ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ

ހުސެއިން އާރިފް 27 ފެބްރުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް(އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިްޕް ސެޓެލައިޓްހަދާ ޓެސްޓްކުރުމެވެ.މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ. މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށް ވުމީ އެޗްޑީސީއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކެމެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސްއިން ފާހަގަކުރައްވާ ގޮތުގައި އެޗްޑީސީގެ އެހީތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަޤްޞަދު ހާސިލުކުރެވޭނެއެވެ.

މިއީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް އެކެވެ. ކޭއެސްއެފް ސް ޭޕސް ފައުންޑޭޝަން އަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަ ިޕއަން ސްޕޭސް އެޖެންސީ(އީސާ)އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ.

މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓްނަރޝިޕް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

އައިޖީއެސްއިން ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ރާއްޖޭގައި ލޯންޗުކުރީ ނޮވެމްބަރ 2020 ގައެވެ. ރާއްޖޭގެ މިޝަންގެ ޑައިރެކްޓަރކީ ޑރ. ސްރީމަތީ ކޭސަންއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.