ނެޓްފްލިކްސްއަށް އެތައް މިލިއަން ކަސްޓަމަރުންނެއް ގެއްލިއްޖެ

އައިމިނަތު މިންހާ 22 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނެޓްފްލިކްސްއަށް އެތައް މިލިއަން ކަސްޓަމަރުން ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލް އަދި މުޅި ދުނިޔޭގެ އެންމެ މަޤްބޫލް ސްޓްރީމިން ޚިދުމަތްކަމަށްވާ ނެޓްފިލިކްސްއިން އަންދާޒާ ކުރާގޮތުގައި މި ހިނގާ 2022 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ގާތްގަޑަކަށް ދެ މިލިޔަނެއްހާ ކަސްޓަމަރުން ނުވަތަ ސަސްކުރައިބާސްއިސް އެ ކުންފުންޏަށް ގެއްލިގެން ދާނެއެވެ.

ދާދި މިދާކަށް ދުވަހު ނެޓްފިލްކްސްއިން އެކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އެކަނިވެސް އެކުންފުނީގެ ސްޓްރީމިން ޚިދުމަތުން ދެ މިލިޔަން މީހުން މަދުވެފައިވާ ކަމަށެވެ.

އެކުންފުނީގެ ހިއްސާދާރުންނަށް ފޮނުވާފައިވާ ސިޓީގައި މިކަމުގެ ތަފްސީލް ދެމުން ބުނެފައިވަނީ 2020 ވަނަ އަހަރު އެކުންފުނީގެ އާމުދަނީ އިތުވެފައި، އަދި 2021 ވަނަ އަހަރު އާމްދަނީ ދަށްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމުގައެވެ. " އަހަރެމެންނަށް ލިބެމުންދާ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެންގެން ގޮއްސި" ހިއްސާދާރުންނަށް ފޮނުވި ސިޓީގައި އެކުންފުނިން ބުނެފައިވެއެވެ.

ނިމިދިޔަ ޖެނުއަރީ މަހުން އެކުންފުނިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 2021 ވަނަ އަހަރު ނިމިގެން ދިޔައިރު އެކުންފުނީގައި 221.84 މިލިޔަން ކަސްޓަމަރުން ނުވަތަ ސަސްކުރައިބާސްއިން ތިއްބެވެ. ނަމަވެސް ވޭތުވެ ދިޔަ 3 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދުވަނީ 221.64 މިލިއަނަށް ވެއްޓިފައެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުން މަދުވެފައިވަމީ އެހިދުމަތުގެ އަގު ބޮޑުވުމުންކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.މިކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ ގާތްގަޑަކަށް 22 އިންސައްތަ ދަށަށް ގޮސްފައެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.