ޗިޕް ލިބުމުގެ ދަތިކަން 2024 ށް ދިގުދެމިދާނެ: އިންޓެލް

އިލެކްޓްރޯނިކް ޑިވައިސްތައް އުފެއްދުމަށް ބޭނުންވާ ޗިޕް ލިބުމުގެ ދަތިކަން 2024 ވަނައަހަރަށް ދިގުދެމިގެން ހިނގައިދާނެކަމަށް އިންޓެލްގެ ސީއީއޯ ގެލްސިންގަރ ލަފާކޮށްފިއެވެ.

އިންޓެލްގެ ސީއީއޯ ޕެޓް ގެލްސިންގަރ ހުކުރު ދުވަހު ސީއެންބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 2024 ވަނަ އަހަރާ ހަމައަށް ސެމިކޮންޑަކްޓަރ އިންޑަސްޓްރީއަށް ސަޕްލައިގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް މިހާރު ލަފާކުރެއްވޭ ކަމަށެވެ.

"ޓެކްޗެކް" އަށް ދެއްވި ބަސްދީގަތުމެއްގައި ގެލްސިންގަރ ވިދާޅުވީ، ދުނިޔޭގެ ޗިޕް ކްރަންޗް ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެއީ ކީ މެނުފެކްޗަރިންގ އާލާތްތައް ލިބެން ހުރުމުގެ ސަބަބުން، އުފުލިފައިވާ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ ލެވެލް ތައް ފުޅާކުރުމަށް އޮތް ހުރަހެއްކަމަށެވެ.

"އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޅި ސެމީކޮންޑަކްޓަރ ގެ ދަތިކަން މިހާރު 2024 އަށް ހިނގައިދާނެ ކަމަށް، 2023 ވަނަ އަހަރު ކުރިން ލަފާކުރި މިންވަރަށް ވުރެ 2024 ވަނަ އަހަރު، މި ދަތިކަން މިހާރު އިކުއިޕްމަންޓަށް އައިސްފައިވާތީ އާއި އެ ފެކްޓްރީގެ ބައެއް ރޭމްޕްތަކަށް އިތުރު ގޮންޖެހުމެއް ކުރިމަތިވާނެތީ،" ގެލްސިންގަރ ވިދާޅުވި އެވެ.

ސީއީއޯގެ މި ވާހަކަތަކަކީ ކެލިފޯނިއާގައި ހުންނަ ޗިޕަރ ކުންފުނިން ވޯލް ސްޓްރީޓް ލަފާކުރި ވަރަށްވުރެ ލުއި ފިސްކަލް ދެވަނަ ކުއާޓަރުގެ އަންދާޒާއެއް ހުށައެޅިތާ އެއް ދުވަސް ފަހުން ދެއްކި ވާހަކަތަކެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި އާމްދަނީ ވަނީ އެނަލިސްޓް ލަފާކުރި މިންވަރަށް ވުރެ މައްޗަށް ގޮސްފަ އެވެ. ހުކުރު ދުވަހު އިންޓެލްގެ ހިއްސާތައް ވަނީ %6 އަށްވުރެ ދަށަށް ގޮސްފައެވެ.

ދުނިޔެ ޑިޖިޓަލް ކޮށް ޕްރޮސެސިން ޗިޕްތައް ސްމާޓްފޯންތަކުން ފެށިގެން އޮޓޯމޯބައިލްސް އާ ހަމައަށް ހުރިހާ ކަމެއްގައި ވެސް ވޮޝިން މެޝިންތަކާ ހަމައަށް ދާއިރު، އިތުރު ސެމީކޮންޑަކްޓަރުތަކުގެ ބޭނުންތެރިކަން ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފެކްޓްރީތަކަށް އެއްފަހަރާ ކޮންސިއުމަރ އިލެކްޓްރޯނިކްސްގެ ޑިމާންޑް ބޮޑުވެ، ފެކްޓްރީތަކަށް ބުރޫ އަރާފައި ވީނަމަވެސް، މި ބަލިމަޑުކަމުގެ ސަބަބުން ފެކްޓްރީތަކަށް ވަނީ ބޮޑު ދަތިކަމެއް ކުރިމަތިވެފަ އެވެ. މި ދަތިކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށް، 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އިންފްލޭޝަން މައްޗަށް ދިޔަ އެއް ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ އިގުތިސޯދު ވަނީ ހިއްސާކޮށްފަ އެވެ.

ގެލްސިންގަރ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޓެލް އިން ވަނީ ޖިއޮގްރަފީ ގޮތުން ޗިޕް އުފެއްދުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް އިޢުލާންކޮށްފައެވެ. ފެބްރިކޭޝަން ޕްލާންޓްގެ ނަމުން މަޝްހޫރުވެފައިވާ ސެމީކޮންޑަކްޓަރ ފެކްޓްރީތައް ބިނާކުރުމަށް އެ ކުންފުނިން ދަނީ އެމެރިކާ އާއި ޔޫރަޕްގައި ބޮޑެތި ހޭދަތަކެއް ކުރައްވަމުންނެވެ. ދުނިޔޭގެ ޗިޕް އުފެއްދުމުގެ ކެޕޭސިޓީގެ ބޮޑުބައެއް މިހާރު ވަނީ އޭޝިއާގައި މަރުކަޒުކުރެވިފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.