އިންޓަނެޓް ވިޔަފާރީގެ ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑްބޭންކުގެ އެހީ

އަޙްމަދު ދާއޫދު 08 ޖޫން 2022

ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖެއަށް އެހީތެރިވުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ފާސްކޮށްފިއެވެ. މި އެހީގެ ދަށުން އިންޓަނެޓް ހިދުމަތް ފުޅާކޮށް، ރައްކާތެރި ޑިޖިޓަލް އައިޑީ ހިދުމަތް ތައާރަފު ކުރުމަށާއި، މޫސުމަށް އަންނަ ބަދަލު ތަކަށް ކުރިމަތިލުމުގައި ޓެކްނޮލޮޖީ އާއި ޑޭޓާ އެނަލިސިސް ބޭނުން ކުރުން ހިމެނެއެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި ދިވެހިރާއްޖޭގައި އިންޓަނެޓް ބޭނުންކުރުމާއި ބޭނުންކުރުން ފުޅާވެފައިވީނަމަވެސް އިންޓަނެޓްގެ ހިދުމަތްތައް އަގުހެޔޮކަމާއި ފެންވަރުގެ ގޮތުން ޚާއްސަކޮށް އަތޮޅުތަކުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވޯލްޑް ބޭންކް ގެ ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި އެފަދަ ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އޮންލައިންވެ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ރައްކާތެރި ގޮތެއްގައި ލިބިގަތުމަށް ދަތިވެއެވެ.

ލާމަރުކަޒީ ނިޒާމާއި ޑިޖިޓަލް ޓްރާންސްފޯމެޝަންގެ ބޭނުންތެރިކަން އިތުރަށް ބޮޑުވެގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ އަސަރުތަކުގެ ސަބަބުންނެވެ. މިކަންކަމުގެ ސަބަބުން ޖަޒީރާ ޤައުމުގެ އިޤްތިޞާދާއި ރައްޔިތުންގެ ދިރިއުޅުމުގެ މައިގަނޑު ބިންގާ ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ދަނީ އަސަރު ކުރަމުންނެވެ.

އެހެންކަމުން ވޯލްޑް ބޭންކްގެ މިއެހީއަކީ ޑިޖިޓަލް ދިވެހިރާއްޖޭ ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޓިވިޓީއާއި އިންފްރާސްޓްރަކްޗަރ، ޑޭޓާ ގަވަރނަންސް، އަދި ޑިޖިޓަލް އިޤްތިޞާދުގެ ޤާނޫނީ، ރެގިއުލޭޓަރީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމުގައި ސަރުކާރަށް ވޯލްޑް ބޭންކުން އެހީތެރިވެދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.

އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލްކަން އިތުރުކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މީހުންނާއި ވިޔަފާރިތަކާއި ސަރުކާރަށް އިންޓަނެޓް ކަނެކްޓިވިޓީ ރަނގަޅު ކުރުން ހިމެނެ އެވެ.

އަދި ހަމަ މިއެހީގެ ދަށުން މޫސުމާ ގުޅޭ ޑޭޓާ ހިއްސާކުރުމާއި ތަހުލީލުކުރުން ކުރިއެރުވުމަށާއި މޫސުމަށް އެޑެޕްޓޭޝަން އަދި ރެސިލިއެންސްއަށް ޑޭޓާ ޑްރައިވަން ޕްލޭނިން އާއި ސިޔާސަތު ކަނޑައެޅުން އިތުރުކުރުމަށް ޒަމާނީ މޫސުމީ ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރުން ހިމެނެއެވެ.

"މި މަޝްރޫއުގެ ސަބަބުން މާ ރައްކާތެރި އަދި ޕްރައިވެސީއަށް ސަމާލުކަންދޭ އައިޑެންޓިފިކޭޝަން މެކޭނިޒަމްތަކާއެކު އިތުރަށް އަގުހެޔޮކޮށް ބްރޯޑްބޭންޑް ކުރެވޭނެ ހިދުމަތްތައް ލިބިގެންދާނެ،" މި މަޝްރޫއުގެ ކޯ ޓާސްކް ޓީމް ލީޑަރ ޖެރޯމް ބެޒިނާ ވިދާޅުވި އެވެ.

“އަދި، ގޭސް ބޭރުކުރާ މިންވަރު ޓްރެކްކޮށް، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފްކޮށް، ޑޭޓާ އަލުން ބޭނުންކޮށް، ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި މުރަކަ ފަދަ މުހިންމު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް އިތުރަށް މައުލޫމާތު ލިބިފައިވާ ނިންމުންތައް ނިންމުމަށް ޑޭޓާ އާއި އެނަލިޓިކްސް ރަނގަޅު ކުރެވޭނެ.” އެވެ.

މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގުޅިގެންނެވެ.

ޖުމްލަ 10 މިލިއަން ޑޮލަރުގެ ފައިނޭންސިން ގްރާންޓަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ވޯލްޑް ބޭންކުގެ ކޮންސެޝަނަލް ކްރެޑިޓް ވިންޑޯ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.