ލިތިއަމް ނިކަލް މެންގަނީޒް ކޯބަލްޓް ބެޓެރީގެ 100 އަހަރު ވަންދެން ބޭނުން ކުރެވިދާނެ ކަމަށް ދިރާސާވެރިން ބުނެފިއެވެ.
ޑަލްހައުޒީ ޔުނިވާސިޓީގެ ދިރާސާވެރިންގެ ޓީމަކުން ލިތިއަމް ނިކަލް މެންގަނީޒް ކޯބަލްޓް ބެޓެރީއެއް (Li[Ni 0.5 Mn 0.3 Co 0.2 ]O 2 ) ގެ ވައްތަރެއް ސަތޭކަ އަހަރު ދުވަހު ބޭނުންކުރެވިދާނެ ކަމަށް ހެކިތައް ވަނީ ހޯދާފަ އެވެ.
ޖާނަލް އޮފް ދަ އިލެކްޓްރޯކެމިކަލް ސޮސައިޓީ ގައި ޝާއިއުކުރި އެމީހުންގެ ކަރުދާހުގައި އެ ގްރޫޕުން ވަނީ ބެޓެރީ އެހާ ގިނަ ދުވަހު ބޭނުންކުރެވިދާނެ ކަމަށް ގަބޫލުކުރާ ސަބަބު ބަޔާންކޮށްފަ އެވެ.
ބެޓެރީ ބޭނުންކުރުމަކީ ފައިދާހުރި ބަދަލެއްކަން މިހާތަނަށް ސާބިތުވެފައިވާއިރު، މުޅި ގައުމުގައި ޗާޖިން ސްޓޭޝަންތައް ބެހެއްޓުން ފަދަ ކަންކަން ނައްތާލަން ޖެހޭކަމަށް ދިރާސާވެރިން ބުނެއެވެ. އަނެއް ކަމަކީ ބެޓެރީ ޓެކްނޮލޮޖީ ކުރިއެރުވުމެވެ. މިހާރު އިލެކްޓްރިކް ކާރުތަކުގައި ބޭނުންކުރާ ބެޓެރީތަކަކީ ވަރަށް އަގުބޮޑު އެއްޗެހި ކަމަށާއި ކޮންސިއުމަރުން ބޭނުންވާ ވަރަށް ޗާޖު ނުހިފެހެއްޓޭ އެއްޗެހި ކަމަށް ވެސް ދިރާވެރިން ހާމަކުރެ އެވެ. އަދި އެކަށީގެންވާ މުއްދަތަކަށް އެފަދަ ބެޓްރީ ބޭނުން ނުކުވޭކަންވެސް ފާހަގަކުރެއެވެ.
މި އާ ހޯދުމުގައި އެންމެ އިސްކޮށް ތިބި ޓީމުން އަންނަނީ ފަހުގެ މައްސަލައަށް މަސައްކަތް ކުރަމުން ކަމަށާއި، މިހާރު ބުނަނީ ގަރުނެއްހާ ދުވަހު ދެމިގެންދާނެ ބެޓެރީއެއް އުފައްދާފައިވާ ކަމަށެވެ.
މި އާ ބެޓެރީއަކީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާ ކުރަމުން އަންނަ ލިތިއަމް ނިކަލް މެންގަނީޒް ކޯބަލްޓް ބެޓެރީތަކުގެ ވައްތަރެކެވެ. މިފަދަ ބެޓެރީތައް ދަށް ވޯލްޓޭޖެއްގައި ބޭނުންކުރެވޭނެ ގޮތަށް ބަދަލުކޮށްފިނަމަ، މިފަދަ އެހެން ބެޓެރީތަކަށްވުރެ ގިނަ ދުވަހު، އަދި ލިތިއަމް އަޔަން ފޮސްފޭޓް ބެޓެރީތަކަށްވުރެވެސް ގިނަ ދުވަހު ބޭނުންކުރެވޭނެކަން ދިރާސާވެރިންނަށް ހޯދިފައިވެއެވެ. ވަކިން ޚާއްޞަކޮށް، ޓެސްޓްތަކުން ދައްކާ ގޮތުގައި، އެފަދަ ބެޓެރީތައް ސްޓޭންޑަރޑް 4.2 ގެ ބަދަލުގައި 3.8 ވޯލްޓްގައި ދުއްވާނަމަ، (އަދި 25 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގައި ބެހެއްޓިއްޖެނަމަ) ގާތްގަނޑަކަށް ސަތޭކަ އަހަރު ވަންދެން ބޭނުންކުރެވޭނެ ކަމަށް ބެލެވިދާނެއެވެ.
އެ ޓީމުން ފާހަގަކުރާ ގޮތުގައި، މައްސަލައަކީ، މިފަދަ ބެޓެރީތަކުގެ އަގު ބޮޑުވެ، ކާރުތަކަށް ބޭނުންވާ ކަރަންޓް ފުއްދައި ނުދެވޭނެތީ އެވެ. އަނެއްކޮޅުން އެމީހުން ލަފާކުރާ ގޮތުގައި މިފަދަ ބެޓެރީތައް ދިގު މުއްދަތަކަށް ހަކަތަ ރައްކާކުރާ ނިޒާމުތަކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ.
ހިތާމައަކީ މިފަދަ ބެޓެރީތަކަކީ ވެސް ތިމާވެށްޓާ މާ ރައްޓެހި ބެޓެރީތަކެއް ނޫން ކަމެވެ (ޑިޒައިން އަށް ބަދަލު ގެނައުމުން ކޯބަލްޓް ނައްތާލެވޭނެ ކަމަށް ޓެސްލާއިން ދާދި ފަހުން ފާހަގަކުރި ނަމަވެސް) އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ވިޔަފާރީގެ އެޕްލިކޭޝަންތަކުގައި މިފަދަ ބެޓެރީތައް ބޭނުންކުރުމުގެ ފުރުސަތު އިތުރަށް ދަސްކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.