އުބުންޓު ލިނަކްސް 22.04 ، އައު ޑެސްކްޓޮޕް ފީޗަރސް އާއި ރާސްބެރީ ޕައި 4ގެ ފުލު ސަޕޯޓާއެކު ނެރެފިއެވެ.
އުބުންޓު އަކީ މިވަގުތު އެންމެ މަގުބޫލު ޑެސްކްޓޮޕް ލިނަކްސް ޑިސްޓްރިބިއުޝަން ކަމުގައި ނުވެދާނެއެވެ. ނަމަވެސް މިއީ އަދިވެސް ކޯޕަރޭޓް ޔޫސް އަށް އެންމެ ރަނގަޅު އެއް އޮޕްޝަން ކަމުގައި ދެންނެވިދާނެ އެވެ. އެގޮތުން މިންޓް އަދި އެލިމެންޓަރީ އޯއެސް ފަދަ ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް ފައުންޑޭޝަނެއްގެ ގޮތުގައި ލިނަކްސް މަސައްކަތް ކުރާނެއެވެ.
އުބުންޓު އަށް ކޮންމެ އަހަރަކުވެސް ބޮޑު ދެ ރިލީސް ލިބެމުން އަންނައިރު، އުބުންޓު 22.04 އެލްޓީއެސް މިއަހަރުގެ ފުރަތަމަ ރިލީސްގެ ގޮތުގައި މިހާރު އެވަނީ ނެރެފައެވެ.
އުބުންޓު 22.04 އަކީ ލޯންގް ޓާމް ސަޕޯޓް (އެލްޓީއެސް) ރިލީޒެކެވެ. އޭގެ މާނައަކީ ސެކިއުރިޓީ ފިކްސްތަކާއި އެޕް އަޕްޑޭޓްތައް ސެލެކްޓްކުރުމާއެކު ފަސް އަހަރު ދުވަހަށް އޭތި ސަޕޯޓް ކުރާނެ ވާހަކައެވެ. އަދި ލިނަކްސްގެ ކުރިއަށް އޮތް އަޕްޑޭޓް 22.10 އޮކްޓޯބަރު މަހު ލިބެން ފެށުމުން ފަސޭހަކަމާއެކު އަޕްޑޭޓް ކޮށްލެވޭނެ ވާހަކައެވެ.
އުބުންޓުއަށް އެންމެފަހުން ލިބުނު އަޕްޑޭޓްގެ މައިގަނޑު ބަދަލަކީ ، އޯއެމްޖީ އުބުންޓުގެ ކަވަރޭޖްގައި ފާހަގަކޮށްފައިވާ ފަދައިން، އުބުންޓު މިހާރު ޖީނޯމް 42 ޑެސްކްޓޮޕް އެންވަޔަރަމަންޓް ބޭނުން ކުރާ އިރު، ބައެއް އެޕްތަކާއި ފީޗާސްތައް ސްޓޭބަލްކޮށް 22.04 ހިމަނާފައި ވުމެވެ.
އަދި ޖީނޯމް 42، ވިންޑޯސް 11 އަދި މެކްއޯއެސް ފަދަ، ވޯކްސްޕޭސް ސްވިޗަރ އަދި އެޕް ލޯންޗަރއަކަށް ފަސޭހަކަމާއިއެކު ބަދަލުކޮށް، ވިންޑޯސް އަށް މޫވް ކުރުމަށް ބައެއް އާ ޓަޗްޕެޑް ފީޗަރތައްވެސް ހުރެއެވެ.
އުބުންޓުގެ ޑިވެލޮޕަރުން ކަމަށްވާ ކެނޮނިކަލް އިން ބުނާ ގޮތުގައި އާ އަޕްޑޭޓް "އިންޓެލް އަދި ރާސްބެރީ ޕައި" ސިސްޓަމްތަކުގައި ޑެސްކްޓޮޕް ފްރޭމް ރޭޓް އެންމެ ފަހުގެ ވާޝަންއާ އަޅާބަލާއިރު ދެގުނަ އަށް އިތުރު ކުރެވިދާނެ އެވެ.
މީގެ އިތުރުން ކުދިކުދި ބަދަލުތަކުގެ ތެރޭގައި އާ ސްކްރީންޝޮޓް އާއި ސްކްރީން ރެކޯޑިން ފީޗާއަކާއި، ސިސްޓަމް ތީމްގައި އަޕްޑޭޓްކޮށްފައިވާ ކުލަތަކާއި ހަގީގީ ޑާކް މޯޑެއްގެ އިތުރުން ރަނގަޅު އުބުންޓު ސޮފްޓްވެއާ އެޕެއް ހިމެނެ އެވެ.
އަދި އުބުންޓްގައި ހިމެނޭ ޑިފޯލްޓް ވެބް ބްރައުޒާ، ފަޔާފޮކްސް އަކީ މިހާރު ޓްރެޑިޝަނަލް އޭޕީޓީ ޕެކޭޖެއްގެ ބަދަލުގައި ސްނެޕް ޕެކޭޖެކެވެ. ސްނެޕް ޕެކޭޖްތަކަކީ ލިނަކްސް ކޮމިއުނިޓީގެ ގިނަ ބައެއްގެ މެދުގައި މާ ބޮޑު މަގުބޫލުކަމެއް ނެތް ޕެކޭޖްތަކަކަށް ވާތީ، ލިނަކްސް މިންޓް އެންމެ ފަހުން ފަޔާފޮކްސްއާ ގުޅިގެން މަސައްކަތް ކުރީ މިންޓް ބޭނުންކުރާ މީހުންނަށް ސްނެޕް ނޫން ވާޝަންއެއް ހިމެނުމަށެވެ.
އުބުންޓު 22.04 އަކީ ރާސްބެރީ ޕައި 4 މޮޑެލްގެ ހުރިހާ މޮޑެލްތަކެއްގެ ފަންކްޝަންތައްވެސް ބަރާބަރަށް މަސައްކަތް ކުރާގޮތަށް ނެރުނު ފުރަތަމަ ރިލީސް އެވެ. މި އަހަރުގެ ކުރީކޮޅު ރާސްބެރީ ޕައި އިން ހާމަކުރި ފުލް ޑެސްކްޓޮޕް އެންވަޔަރަމަންޓް ބޭނުން ކުރާއިރު، މިއީ ރާސްބެރީ ޕައި ގެ ހުރިހާ މޮޑެލްއެއްގައި ވެސް މަސައްކަތް ކުރާ ފުރަތަމަ ރިލީޒެއް ކަމަށް އުބުންޓު އިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ރުސްޓް ޕްރޮގްރާމިން ލެންގުއޭޖް، އޯޕަންއެސްއެލް ވީ3، ރިމޯޓް ޑެސްކްޓޮޕް ޕްރޮޓޮކޯލް (އާރްޑީޕީ)، ލިނަކްސް ކާރނެލް 5.15 އަދި މެސާ 22 ގްރެފިކްސް ވެސް މި އަޕްޑޭޓްގައި ހިމެނެއެވެ.
އުބުންޓު ޑައުންލޯށް ކޮށްލައްވާ
އުބުންޓު 22.04 އަކީ ތަފާތު އޭ.އެމް.ޑީ ބޭސްޑް އަދި 64-ބިޓް x86 ޕީސީ، ޑޮކަރ، ޑަބްލިއު.އެސް.އެލް އަދި އުބުންޓު ގެ އަޕްޑޭޓްސް ލިބޭ އެހެނިހެން ޚިދުމަތްތަކަށް ރޯލްއައުޓް ކުރުމުގެ މަރުހަލާގައި ވާ ވާޝަން އެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.