ޓެސްލާ ކާރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކުގައި ސީޕީޔޫ އޯވަރ ހީޓްވުން ނުވަތަ ދޮންބޮޑުވުމުގެ މައްސަލަތަކެއް ފެންމަތިވެ އެމައްސަލަތައް ހައްލުކުރުމަށް އެކުންފުންޏަށް އިލްތިމާސްކޮށްފިއެވެ.
އެކުންފުނީގެ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ޓެސްލާ ކާރުތަކުގެ ޓެކްނިކަލް ސަޕޯޓް ދިނުމަށް ޕެޗްތައް އަދިވެސް ދަނީ ރޯލް އައުޓް ކުރަމުންނެވެ. މި ފަހަރުގެ މައްސަލަ ފެންމަތިވެފައިވަނީ ޓަޗްސްކްރީން ޑިސްޕްލޭ ސީޕީޔޫތައް މާ ބޮޑަށް ހޫނުވެގެން ދާތީ، ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ނެޝަނަލް ހައިވޭ ޓްރެފިކް އެންޑް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ޓެސްލާއަށް ހޯމަ ދުވަހު ފޮނުވި ސިޓީއެއްގައި ވަނީ 2021 އަދި 2022 ވަނަ އަހަރުގެ ލައިންތަކުން 130،000 ޓެސްލާ 3، އެސް، އެކްސް އަދި ވައި މޮޑެލްގެ ސޭފްޓީ ރިކޯލް ހޯދުމަށް ޑިމާންޑްކޮށްފައެވެ. ޑިޕާޓްމަންޓް އޮފް ޓްރާންސްޕޮޓޭޝަންގެ ދަށުން ހިންގާ މި ޑިޕާޓްމަންޓުން ބުނީ އިންފޯމޭޝަން ސިސްޓަމްގެ ސީޕީޔޫ މާބޮޑަށް ހޫނުވެދާނެ ކަމަށާއި، އޭގެ ސަބަބުން ފަހަތު ވިއު ކެމެރާ، ގިއަރ ސިލެކްޝަން، ނުވަތަ އިންޒާރުގެ ލައިޓް ފަދަ ފީޗަރތައް ސެންޓާ ސްކްރީނުން ނުދެއްކުމަށް ހުރަސްއެޅޭކަމަށެވެ.
އެ ކުންފުނިން ބުނީ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މި މައްސަލައާ ގުޅޭ 59 ފީލްޑް ރިޕޯޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް މި މައްސަލައާ ގުޅުން ހުރި ކްރޭޝްތަކެއްގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
ޓެސްލާ އިން ބުނީ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ސީޕީޔޫގެ ޓެމްޕަރޭޗަރ މެނޭޖްމަންޓް ރަނގަޅުކުރުމަށް އޯވަރ ދަ އެއަރ ސޮފްޓްވެއަރ އަޕްޑޭޓްތައް ހިލޭ ދޭން މިހާރުވެސް ފަށާފައިވާކަމަށެވެ. ޓެސްލާގެ ކާރުތަކުގެ އޯނަރުންނަށް ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ފަހުން މިކަމާއި ގުޅޭ މެއިލްތައް ލިބޭނެ ކަމަށް ޓެސްލާއިން ވަނީ ބުނެއެވެ.
މިދިޔަ އޭޕްރީލް މަހު އެ ކުންފުނިން ވަނީ "ޓްރެކް މޯޑް" ގައި ނުދެއްކުމުން އެމެރިކާ އާއި ޗައިނާގައި 63،000 އެއްހާ ކާރުގެ އަޕްޑޭޓްތައް ނެރެފަ އެވެ.
މިއަހަރުގެ ތެރޭގައި 54،000 ކާރުގެ އަޕްޑޭޓެއް ވެސް ވަނީ ހިމަނާފައެވެ. މިދިޔަ ފެބްރުއަރީ މަހު އެ ކުންފުނިން ޓެސްލާ ކާރުތަކުގެ "ބޫމްބޮކްސް" ފީޗާ އަނބުރާ ލުމަށް 578،607 ވެހިކަލް އަޕްޑޭޓް ކުރިއިރު، އެ ފީޗާގެ ސަބަބުން އެ މީހުންނަށް ހޮނުގެ ބަދަލުގައި ކުރިން ރިކޯޑް ކޮށްފައިވާ އަޑުތައް (އޭކާ ފާޓް އަޑު) ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
ޓެސްލާގެ ސީއީއޯ އީލޮން މަސްކް ކުރެއްވި ޓުވީޓެއްގައި ވަނީ އިތުރު ވެހިކަލްއެކްސިޑެންޓްތަކެއް ހިނގައިދާނެ ކަމަށް ފެޑްސް އިން ބުނާ ފީޗާއެއް އުވާލުމާ ގުޅިގެން ވަރަށް ބޮޑަށް ގްލިބް ވެ، އެކަމުގެ ތައުރީޕްތައް ލިބިފައިވާ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.