ޓެސްލާއިން 2024 ވަނަ އަހަރު ހުންގާނާ ޕެޑަލް ނެތް ރޮބޯޓެކްސީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.
އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ކޯލްގައި، ސީއީއޯ އީލޮން މަސްކް ބުދަ ދުވަހު ވަނީ "ޑެޑިކޭޓެޑް ރޮބޯޓެކްސީ" އާ ބެހޭ ތަފްސީލުތައް ހިއްސާކޮށްފަ އެވެ.
"އެ ޓެކްސީ ހުންނާނީ ކޮންމެ މޭލަކަށް، ކޮންމެ ކިލޯމީޓަރަކަށް، އޮޓޮމެޓިކް އެކައުންޓިން އޮޕްޓިމައިޒް ކުރެވިފައި. ވަރަށް ބޮޑަށް ވިސްނާފައި، އެންމެ ކުޑަޚަރަދަކުން ދަތުުރުތައް ކުރެވޭގޮތަށްް، އަޅުގަނޑަށް ހީވަނީ އެއީ ހަގީގަތުގައި ވެސް ޓެސްލާގެ މި ކޮންސެޕްޓަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެހެން." އީލޮން މަސްކް ވިދާޅުވި އެވެ.
ހުންގާނާއި ޕެޑަލް ނެތުމުގެ އަސްލަކީ "އޮޓޯނަމީ އަށް ވަރަށް ބޮޑަށް އޮޕްޓިމައިޒް ވާނެ" ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާމްދަނީ ގެ ކޯލް ގައި ރޮބޯޓެކްސީ އާ ބެހޭ އިތުރު ތަފްސީލު ހޯދުމަށް ސުވާލު ކުރުމުން މަސްކް ބުނީ ޓެސްލާ އިން އަންނަ އަހަރު އިތުރު ތަފުސީލުތަކަށް ހާމަ ކުރުމަށް އިވެންޓެއް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރު ކޮމެންޓެއް ކުރަން އޭނާ ދެކޮޅު ހެދިއެވެ.
ޓެސްލާގެ ޓެކްސަސް ގިގަފެކްޓްރީ ސައިބަރ ރޯޑިއޯގައި ރޮބޯޓެކްސީއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެއީ "މުސްތަގުބަލު" ގައި ކޮންމެހެންވެސް ބޭނުންވާނެ ކަމެއް ކަމަށެވެ.
އާމްދަނީ ގެ ކޯލްގައި އިތުރަށް މަސްކް ވިދާޅުވީ ޓެސްލާ އަދިވެސް އޮތީ 2023 ވަނަ އަހަރު ސައިބާޓްރަކްގެ ވޮލިއުމް ޕްރޮޑަކްޝަނާ ހަމައަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. އަދި މި އަހަރު އެ ކުންފުނިން 1.5 މިލިއަނަށް ވުރެ ގިނަ ވެހިކަލް އުފައްދާނެ ކަމަށް ބެލެވޭ ކަމަށާއި މިއީ އަހަރުން އަހަރަށް 60 ޕަސެންޓް ގެ ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެސްލާއަށް އެންމެ ފަހުން ލިބުނު އާމްދަނީއާއި ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކުގައި ވެސް މަސްކް ވަނީ އެ ކުންފުނިން ތަރައްގީ ކުރަމުން އަންނަ އޮޕްޓިމަސް ނަމަކަށް ކިޔާ ހިއުމަނޮއިޑް ރޮބޮޓަކަށް އޭނާ ދޭ އަހަންމިއްޔަތުގެ ވާހަކަ ދެގުނަ އަށް އިތުރުކޮށްފަ އެވެ.
"އޮޕްޓިމަސް އެންމެ ފަހުން ކާރުގެ ވިޔަފާރިއަށް ވުރެ އަގު ބޮޑުވާނެ، އެފްއެސްޑީ އަށް ވުރެ އަގު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.