވަރުންނަށް މެޝިން ލާރނިންގް އާއި ކޯޑިން ދަސްކޮށްދިނުން.

އޮލިވް ރިޑްލީ ޕްރޮޖެކްޓް – ރ.އަތޮޅު ތެރޭގައި ވެލާ ކަހަނބާއި، އެ ސޮރުމެން ދިރިއުޅޭ ވެށި ހިމާޔަތްކުރުން. މިގޮތުން ވެލާ ކަހަނބު ސަލާމަތްކުރުމާއި، ރިހެބިލިޓޭޓް ކުރުމާއި، ސައިންސްޓިފިކް ހޯދުންތައް ހޯދުމާއި، މިކަމުގެ އިލްމު ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނަށް މިކަމާ ގުޅުންހުރި މައުލޫމާތު ދިނުން.

ޒީރޯ ވޭސްޓް މޯލްޑިވްސް - އުކާލެވޭ އަންނައުނާއި ފޮތީގެ ބާވަތްތައް މަދުކުރުން. މިގޮތުން ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ ނުވަތަ ރީސައިކަލް ކުރެވޭނެ އަންނައުނު ވަކި ކުރުމުގެ މަސައްކަތްކުރުން.

މިއީ ފަތުރުވެރިންގެ ބައިވެރިވުމާއެކު ޖޯލި މޯލްޑިވްސްގެ ފަރާތުން ހިންގި ޕްރޮޖެކްޓެއްގެ ދަށުން އެއްކުރެވުނު ފައިސާއެވެ. ރިސޯޓުގެ އާރޓިސްޓާއި އެކު ފަތުރުވެރިންވަނީ އެމީހެއްގެ އަމިއްލަ ސްޓައިލްގައި ސެރަމިކް މަސް ތަކެއްގައި ގްލޭޒް ކޮށްފައެވެ. މިގޮތުން ގްލޭޒް ކުރެވުނު މަސްތައް ބޭނުންކޮށްގެން މައިގަނޑު ތިން އާޓްވޯރކް ހަދާފައިވެއެވެ. މި އާރޓްވޯކްތައް އާންމުކޮށް ފެންނާނެ ގޮތަށް ރިސޯޓުގައި ވަނީ ބަހައްޓާފައެވެ.

ޖޯލި މޯލްޑިވްސްގެ ސީއެސްއާރު ސްޓްރެޓެޖީ 'ޖޯއި އޮފް ކެއަރިންގ' އަމާޒުކޮށްފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ތިމާވެށީގެ ހަރަކާތްތައް ކުރިއެރުވުމަށް ' ޖޯއި އޮފް ޕްރިޒަރވިންގ'، އިޖުތިމާއި ބައިވެރިވުން އިތުރުކުރުމަށް 'ޖޯއި އޮފް ސަޕޯރޓިންގ، އަންހެނުން ބާރުވެރިކުރުވުމަށް 'ޖޯއި އޮފް އެމްޕަވަރިންގ' އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ބާރު އެޅުމުގެ ގޮތުން 'ޖޯއި އޮފް ކޮންޒަރވިންގ' އަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.