ކޯޑު ފޯރ ކްލައިމެޓް ޕްރޮގްރާމު ރ.ދުވާފަރަށް

މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުވައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތިމާވެށްޓައް ދެމެހެއްޓެނިވި އީޖާދުތައް އުފައްދަން މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކޯޑު ފޯރ ކްލައިމެޓްގެ ނަމުގައި ވިމެން އިން ޓެކް މޯލްޑިވްސްއިން "ކޯޑު ފޯރ ކްލައިމެޓް" ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.


މި ޕްރޮގްރާމުގެ ފުރަތަމަ ބައި އަމާޒު ކުރަނީ ރ.ދުވާފަރު އުމުރުން 13 އަހަރާއި 15 އަހަރާއިދެމެދުގެ އަންހެންކުދިންނަށެވެ. ދުވާފަރުގައި ހިންގާ މިޕްރޮގްރާމްއަކީ ޖޯލި މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ކޯޑު ފޯރ ކްލައިމެޓްއަކީ 1 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ކޮމްޕިއުޓަރ ކޯޑިން ތައާރަފުކޮށް ޕައިތަން ލެންގުއޭޖުގެ އިތުރުން މެޝިން ލާރނިންގްގެ ދާއިރާވެސް ތައާރަފް ކޮށްދެވޭނެއެވެ. މިޕްރޮގްރާމު ނިމިގެން ދާއިރު ދަސްކުރެވުނު ކޯޑިންގް ބައިތައް ބޭނުން ކޮއްގެން މޫސުމީ ބަދަލާއި ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ވިސްނާނެ ގޮަތާއި ޓެކްނޮލޮޖީގެ ބޭނުން މިކަމުގައި ބޭނުންކުރާނެގޮތް އެނގިގެންދާނެއެވެ. އޮންލައިން ސެޝަންތަކާއި ފިޒިކަލް ކްލާސްތައް ހިމެނޭގޮތަށް ހިންގޭނެ މިޕްރޮގްރާމުގެ ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ 08 މެއި 2022 ވަނަދުވަހުއެވެ. މިޕްރޮގްރާމުގައި ރަޖިސްޓްރީ ވުމަށް ވިމެން އިން ޓެކްގެ ވެބްސައިޓްގައިވާ ފޯރމު ފުރިހަމަކުރައްވާށެވެ.


ވިމެން އިން ޓެކް މޯލްޑިވްސްއަކީ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންނާއި އަންހެންކުދިން އިތުރުކޮށް ބާރުވެރިކޮށް އަދި އެމީހުންގެ މަސައްކަތް ފާހަގަކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާއިން ދަނީ އަމިއްލަ ފަރާތްތަކާއި ސަރުކާރާއި ގުޅިގެން އަންހެންކުދިންނަށް މިދާއިރާގައި އެކި ފުރުސަތު ހޯދައިދެމުންނެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.