ޓެކްނޮލޮޖީ ދާއިރާގެ 100،000 އަންހެނުންގެ ކޮންފަރެންސް

ވިމެންޓެކް ގްލޯބަލް ކޮންފަރެންސް 2022 ޖޫން 7-10 އަށް ބާއްވާ އެންމެ ބޮޑު ވާޗުއަލް ޓެކް ކޮންފަރެންސްގެ ތިންވަނަ އެޑިޝަންގެ ކޮމިއުނިޓީ ޕާރޓްނަރ އެއްގޮތުގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ. ވިމެންޓެކް ނެޓްވޯކަކީ ދުނިޔޭގެ 172 ގައުމު ތަމްސީލުކުރާ 60،000 އަށް ވުރެ ގިނަ މެމްބަރުންނާއި 5800 އެމްބެސެޑަރުން ހިމެނޭ ގޮތަށް، ޓެކްނޮލޮޖީ ދާއިރާގެ އަންހެނުން ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮމިއުނިޓީ އެވެ.

ވިމެންޓެކް ގްލޯބަލް ކޮންފަރެންސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ 100،000 އަންހެނުން އެއްތަނަކުން ގުޅުވައިދިނުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.

މިއަހަރުގެ ކޮންފަރެންސްގައި މައިގަނޑުކޮށް އަމާޒުކުރާނީ ޓެކްނޮލޮޖީ ލީޑަރޝިޕް، ޓެކް އިނޮވޭޝަން، ކެރިއަރ ގްރޯތް، އަދި އެންމެން ގުޅިގެން ދުނިޔެއަށް ބަދަލުގެނެސް މުސްތަގުބަލް ބައްޓަންކުރުމަށް މަސައްކަތްކުރުމަށެވެ. މިމަޢުލޫތަކަށް މަޝްވަރާކުރުމަށް، އުތުރު އެމެރިކާ އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި 3 ވަރޗުއަލް އަދި 1 ހައިބްރިޑް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ވިމެން ޓެކް ގްލޯބަލް ކޮންފަރެންސް 2022ގައި ޓެކް ދާއިރާގެ ޕްރޮފެޝަނަލް ފަރާތްތަކާއި, މިސިނާއަތުގައި އީޖާދީ މަސައްކަތްކުރާ ފަރާތްތައް ހިމެނޭގޮތުން، 172 ގައުމުން 5800 ވިމެންޓެކް އެމްބެސެޑަރުން ފީޗަރކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން 500 އަށް ވުރެ ގިނަ ފަރާތުން ކޮންފަރެންސްގައި ވާހަކަދައްކާނެއެވެ. ވާހަކަ ދެއްކުންމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުޅަދާނަ އެގްޒެކެޓިވް އަންހެނުން ހިމެނެއެވެ. މީގެތެރޭގައި ސީމަންސް ކުންފުނީގެ ސީއައިއޯ, ހަނާ ހެނިގް، ޗޭންޖް.އޯގް ގެ ސީޓީއޯ އެލެއިން ޒޫ، ނޫޓަނިކްސް ކުންފުނީގެ ސީއައިއޯ ވެންޑީ ފައިފަރގެ އިތުރުން އެމޭޒަން، ގޫގުލް، އައިބީއެމް، މެޓާ، މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުގެ އެކި ލެވެލްގެ ޓެކް ލީޑަރުން ހިމެނެއެވެ.

"ޓެކް އިންޑަސްޓްރީ ނެވިގޭޓް ކުރުމަށް ކުރާ ދަތުރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންނަށް އެހީތެރިވުމުގެ ގޮތުން ވިމެންޓެކް ނެޓްވޯކާ އެކު ޕާޓްނާޝިޕެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މި ޕާޓްނަރޝިޕްގެ ސަބަބުން އަޅުގަނޑުމެން އެދެނީ ދުނިޔޭގެ ލެވެލްގައި އަންހެނުންކުރާ މުހިއްމު މަސައްކަތްތައް ފެނި، ދިވެހި އަންހެނުންވެސް ޓެކް އިންޑަސްޓްރީން ޖާގަ ހޯދުމަށާއި، ކެރިއަރ ކުރިއަރުވުމަށް މޯޓިވޭޓްވުމެވެ. އަދި މިފަދަ ހަރަކާތްތަކުން ދިވެހި އަންހެނުންގެ ހުނަރު އިތުރުވެ، އެމީހުންގެ ފަރާތުން ގައުމު ތަރައްގީކުރުމަށް ފުރުސަތުތައް ހުޅުވިގެން ދިޔުމެވެ." ވިމެން އިން ޓެކް މޯލްޑިވްސް 2022 ގެ ރައީސާ ހިންދު އަލީ ހާމަކުރެއްވިއެވެ.


މިކޮންފަރެންސްގެ ބައިވެރިންނަށްޓަކައި ޓެކް އިންޑަސްޓްރީގެ އެންމެ މަތީ ފަންތީގެ ފަރާތްތައް މެދުވެރިވެ މުހިއްމު އިވެންޓްތަކެއް ރޭވިފައިއެބަހުރިއެވެ. އޭގެ ތެރޭގައި ލައިވް ކީނޯޓް ތަގުރީރުތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ޓެކްނިކަލް ވޯކްޝޮޕްތަކާއި، ކެރިއަރ އެކްސްޕޯ އަދި ވަރޗުއަލް ނެޓްވަރކިންގ ސެޝަންތައް ހިމެނެއެވެ. މިހަރަކާތްތަކުން، ބައިވެރިންނަށް އިންޑަސްޓްރީގެ މަތީ ފަންތީގެ މީހުންގެ ފަރާތުން ކެރިއަރ ކުރިއެރުމުގެ ފިލާވަޅުތައް ދަސްވެ، އަމަލީ ތަޖުރިބާގެ ފުރުސަތުތަކާއި ދުނިޔޭގެ އެކި ހިސާބުތަކުގައި އެއްބާވަތެއްގެ މަސައްކަތް ކުރާ ގިނަ ފަރާތްތަކާއި އެކު ނެޓްވަރކް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ވިމެންޓެކް ނެޓްވޯކްގެ އިވެންޓްތަކަށް އެހީތެރިވެދޭ ޖަމްޢިއްޔާތަކުން ދަނީ މިހާރަށްވުރެ ތަފާތު އަދި އެންމެން ޝާމިލުވާ ޓެކް އިންޑަސްޓްރީއެއް ބިނާކުރުމަށް އަމާޒުކޮށްގެން މަސައްކަތްކުރަމުންނެވެ. މިފަހަރުގެ އެންމެ އިސް ޕާޓްނަރުންގެ ތެރޭގައި ޖީއީ ހެލްތުކެއާ، އެޗްޕީ، ޖޭޕީ މޯގަން، ޕަލޯ އަލްޓޯ ނެޓްވޯކްސް، ސްޕްލިޓް، ވިންގް، ވިއާޒް، ޔެލްޕް އަދި މިނޫންވެސް އެތައް މުހިއްމު ނަންތަކެއް ހިމެނެއެވެ.

ވިމެންޓެކް ނެޓްވޯކުގައި ހިމެނޭ ވިމެން އިން ޓެކް އެމްބެސެޑަރުން މެދުވެރިވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަށް ސަތޭކަ ހަރަކާތްތަކެއް މީގެ ކުރިންވެސް ވަނީ ހިންގިފައެވެ. މިކަންތައްތަކުގެ މަގުސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އެކި ލެވެލް ތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް، އެފަދަ އެހެން އަންހެނުންނާއި ގުޅުވައިދިނުން ކަމަށް ވިމެންޓެކް ގްލޯބަލް އިން ހާމަކުރެއެވެ. މީގެ އިތުރުން ދާއިރާގެ ލީޑަރޝިޕްގައި ތިބި އިންސްޕިރޭޝަނަލް އަންހެނުންނާއި، ޓެކް ކުންފުނިތަކާއި، އީޖާދީ ސްޓާޓްއަޕްތަކާއި ގުޅި، އެ ފަރާތްތަކުގެ ވާހަކަތަކުން އިންސްޕަޔަރވެ މޯޓިވޭޓްވުމެވެ. އަދި މިފަދަ ގިނަ ފަރާތްތަކެއް އެކީގައި މަސައްކަތްކުރުމުގެ ސަގާފަތް ދެމެހެއްޓުމެވެ.

މިކޮންފަރެންސްގެ ވަރޗުއަލް ހަރަކާތްތައް ހިނގާނީ، ހޮޕްއިން އިން ފޯރުކޮށްދޭ ޕްލެޓްފޯމެއްގައެވެ. މިޕްލެޓްފޯމުގައި ނެޓްވަރކިންގއަށް ގިނަ ފީޗަރތަކެއް ހިމެނޭނެކަމަށް އޮގަނައިޒްކުރާ ފަރާތުން ހާމަކުރެއެވެ. އޭގެ އިތުރުން، ކޮންފަރެންސްގެ ކެރިއަރ އެކްސްޕޯގައި ކޮންފަރެންސްގެ ސަޕޯޓިން ކުންފުނިތަކާއި ކޮންފަރެންސްގެ ބައިވެރިންނާއި ގުޅުވައިދީ، ވަޒީފާ ހޯދުމަށް ދެ ފަރާތަށްވެސް ފުރުސަތުތައް ލިބިގެންދާނެއެވެ.

ކޮންފަރެންސްގައި ބައިވެރިވުމަށް ޓިކްޓެ ހޯދުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާށެވެ.

https://www.womentech.net/women-tech-conference


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.