ޕީއެސްވީއާރު 2 ގޭމްސްގެ ފުރަތަމަ “ސްނީކް ޕީކް” ދައްކާލަނީ!

އަޙްމަދު ދާއޫދު 01 ޖޫން 2022

ސޮނީ އިން ކުރިއަށް އޮތް އެކުންފުނީގެ ގޭމްތަކަށް އަލިއަޅުވާލާ އެކުންފުނިން ކުރިއަށް ގެންދާ ޕްރެޒެންޓޭޝަން ސީރީޒް ކަމަށްވާ ސްޓޭޓް އޮފް ޕްލޭ ސްނީކް ޕީކެއް އަންނަ ހަފްތާގައި ދައްކާލާނެކަމަށް ބުނެފިއެވެ.

އެ ކުންފުނިން ބުނާ ގޮތުގައި އަންނަ ހަފްތާގައި ބާއްވާ މި އިވެންޓުގެ ތެރޭގައި ޕީއެސްވީއާރު 2 ގެ ގޭމްތަކަށް ފުރަތަމަ "ސްނީކް ޕީކް" އެއް ލިބޭނެ ކަމަށް ބެލުންތެރިންނަށް އުންމީދު ކުރެވޭނެ އެވެ.

ސޮނީން އިއުލާންކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ދެން އޮންނަ ސްޓޭޓް އޮފް ޕްލޭ އިވެންޓް އޮންނާނީ ޖޫން މަހުގެ ދެވަނަ ދުވަހު 15:00 (ތިޔަބޭފުޅުންގެ ޓައިމްޒޯން މިތަނުގައި) އެވެ. މި ޕްރެޒެންޓޭޝަން ޓްވިޗް އަދި ޔޫޓިއުބްގެ ރަސްމީ ޕްލޭސްޓޭޝަން ޗެނަލްތަކުން ދައްކާނެ އެވެ.

އެކުންފުނިން ބުނާ ގޮތުގައި މި އިވެންޓުގެ ތެރޭގައި ބެލުންތެރިންނަށް ސޮނީގެ ތާރޑް ޕާޓީ ޕާޓްނަރުންގެ ފަރާތުން ހުށަހަޅާ ރިވީލްތަކެއް އިތުރުން ޕްލޭސްޓޭޝަން ވީއާރު 2 އަށް ޑިވެލޮޕް ކުރަމުންދާ ބައެއް ގޭމްތަކުގެ ސްނީކް ޕީކެއް ފެންނާނެއެވެ.

ޕީއެސްވީއާރު 2 އަށް ފޯކަސް ކުރާނެ ޕްރެޒެންޓޭޝަންގެ ކުޑަ ބައެއް ކަމަށް ހީވި ނަމަވެސް، މިއީ ޕްލޭސްޓޭޝަން ވީއާރު 2 ގޭމްތަކާ ބެހޭ ފުރަތަމަ މައުލޫމާތު ސީދާ ސޮނީން ލިބޭނެ ފުރަތަމަ ފަހަރެވެ.

ސޮނީން އިން އެމީހުންގެ ސްނީކް ޕީކް އެއް ދަންކާލާނެކަމަށް ބުނިނަމަވެސް އެމީހުންގެ ޕްރެޒެންޓޭޝަން އަމާޒުކޮށްފައިވަނީ އެހެނިހެން ޕްލެޓްފޯމްތަކުގައި މިހާރުވެސް ހުރި އަދި ޕީއެސްވީއާރު 2 އަށް ކޮންފަރމް ކުރަމުންދާ ވީއާރު ގޭމްތަކެއް ކަމެއް ނުވަތަ ކުރިން ނޭނގޭ ވީއާރު ގޭމްތައް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަށް ޝައުޤުވެރިކަން ހުރި ބޭފުޅުން މިޖެހެނީ އަންނަ ހަފްތާއަށް އިންތިޒާރު ކޮށްލަވާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.