އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން އެންމެ ގިނައިން މަކަރާއި ހީލަތް ހެދުމުގެ އެންމެމަތީ ރެކޯޑްއޮތް ފަސް މަސްދަރު ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން ހާމަކޮށްފިއެވެ.
އެގޮތުން އީ-ކޮމާސް ސްކޭމް ލިސްޓުގެ އެންމެ ކުރީގައި "ބްރަޝިން" ގެ ނަމުން މަޝްހޫރު ވެބްސައިޓް އޮތްއިރު، ޗައިނާގައި ހިންގާ އިންޓަނެޓްގެ މަކަރާއި ހީލަތުގެ ހުރިހާ ހަރަކާތެއްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ އެ ވެބްސައިޓް ނިސްބަތްވާ ގްރޫޕުންނެވެ.
މަކަރާއި ހީލަތް ހެދުމުގެގޮތުން ބްރަޝިންގ ވެބްސައިޓްގައި ވަރަށް ގިނަ ކަސްޓަމަރުން އެމީހުންގެ ޕްރޮޑަކްޓްތަކަށް ފައިސާ ދައްކާފައިވާ ތަން ފެންނާނެހެން ހަދާފައިވެއެވެ. އެކަމަކު އެފަދަ އޯޑަރު ތަކަކީ ފޭކް އޯޑަރ ތަކެކެވެ. އަދި ޔޫޒަރުންގެ ގޮތުގައި ގިނައިން ތިބޭނީވެސް ބޮޓުންނާއި، ފޭކް އައިޑީތަކެވެ.
އަދި މީގެ އިތުރުންވެސް އީ-ކޮމާސް ޕްރޮވައިޑަރުން ދުވަހަކުވެސް އޯޑަރު ނުކުރާ ކުދިކުދި ތަކެތި އެކިއެކި ފަރާތްތަކަށް ފޮނުވައި، އެކި ފަރާތްތަކުގެ މޯޓިވޭޝަން ހޯދުމަށް އެ މީހުން އުފެއްދި ނުވަތަ ކޮންޓްރޯލް ނުކުރާ ޕްރޮފައިލްތައް ބޭނުންކޮށްގެން ފޮނުވާތަން ވެސް ވަނީ ފެނިފައެވެ.
ޑޮޖީ ވެންޑަރުން އެ އުކުޅު ބޭނުންކޮށްގެން މާކެޓްޕްލޭސް ޕްލެޓްފޯމްތަކުގައި އެމީހުންގެ ވިޒިބިލިޓީ އިތުރުކޮށްދޭ ގްލޯވިންގް ޕްރޮޑަކްޓް ރިވިއުތައްވެސް ވަނީ ލިޔެފައެވެ.
ޗައިނާގެ ޕަބްލިކް ސިކިއުރިޓީ މިނިސްޓްރީން ޢާއްމުކޮށްފައިވާ ލިސްޓުގައި ދެން ހިމެނެނީ ދޮގު އިންވެސްޓްމަންޓާއި، މަނީ މެނޭޖްމަންޓް އެޑްވައިޒަރުން ނާއި، ޑޮޖީ ލޯން ސްކީމްތަކެވެ.
ކަސްޓަމަރ ސާވިސް އޮޕަރޭޓިވުންނަށް ވުމަކީ އާންމު އަނެއް ސްކޭމެއް ކަމަށާއި، ގާނޫނީ ބާރުތައް ތަމްސީލު ކުރުމަށް ދޮގު ވާހަކަ ދައްކާ ފަރާތްތައްވެސް އެ ލިސްޓުގައި ވަނީ ހިމަނާފައެވެ.
ޗައިނާގެ އިންޓަނެޓް އޮވަރސައިޓާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ އެ ގައުމުގެ ނެޓިޒަނުންނަށް މި ސްކޭމްތަކަށް ސަމާލުވުމަށް އަންގާ، އެކަންކަން ހިންގާ ޕްލެޓްފޯމްތަކާއި ފަރުދުންނަށް ފިޔަވަޅު އަޅަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.
އަދި މަހެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދާ އެންޓި ފްރޯޑް ކެމްޕޭނެއް ވެސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވެސް އޮންލައިންކޮށް ގާނޫނީ ކޮންޓެންޓާ ގުޅޭ ގޮތުން އެގައުމުގެ ގިނަ ގަވާއިދުތަކާ ޚިލާފުވާ ހިލާފުވުންތައް ޓްރެކް ކުރަމުންދެ އެވެ.
ކޮންޓެންޓާ ބެހޭ ގޮތުން މާޗް 2022 ގައި ނެރުނު ރިޕޯޓުގައި ގާނޫނާއި، ފުށުއަރާ 12.586 މިލިއަން ޕޯސްޓް ފެނިފައިވާއިރު، 2022 ވަނަ އަހަރު ފެނުނު އިންޓަނެޓް ނޭސްޓީސް 2021 ވަނަ އަހަރު ފެނުނު ޕޯސްޓްތަކަށް ވުރެ ގިނަކަން ވަނީ ފާހަގަކޮށްފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.