މޮޒިއްލާ އިން އެކުންފުނީގެ ވެބް ބްރައުޒަރގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ 100 ތައާރަފުކޮށްފިއެވެ.
ގޫގުލް ކްރޯމް އިން މާޗް މަހު ވާޝަން 100 ނެރިފައިވާއިރު، މި މައިލްސްޓޯން ފާހަގަކުރި މުހިންމު ފީޗާސްތަކަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް ފަޔާފޮކްސް 100 ފެންނަނީ ތަފާތުގޮތަކަށެވެ. ފަޔަރފޮކްސް ވިންޑޯޒް 11 އަދި މެކްއޯއެސް، އެންޑްރޮއިޑް އަދި އައިއޯއެސް އަށް ލިބެން ހުންނަ އިރު، މޮޒިއްލާ ގައި ތަޖްރިބާ ކޮށްލަން ގިނަ އާ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ.
ޕިކްޗާ އިން ޕިކްޗާ މޯޑު ރަނގަޅުކޮށް، ސަބްޓައިޓަލް ސަޕޯޓްކޮށް، ފަޔަރފޮކްސް މޮބައިލް ބޭނުންކުރާ ފަރާތްތަކަށް އާ ވޯލްޕޭޕަރއާއި، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް HTTPS-ފަސްޓް ސެޓިންއެއް އަދި ބްރައުޒް ކުރާއިރު ސެކިއުރިޓީގެ އިތުރު ލޭޔަރެއް ވެސް ފަޔަރފޮކްސް ގެ ވާޝަންގައި ހިމެނެއެވެ.
2004 ވަނަ އަހަރު ފުރަތަމަ ފަހަރަށް މައިކްރޯސޮފްޓްގެ އިންޓަރނެޓް އެކްސްޕްލޯރަރ ބްރައުޒަރ ގެ ފުރަތަމަ ޙަޤީޤީ އޯލްޓަރނޭޓިވްގެ ގޮތުގައި ފަޔަރފޮކްސް ފެނިގެން ދިޔައެވެ. މައިގަނޑު ގޮތެއްގައި ޓެބްތައް ހުރުމުގެ ސަބަބުން، މިއަދު ވެބް ބްރައުޒަރތަކުގައި އެންމެން ވެސް ބޭނުންކުރާ އެއްޗަކަށް ޓެބްތައް ވެގެން ގޮސްފިއެވެ. ނަމަވެސް އޭރު އެއީ ނޮވެލްޓީގެ އެއްޗެކެވެ.
މޮޒިއްލާގެ ވެބް ބްރައުޒާ މިފަހަކަށް އައިސް ކޮންމެވެސް ވަރަކަށް މަގްބޫލުކަން ކުޑަ ވެފައިވެއެވެ. ސަބަބަކީ ކްރޯމް، ސަފާރީ، އަދި މައިކްރޯސޮފްޓްގެ އެޖް ވެބް ބްރައުޒާ ތައް އުފެއްދި ކުންފުންޔަކީ ވަރަށް މަޝްހޫރު އަދި ބޮޑު ފޭންބޭސް އެއް އޮންނަ ކުންފުނިތަކެކެވެ.
ސަބްޓައިޓަލްސް ސަޕޯޓްކޮށް، ނެޓްފްލިކްސް، ޔޫޓިއުބް އަދި ޕްރައިމް ވީޑިއޯ ސަޕޯޓްކުރުމާއެކު، މިއީ ހަމައެކަނި ފަޔާފޮކްސް އަށް ބަދަލުވާން ޔޫޒަރުންނަށް މަޖްބޫރުކުރާ ފީޗާއަކަށް ވެދާނެ އެވެ.
މިއަހަރުގެ މެކްބުކް ޕްރޯ 14 އިންޗީގައި ފަޔަރފޮކްސް ޓެސްޓު ކުރިއިރު، މެމޮރީއަށް ބުރަކުޑަ ބްރައުޒަރއެއް ކަމަށް ރިސަލްޓް ތަކުން ދެއްކިއެވެ. އޭގެ ސަބަބުން ބައެއް ޔޫޒަރުންނަށް ފަޔަރފޮކްސް އަށް ސްވިޗް ވުމަށް މަޖްބޫރު ވެއެވެ.
ވާޝަން 100 ގެ ސަބަބުން ފަޔާފޮކްސް އަށް ގޫގުލް ކްރޯމް އާ ވާދަވެރިއަކަށް ވުމުގެ ހަގީގީ ފުރުސަތު އެންމެ ފަހުން ލިބިދާނެ ކަމުގެ އުންމީދު އާވެ، ބްރައުޒާ ހަނގުރާމަތަކުގެ އާ ޖީލެއް އަންނަން ކައިރިވެފައި ވޭތޯ ސުވާލު އުފެދެ އެވެ.
ޑިވެލޮޕާރ