ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ސްޓާލިންކް ސެޓެލައިޓް ނެޓްވޯކް ބޭނުންކޮށްގެން އިން-ފްލައިޓް ވަޔަލެސް އިންޓަނެޓް ފޯރުކޮށްދިނުމަށް އެއާ ކެރިއަރަކާއެކު ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓެސްލާގެ ޗީފް އެގްޒެކެޓިވް، އީލޮން މަސްކްގެ ހިއްސާ އޮންނަ މި ކުންފުނިން، ދުނިޔޭގެ ރަށްފުށު ހިސާބުތަކުގައި އިންޓަނެޓް ގެ ހިދުމަތް ނުލިބޭ މީހުން މަދު، ކޮންޒިއުމާސް އާއި ގޭބިސީތަކަށް ވުރެ އެންޓަޕްރައިޒް ކަސްޓަމަރުން ސްކޯޕް ކުރުމަށް ސްޕޭސް އެކްސް އިން ގެންގުޅޭ ސްޓްރެޓެޖީގެ މައި ތަނބެއް ކަމަށްވާ ސްޓާލިންކްއިން "އިންޓަނެޓް އިން ފްލައިޓް" ފޯރުކޮށްދިނުމަށް އެއާލައިންތަކާ އެކު އެތައް މަހެއް ވަންދެން ވަނީ މަޝްވަރާ ކޮށްފައެވެ.
މި އެއްބަސްވުމަކީ ސެމީ ޕްރައިވެޓް ޖެޓް ސާވިސް ޖޭއެސްއެކްސްއާ އެކު ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި ސްޓާލިންކް ޓާމިނަލްތަކާ އެކު 100 މަތިންދާ ބޯޓަށް މިޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަތިންދާބޯޓަށް މި އަހަރު ނިމުމުގެ ކުރިން ޚިދުމަތް ދެވޭވަރު ވާނެކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޖޭއެސްއެކްސްގެ ތަރުޖަމާނަކު ވަނީ އެ ޕާޓްނާޝިޕްގެ އަގު ހާމަކުރަން ދެކޮޅު ހަދާފައިވާއިރު، އެމެރިކާގެ ކެރިއަރ ޑެލްޓާ އެއަރ ލައިންސްގެ ސީއީއޯ އެޑް ބެސްޓިއަން ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި ހާމަކުރެއްވި ގޮތުގައި އެކުންފުނިން ސްޓާރލިންކް ޓެކްނޮލޮޖީ އެމީހުންގެ މަތިންދާބޯޓުތަކުގައި ބޭނުންކުރުމަށް އެކްސްކުލޫސިވް ޓެސްޓްތަކެއް އަންނަނީ ހަދަމުންނެވެ.
ސްޕޭސް އެކްސް އިން 2019 ވަނަ އަހަރުން ފެށިގެން ސްޓާލިންކް ގެ 2،000 އެއްހާ ސެޓެލައިޓް ލޯ-އާރތް އޯބިޓަށް ލޯންޗުކޮށްފައިވާއިރު، މި ނެޓްވޯކް އަދި މުޅިން ބޭނުން ނުކުރެވުނު ނަމަވެސް، މަދު ގައުމުތަކެއްގައި ތިބި އެތައް ހާސް ކަސްޓަމަރުންނަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މަހަކު 110 ޑޮލަރު (553 ޔޫރޯ) ގެ ފީއަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ޚިދުމަތް ހޯދުމަށް ބޭނުންކުރަންޖެހެނީ ގާތްގަޑަކަށް ޕިއްޒާ ބޮކްސްއެއްގެ ސައިޒަށް ހުންނަ ޑިޝްއެކެވެ. އޭގެ އަގަކީ ގާތްގަނޑަކަށް 599 ޑޮލަރު (553 ޔޫރޯ) އެވެ.
ސްޓާލިންކް ޔުކްރެއިންގައި:
ސްޓާލިންކް އެންމެ ފުރަތަމަ އޮތީ ބްރޯޑްބޭންޑް ހިދުމަތާ މިހާރު ނުގުޅޭ ދުރު ނުވަތަ ރަށްފުށު ސަރަހައްދުތަކަށް އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގަ އެވެ. ރަޝިއާގެ އިންގިލާބާ ގުޅިގެން ސްޕޭސް އެކްސް އިން ޔޫކްރެއިން ގެ ސަރުކާރަށް ސްޓާލިންކް ޓާމިނަލްތައް ސަޕްލައި ކޮށްދިން އިރު، ސްޕޭސް އެކްސް އިން ވަނީ މިދިޔަ ހަފުތާތަކުގައި ހެޑްލައިންތަކެއް ހަދައިފަ އެވެ.
ޔޫކްރެއިންގެ ވައިސް ޕްރައިމް މިނިސްޓަރު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރު މައިޚައިލޯ ފެޑޯރޯވް ވަނީ އެގައުމުގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރާފައިވާތީ ޓާމިނަލްތައް ފޯރުކޮށްދިނުމަށް ސީދާ ޓްވިޓާގައި މަސްކްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ސްޕޭސް އެކްސް އިން ވަނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަންގެ ރެގިއުލޭޓަރީ އެޕްރޫވަލް އަށް އެދި، މަތިންދާބޯޓުތަކާއި ޝިޕިން ބޯޓުތަކުގައި ސްޓާލިންކް އޮޕަރޭޓް ކުރުމަށް އެދިފަ އެވެ.
މަތިންދާބޯޓުތަކުގައި ސްޓާލިންކް ގެ ހިދުމަތް ޖޭއެސްއެކްސް ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލާ ފޯރުކޮށްދޭނެ ކަމަށް ޖެޓް ސާވިސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
މަސްކް މީގެ ކުރިން ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ސްޓާލިންކް ސިސްޓަމްގެ ބައެއްގެ ގޮތުގައި ގާތްގަނޑަކަށް 42،000 ސެޓެލައިޓްގެ ކޮންސްޓަލޭޝަން ލޯންޗް ކުރަން ބޭނުންވާ ކަމަށެވެ.
މަސްކްގެ މި ވަޢުދު ފުއްދުން ވެގެންދާނީ އިންޓަރނެޓްގެ ޚިދުމަތުގައި ދުނިޔޭގައި މިފަދަ ބޮޑު އިންގިލާބީ ބަދަލެއް ގެންނާނެ ފުރަތަމަ ފަހަރަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.