އެޕަލް، ގޫގުލް އަދި މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި ސައިޓްތަކަށް ލޮގިންވުމަށާއި، އެކިއެކި އެޕްތަކުގައި ބޭނުންކުރަމުންދާ ޕާސްވޯޑްތައް މުޅީން ދޫކޮށްލައި، ލޮގިންވެރިފިކޭޝަން ކަށަވަރުކުރުމަށް ސްމާޓް ފޯނުބޭނުންކުރާގޮތަށް ބަދަލުކުރުމުގެ ވިސްނުން މިހާރު ގެންގުޅެން ވަނީ ޖެހިފައެވެ.
ބޮޑެތި ކުންފުނިތަކާއި ހަވާލާދީ ޓެކްރިޕޯޓްތަކުގައި ބުނެފައިވަނީ މިހާރު ޖަހަމުންދާ ޕާސްވޯޑްތަކުގެ ބަދަލުގައި ބޭނުން ކުރާނީ ހަމައެކަނި އެމީހެއްގެ އަމިއްލަ ސްމާޓްފޯނެވެ. އެގޮތުން ފޯން އަންލޮކް ކޮށް ވެބްސައިޓްތަކަށް ނުވަތަ އޮންލައިން ހިދުމަތްތަކަށް ސައިންގ ކުރަން ޖެހޭހިނދު އެމީހެއްގެ އަމިއްލަ ފޯނަށް ލޮގިން އެކްސެސް ކޮންފަރމް ކުރަން އަންނާނެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ގިނަ ވައްތަރުގެ ފިޝިން އެޓޭކްތައް މަދުކޮށް، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ޕާސްވޯޑްގެ ބުރަ ލުއިކުރަން އެހީތެރިވެދޭނެއެވެ. ނަމަވެސް ޕާސްވޯޑް ބޭނުން ނުކުރާ ޒަމާނަކަށް އެއްކޮށް ބަދަލުވުމަށް އަދިވެސް ގިނަ ދުވަސްތަކެއް ނަގާފާނެއެވެ.
ފިޑޯ އެލަޔަންސުން ބުނީ، ޑިވައިސް ޕިން، ނުވަތަ ފިންގަޕްރިންޓް ނުވަތަ ފޭސް ސްކޭން ފަދަ ބަޔޯމެޓްރިކް އެއް ހިމެނޭ ގޮތަށް ޑިވައިސްތައް އަންލޮކް ކުރާ އުޞޫލުން ވެބްސައިޓްތަކަށްވެސް ސައިންގ ކުރެވޭނެ ކަމަށެވެ.
ގޫގުލްގެ ޑައިރެކްޓާ އޮފް ސެކިއުރިޓީ އޮތެންޓިކޭޝަން އަދި ފިޑޯ އެލަޔަންސްގެ ރައީސް ސަމްޕަތު ސްރިނިވާސް ވިދާޅުވީ، އާ ނިޒާމުގެ ދަށުން، ތިބާގެ އޮންލައިން އެކައުންޓް އަންލޮކް ކުރުމަށް ބޭނުން ކުރާ "ޕާސްކީ"ވެގެން ދާނީ ކޮންފިޑެންޝަލްއެއް ކަމަށެވެ.
"ޕާސްކީ އަކީ ޕަބްލިކް ކީ ކްރިޕްޓޯގްރަފީގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވާތީ، އަދި ފޯނު އަންލޮކް ކުރާއިރު ހަމައެކަނި ތިބާގެ އޮންލައިން އެކައުންޓަށް ދައްކާލާ އެއްޗަކަށް ވާތީ، ޕާސްކީ ގެ ސަބަބުން ސައިންގ ކުރުން މާ ބޮޑަށް ވެސް ރައްކާތެރި،" ސްރިނިވާސް ލިޔުއްވާފައިވެ އެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަދިވެސް ވަރަށް ގިނަ މީހުން ޕާސްވޯޑް ތައް ރީސައިކަލް ކުރާތީ ޑޭޓާ ބްރީޗް ވުމުގެ ފުރުޞަތު ބޮޑުވެ އެކައުންޓް ޓޭކްއޯވާ ކުރުމުގެ ރިސްކު ވަރަށް ބޮޑެވެ.
ސައިބަރ ސެކިއުރިޓީ ފާމެއް ކަމަށްވާ ސްޕައިކްލައުޑް އިން މިދިޔަ މާޗް މަހު ނެރުނު ރިޕޯޓެއްގައި ވަނީ 64 ޕަސެންޓް ޔޫޒަރުން ގިނަ އެކައުންޓްތަކަށް ޕާސްވޯޑް އަލުން ބޭނުންކުރާ ކަން ހޯދާފައިވާ ކަމަށާއި ކުރީގެ އެކައުންޓްތަކުގައި ކޮމްޕްރޮމައިޒްކޮށްފައިވާ 70 ޕަސެންޓް ކޮންފިޑެންސް އަދިވެސް ބޭނުން ކުރަމުންދާ ކަމަށް ވަނީ ހޯދިފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.