މި އަހަރަކީ ލިނަކްސް ގޭމިންގެ އަހަރު

އަޙްމަދު ދާއޫދު 20 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލިނަކްސް ޑެކްސްޓޮޕް އަހަރު ގޮތުގައި ހެދުމަށް ކާމިޔާބު ވެފައި ނުވިޔަސް 2022 ވަނަ އަހަރަކީ ލިނަކްސް ގޭމިން އަހަރު ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކޮންމެ އަހަރަކު ލިނަކްސް ގޭމިން ޑޭގެ ގޮތުގައި ފެބްރުއަރީ 25 ވަނަދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެދުވަސް ނިސްބަތްކުރަނީ ސްޓީމް ޑެކް ރިލީސް ކުރި ދުވަސް ގެ ގޮތުގައެވެ.

"އިޔާ އޮފް ދަ ލިނަކްސް ޑެސްކްޓޮޕް" ގެ ޒަމާންވީ ޖޯކަކީ ހަގީގަތުގައި ވެސް އަސްލުއެއްޗަކަށް ވާން ދުވަސްތަކެއް ނަގާފާނެ ކަމަށް ބެލެވުނު ނަމަވެސް، ލިނަކްސް ގޭމިން މިހާރު ވަނީ ވަރަށް ބޮޑަށް މެއިންސްޓްރީމް ވެފައެވެ. ލިނަކްސްއަށް ސްޓީމް ގެނައުމާއި، އަދި އެންމެފަހުން ސްޓީމް ޑެކް އުފެއްދުން ފަދަ އެތައް ކަމެއް "ވެލްވްގެ" ސަބަބުން އުކުންފުންނިވަނީ ކުރިއެރުން ހޯދާފައެވެ.

ހަމަ ގައިމުވެސް އެ ހުރިހާ ކުރިއެރުމުގެ އަސްލަކީ ވެލްވް އެކޭ ބުނެވޭކަށްވެސް ނެތެވެ. އޯޕަން ސޯސް ކޮންޓްރިބިއުޓަރުންގެ ބޮޑު ލިސްޓެއް އެކުންފުންޏަށް އެހީތެރިވެދޭން އެބައޮތެވެ. ޑްރައިވަރުން ފެށިގެން ޑެސްކްޓޮޕް އެންވަޔަރަމަންޓް އަޕްގްރޭޑްތަކާ ހަމައަށް ޝުކުރު އަދާކުރަން ޖެހޭ އެތައް ބައިވަރު މީހުންނާއި ކުންފުނިތަކާއި ޖަމިއްޔާތައް އެބަހުއްޓެވެ.

އޯޕަން ސޯސް ނެތި އަދި ވޮލްކަން އޭޕީއައި ނެތި ސްޓީމް ޑެކް ނުފެންނާނެއެވެ. އަޅުގަނޑުމެން ކުރިންވެސް މިދިޔަ ހަތަރު އަހަރުތެރޭ ބުނަމުން މިދިޔައީ ، އިތުރު ވެންޑަރުން ނާއެކު، ރަނގަޅަށް ޖަމްޕް ކުރުމަށް "ހާޑްވެއަރ ބޭނުންވާ ވާހަކައެވެ. އަދި ރަނގަޅު މާކެޓިން އެއް، ނުވަތަ ރަނގަޅު ޑެސްކްޓޮޕް އެއް ލިބުމަކުން ނުފުދޭ ކަމަށްވެސް ދިޔައި ބުނަމުންނެވެ.

ސްޓީމް ޑެކް ރެޑިޓް ބޭނުންކުރާ ނަމަ، ސްޓީމް ޑެކްގައި ވެސް ކޭޑީއީ ޕްލާޒްމާ ޑެސްކްޓޮޕް މޯޑް ޓްރައި ކޮށްލަން ވަރަށް ގިނަ މީހުން މަސައްކަތް ކުރާތަން ފެންނާނެ އެވެ. ކޭޑީއީ ޕްލާޒްމާއަށް އަންނަ ގިނަ ފިކްސްތަކަކީ ވެސް މީހުން އެކަން ކުރަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން، އަދި މައްސަލަތައް ހޯދުމުގެ ނަތީޖާއެއްގެ ގޮތުން، އޭގެ ސަބަބުން ހުރިހާ ޔޫޒަރުންނަށް ވެސް އޭގެ ފައިދާ ކުރާ ކަމެކެވެ. ޑިވެލޮޕަރ ނެޓް ގްރަހަމްގެ ކޭޑީއީ ބްލޮގް ޕޯސްޓްތަކުގައި މި ހަފްތާގައި އާއްމުކޮށް ދެކެވިފައި ހުންނާނީވެސް މިވާހަކަތަކެވެ.

ފަހަކަށް އައިސް ޕީސީ ގޭމަރ ފަދަ ސައިޓްތަކުން މީހުން ގާތު ސްޓީމްއޯއެސް އާއި އެކު ތިބުމަށް ބުނަމުންދިޔައެވެ. ވިންޑޯސް އާއި ލިނުސްޓީޓީ ވެސް ހީކުރީ ސްޓީމްއޯއެސް އިން ޖުމްލަކޮށް މާ ރަނގަޅަށް ކަންތައް ކުރި ކަމަށެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް ވާނެ ކަމަށް އަހަރެން އުއްމީދެއް ނުކުރަން. ވެންޗާ ބީޓްގެ ޖެފް ގްރެބް ވެސް ދާދި ފަހުން ޓްވިޓާގައި ކުރި ޕޯސްޓެއްގައި މިހެން ބުނެފައި ވެއެވެ.

އިތުރު ކުންފުނިތަކުން ވެސް މިހާރު ވަންއެކްސްޕްލޭޔަރ ފަދަ ލިނަކްސް އާ އެކު ކުރިއަށް ދިއުމަށް ދަނީ ބަލަމުންނެވެ. ހަމައެކަނި ދެރަތަންކޮޅަކީ ޖީޑީޕީ އިން އޭތި ނުބެލޭކަމެވެ.

އެޕިކް ގޭމްސް އިން ވެސް މަސައްކަތް ކުރަނީ އީޒީ އެންޓި-ޗީޓް ލިނަކްސްގައި ފަސޭހައިން މަސައްކަތް ކުރެވޭނެ ގޮތް ހެދުމާއި، އަންރިއަލް އިންޖީން 5 އާއެކު ލިނަކްސް އަށް ރަނގަޅު ސްޓޭޓަކަށް އަންރިއަލް އިންޖީން ހޯދުން ފަދަ ކަންކަމެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އެނގިގެންދަނީ މިއީ ސްޓީމް ޑެކްއަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފައިވާ ކަމެއްކަމެވެ. އެކަމަކު ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ސްޓީމް ކްލަޔަންޓްގެ އިތުރުން، ޕްރެކްޓިކަލީ ހުރިހާ ސްޓީމްއޯއެސް އަކީ ވެސް އޯޕަން ސޯސް ސޮފްޓްވެއާ އެއް ކަމާއި ހުރިހާ އިމްޕްރޫވްމަންޓެއް ވެސް ދަނީ ލިނަކްސް ގޭމިން އަށް ފައިދާ ކުރާ ގޮތަށް ކަމެވެ.

ބޮޑަށް ބެލެވޭގޮތުގައި އެންމެފަހުން ގިނަބަޔަކު މިހާރު ލިނަކްސް ގޭމިންގއަށް ބަދަލުވާން ފަށައިފިއެވެ. ހަމަ ޔަގީނުންވެސް އެތައް ބަޔަކު މިހާރު ދަނީ އެކަން އިތުރަށް ދަސްކޮށް، އެ އިން އުފާ ލިބިގަނެ، އެ އަށް ޝައުޤުވެރިވެ އެ މަންޒަރު ދެކެން ބޭނުންވާ ގޮތް ވެސް ހޯދަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.