ގްލޯބަލް ކޮމްޕިއުޓިންގ އަކީ މޫސުމަށް ހުރި ބޮޑު ނުރައްކަލެއް!

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ ކޮމްޕިއުޓަރާއި މުވާސަލާތީ ޓެކްނޮލޮޖީގެ ސަބަބުން ހަކަތައަށް ދޭ ޝައުގުވެރިކަން ބޮޑުވުމަކީ ދުނިޔެ އިތުރަށް ހޫނުވެ މޫސުމަށް ހުރި ނުރައްކަލެއް ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާގެ ނަތީޖާ ހުށަހަޅާފައިވަނީ އެމްއައިޓީގެ ކްލައިމެޓް އެންޑް ސަސްޓެއިނަބިލިޓީ ކޮންސޯޓިއަމް (އެމްސީއެސްސީ) އާއި އެމްއައިޓީ-އައިބީއެމް ވޮޓްސަން އޭއައި ލެބް އަދި ޝްވާޒްމަން ކޮލެޖް އޮފް އިން މާޗް 3 އަދި 4 ގައި ބޭއްވި އިންޓެންސިވް 2 ދުވަހުގެ ކްލައިމެޓް އިމްޕްލިކޭޝަންސް އޮފް ކޮމްޕިއުޓިން އެންޑް ކޮމިއުނިކޭޝަންސް ވޯކްޝޮޕްގައި ޕްރެޒެންޓްކުރި ބްލަންޓް އެސެސްމަންޓް ކޮމްޕިއުޓިންގ އެވެ.

މި ވާޗުއަލް އިވެންޓުގައި މުއްސަނދި މަޝްވަރާތަކެއް ކުރިއަށް ގެންދިޔައިރު، އެމްއައިޓީގެ ފެކަލްޓީއާއި ރިސާޗަރުންނާއި އެތައް ދާއިރާއަކުން އިންޑަސްޓްރީގެ ލީޑަރުންގެ މެދުގައި އެއްބާރުލުން ދިނުމާއި ހޫނު ބަހުސްތައް ކުރިއަށް ދިޔަކަން ފާހަގަކޮށްލެވެއެވެ.

"ކޮމްޕިއުޓް އެނާޖީގެ މިހާރު އޮތް ޓްރެޖެކްޓަރީއާ އެކު ކުރިއަށް ދާނަމަ، 2040 ވަނަ އަހަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް ޖެހޭނީ ދުނިޔޭގެ ހަކަތަ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރަން ކަމަށާއި، ކޮމްޕިއުޓް އެނާޖީ އާއި ޑިމާންޑް އިތުރުވެގެން ދަނީ ދުނިޔޭގެ ހަކަތަ އުފެއްދުމުގެ ގާބިލްކަމަށްވުރެ މާ އަވަހަށް" ކަމުގައި ނިއުކްލިއާ ސައިންސް އެންޑް އިންޖިނިއަރިން އަދި މެޓީރިއަލްސް ސައިންސް އެންޑް އިންޖިނިއަރިންގެ އެމްއައިޓީ ޑިޕާޓްމަންޓްތަކުގެ ބްރީން އެމް ކެރް ޕްރޮފެސަރު ޑރ. ބިލްގޭ ޔިލްޑިޒް މި އިވެންޓްގައި ވިދާޅުވި އެވެ.

ވޯކްޝޮޕްގެ 18 ޕްރެޒެންޓަރުންގެ ތެރެއިން މި ކޮމްޕިއުޓިންގ އެނާޖީ ޕްރޮޖެކްޝަން ނަގާފައިވަނީ ސެމީކޮންޑަކްޓަރ ރިސާރޗް ކޯޕަރޭޝަންސްގެ ޑިކޭޑަލް ރިޕޯޓުންނެވެ.

އެ ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ ހަކަތައަށް އޮންނަ ޑިމާންޑްގެ 2 އިންސައްތައަށްވުރެ ގިނައިން މިހާރުވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިއްސާކުރާއިރު، މިއީ އޭވިއޭޝަން އިންޑަސްޓްރީތަކުން ތެލުން ދޫކުރާ ގޭސްތަކާ އެއްވަރު އަދަދެކެވެ.

"އަޅުގަނޑުމެންނަކީ މި ޑޭޓާ ޑްރައިވް ދުނިޔޭގެ ފެށުން. އަޅުގަނޑުމެން ވަރަށް ބޭނުން މިކަމާ ވިސްނަން ، މިހާރުން މިހާރަށް އަމަލު ކުރަން،" ކުއަލްކޮމްގެ ސީނިއާ ޑިރެކްޓަރު ޕްރެޒެންޓަރު އެވްޖެނީ ގޯސެވް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ލެވެލްގައި ބޭއްވުނު މި ވޯކްޝޮޕް ޕްރެޒެންޓޭޝަންތަކުގައި ހަކަތަ ރައްކާތެރިކުރުމުގެ ގިނަ ގޮތްތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި ސްޕެޝަލައިޒްޑް ޗިޕް ޑިޒައިން، ޑޭޓާ ސެންޓަރ އަރކިޓެކްޗާ، ރަނގަޅު އެލްގޮރިޒަމްސް، ހާޑްވެއާ މޮޑިފިކޭޝަންސް، އަދި ކޮންސިއުމަރ ބިހޭވިއަރއަށް އަންނަ ބަދަލުތައް ހިމެނެއެވެ.

އޭއެމްޑީ، އެރިކްސަން، ގޫގުލް، އައިބީއެމް، އައިރޮބޮޓް، އެންވީޑިއާ، ކުއަލްކޮމް، ޓާޓިލް، ޓެކްސަސް އިންސްޓްރޫމެންޓްސް، އަދި ވެރީޒޯންގެ އިންޑަސްޓްރީގެ ލީޑަރުން އެމީހުންގެ ކުންފުނިތަކުގެ ހަކަތަ ސަލާމަތްކުރާ ޕްރޮގްރާމްތައް ފާހަގަކޮށްފައިވާއިރު، އެމްއައިޓީގެ ހުރިހާ ހިސާބަކުން ތަޖުރިބާކާރުން ވަނީ މިހާރުގެ ދިރާސާތަކުގެ ތަފްސީލު ދީފައެވެ.

ޕެނަލްގެ މައުޟޫއުތަކުގެ ތެރޭގައި "ކަސްޓަމް ހާޑްވެއާ ފޯ އެފިޝަންޓް ކޮމްޕިއުޓިން" އިން ފެށިގެން "އާ އަރކިޓެކްޗާތަކަށް ހާޑްވެއާ" އާއި ހަމައަށް "އެލްގޮރިޒަމްސް ފޯ އެފިޝަންޓް ކޮމްޕިއުޓިން" ފަދަ މައުޟޫއުތައް ހިމެނެ އެވެ.

ޔިލްޑިޒް ވިދާޅުވި ގޮތުގައި، އަމާޒަކީ، ކޮމްޕިއުޓިންއާ ގުޅިފައިވާ ހަކަތަ ރައްކާތެރިކަން މިލިއަނަކަށް ވުރެ ގިނައިން ރަނގަޅު ކުރުމެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ކޮމްޕިއުޓިން ދެމެހެއްޓެނިވި ގޮތަކަށް ހަދާ ގޮތުގެ ޖަވާބުގެ ބައެއް ގުޅިފައިވަނީ ވަރަށް މަތީ ފެންވަރެއްގެ ޔުޓިލިޒޭޝަން ލިބިފައިވާ ސްޕެޝަލައިޒްޑް އަރކިޓެކްޗާތަކާ ކަމަށް،" އައިބީއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ޑިރެކްޓަރު އޮފް ރިސާޗް ޑާރިއޯ ގިލް ވިދާޅުވި އެވެ.

މިސާލަކަށް ގިލް އިން ދައްކުވައިދިނީ ވަރޓިކަލް ސްޓޭކިން ބޭނުންކޮށްގެން ޑޭޓާ ދަތުރުކުރަން ޖެހޭ ދުރުމިން މަދުކޮށް، އަދި މިހެން ވުމުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށްދޭ އާ ޗިޕް ޑިޒައިންއެކެވެ. ހައިރާންވާންޖެހޭ ކަމަކީ، ޓޭޕް (ޕްރައިމަރީ ޑޭޓާ ސްޓޯރޭޖް ކުރުމަށް ބޭނުންކުރާ ސަގާފީ މީޑިއަމެއް ) އިތުރަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަކީ، ސްޕެޝަލައިޒްޑް ހާޑް ޑްރައިވް (އެޗްޑީޑީ) އާއި ގުޅިގެން، ކާބަން ޑައިއޮކްސައިޑް ދޫކުރާ މިންވަރު ވަރަށް ބޮޑަށް ސަލާމަތް ކުރެވިދާނެ ކަމެއް ކަމުގައި ވުމެވެ.

ގިލް އާއި ޕްރެޒެންޓަރުން ބިލް ޑެލީ، ޗީފް ސައިންސްވެރިޔާ އަދި އެންވީޑިއާގެ ރިސާޗްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް؛ ޓެކްސަސް އިންސްޓްރޫމެންޓްސްގެ ސީޓީއޯ ޑރ. އަހުމަދު ބަހައި އާއި އަދި އެހެން ބައެއް ރިސާރޗަރުން ސްޓޯރޭޖްގެ މައުލޫމާތު ފޯރުކޮށްދިނެވެ.

ގިލް ޑޭޓާ އަޅާކިޔާފައިވަނީ ފްލޯޓިންގ އައިސްބަރގަކާ ކަމަށާއި އޭގައި އަޅުގަނޑުމެންނަށް ފެންނަ ކުޑަ ބައިގެ “ހޫނު ޑޭޓާ” އަށް އަވަހަށް އެކްސެސް ކުރެވޭނެ ކަމަށާއި "ފިނި ޑޭޓާ" ކަމަށްވާ ފެނުގެ އަޑީގެ ބޮޑު މާސް އިން ތަމްސީލު ކުރަނީ މަތީ ލެޓެންސީ އަށް ތަޙައްމަލުކުރާ ޑޭޓާ ކަމަށެވެ. ޑިޖިޓަލް ފޮޓޯ ސްޓޯރޭޖާ މެދު ވިސްނާލާ ކަމަށް ގިލް ބުންޏެވެ.

ބަހައި ފާހަގަކުރެއްވި ގޮތުގައި ސެގްމެންޓިން ސްޓޭންޑްބައި އާއި ފުލް ޕްރޮސެސިން އިން ލިބޭ ބޮޑު ހަކަތަ ސަލާމަތް ކުރެވޭނެ އެވެ. "މިއަށްވުރެ ރަނގަޅަށް މިކަން ކުރާނެ ގޮތް ދަސްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. ޑެލީ ވާހަކަ ދެއްކެވީ ފުން ނިންޖަކުން އަހަރެމެންގެ ސިކުނޑި ހޭލާ ގޮތް ނަކަލުކޮށް، "އަހަރެމެންނަށް [ކޮމްޕިއުޓަރުތައް] ހޭލެވޭނީ ވަރަށް އަވަހަށް، އެހެންވީމަ ފުލް ސްޕީޑްގައި ރަންކުރަން ނުޖެހޭނެ" ކަމަށެވެ.

މި ފޯރަމްގައި އެމީހުންގެ އުންމީދީ ވިސްނުމެއް އޮތް ނަމަވެސް، ޕްރެޒެންޓަރުން ގަބޫލުކުރި ގޮތުގައި ދުނިޔެއަށް މެޝިން ލާނިން، އެއައި، ގޭމިން، އަދި ހާއްސަކޮށް ބްލޮކްޗޭން އިން ކޮމްޕިއުޓް ޑިމާންޑް އިތުރުވަމުންދާނެއެވެ. އީއީސީއެސްގެ އެސޯސިއޭޓް ޕްރޮފެސަރު ޕެނަލް މޮޑެރޭޓަރު ވިވިއެން ސޭ ވަނީ މި ކޮންއަންޑްރަމް ފާހަގަކޮށްފަ އެވެ.

“ކޮމްޕިއުޓިން އާއި ކޮމިއުނިކޭޝަން ހަގީގަތުގައި ވެސް ވަރުގަދަ ކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު މަސައްކަތެއް ކުރެވިދާނެ. އެކަމަކު މި ނަޒަރިއްޔާތުގައި އޮތީ ކަންކަން ވަރަށް ރަނގަޅަށް ކުރެވުމުން މީހުން އެއިން ގިނައިން ބޭނުންކުރާ ކަމާއި، މިކަމުގެ ސަބަބުން މި ޓެކްނޮލޮޖީތަކުގެ ބޭނުން ޖުމްލަކޮށް އިތުރުވެދާނެ ކަމަށާއި، އެކަމުގެ ސަބަބުން ދެން އަޅުގަނޑުމެންގެ ޖުމްލަ ކާބަން ފުޓްޕްރިންޓް އިތުރުވެދާނެ،” ސޭ ވިދާޅުވި އެވެ.

ޚާއްޞަކޮށް އެކަޑަމިކް ފަރާތުން ކުރެވުނު ދިރާސާތަކުގެ މަސައްކަތުން އެކަޑަމިކް/އިންޑަސްޓްރީ ޕާޓްނަރޝިޕްތަކުގައި ބޮޑު ފުރުޞަތުތަކެއް ޕްރެޒެންޓަރުންނަށް ފެނިވަޑައިގެންނެވިއެވެ. "މި ދެ ބާރު އެއްކޮށްލުމުން، ހަގީގަތުގައި ވެސް އެ އަސަރު ބޮޑުކުރެވޭނެ،" ގޯސެވް ނިންމަވާލެއްވި އެވެ.

ކްލައިމެޓް އިމްޕްލިކޭޝަންސް އޮފް ކޮމްޕިއުޓިންގ އެންޑް ކޮމިއުނިކޭޝަންސް ވޯކްޝޮޕްގައި ޕްރެޒެންޓަރުންގެ ތެރޭގައި ވެސް ހިމެނެނީ: އެމްއައިޓީގެ އީއީސީއެސްގެ ޕްރޮފެސަރ އޮފް ދަ ޕްރެކްޓިސް ޖޯއެލް އެމަރ؛ އެމްއައިޓީގެ އީއީސީއެސްގެ ޕްރޮފެސަރ ޖޯސެފް އެފް އަދި ނޭންސީ ޕީ ކޭތުލީ ޑޭވިޑް ޕެރެއޯލްޓް؛ ޖެސޫސް ޑެލް އަލަމޯ، އެމްއައިޓީ ޑޮނަރ ޕްރޮފެސަރ އަދި އެމްއައިޓީގެ އީއީސީއެސްގެ އިލެކްޓްރިކަލް އިންޖިނިއަރިންގެ ޕްރޮފެސަރ؛ އައިބީއެމް ފެލޯ އަދި އައިބީއެމްގެ ސައިންސް އެންޑް ޓެކްނޮލޮޖީގެ ވެރިޔާ ހޭކޭ ރިއެލް؛ އަދި އައިބީއެމް ރިސާޗްގެ ޕްރިންސިޕަލް ރިސާޗް ސްޓާފް މެމްބަރ ޓާކާޝީ އަންޑޯ އެވެ.

ރެކޯޑް ކުރެވިފައިވާ ވޯކްޝޮޕް ސެޝަންތައް ޔޫޓިއުބުން ލިބެން ހުންނާނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.