ވަގު ޑޭޓާ ވިއްކައިގެން 17.3 މިލިއަން ޑޮލަރު ހޯދައިފި

އަޙްމަދު ދާއޫދު 09 ޖޫން 2022

ޒާތީ މައުލޫމާތު ވިއްކައިގެން ސައިބަރ ކްރިމިނަލްސް އިން ޔޫއޭއީގައި އެތައް މިލިއަން ރުފިޔާއެއް ހޯދައިފިކަމަށް ދިރާސާވެރިން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް 17.3 މިލިއަން ޑޮލަރުގެ ޒާތީ މައުލޫމާތު ވިއްކާފައިވާ ޑާކް ވެބް މާކެޓްތަކުގެ ތެރެއިން މާކެޓެއް، ސައިބަރ ސެކިއުރިޓީ ކުންފުނި ނޯޑްވީޕީއެން އިން ކުރި ދިރާސާއަކުން ދެނެގެންފައި ވާއިރު އެކުންފުނިން ބުނީ މިއީ ޑޭޓާ ބްރީޗް ވުމުގެ ނުރައްކާ އިންތިހާއަށް އޮތްކަމުގެ ހެއްކެއް ކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި، ވެބްސައިޓުގައި ވިއްކާ 720،000 އަށް ވުރެ ގިނަ ޑޭޓާގެ ތެރޭގައި ޕާސްޕޯޓް، ޕާސަނަލް އައިޑީ، ޑްރައިވިން ލައިސަންސް، އީމެއިލް، ޕޭމަންޓް ކާޑު ޑޭޓާ، މޯބައިލް ފޯނު ނަންބަރު، އޮންލައިން އެކައުންޓް، ބޭންކް އެކައުންޓް ލޮގިން، އަދި ކްރިޕްޓޯ އެކައުންޓްތަކުގެ އިތުރުން އެހެނިހެން ޕާސަނަލް ޑޭޓާ ހިމެނެ އެވެ .

ފަރުދެއްގެ ޑޭޓާ ޑާކް ވެބްގައި ވިއްކުމަށް ބެހެއްޓުމުން، އެ ޑޭޓާ ނައްތާލުމަކީ އުނދަގޫ ކަމެކެވެ. ގިނަ މީހުންނަށް އެމީހުންގެ ޑޭޓާ މިގޮތަށް ވިއްކަމުންދާ ކަމުގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައެއް ނެތެވެ. ޑޭޓާ ބްރީޗް ކުރުމަކީ ކިހާ ނުރައްކާތެރި ކަމެއް ކަމަށް މިކަމުން އެނގޭ ކަމަށް ނޯޑްވީޕީއެންގެ ސައިބަރ ސެކިއުރިޓީ މާހިރު އެޑްރިއަނަސް ވާމެންހޯވެން ވިދާޅުވި އެވެ.

"މި އެއް މާކެޓަކީ ހަމައެކަނި އައިސްބަރގެއްގެ ކޮޅު،" އޭނާ ވިދާޅުވި އެވެ. “މިވަގުތު ޑާކް ވެބްގައި 30،000 އަށް ވުރެ ގިނަ ވެބްސައިޓް އެބަހުރި. ހަނދާނުގައި ބަހައްޓަންވީ މުޅި އިންޓަނެޓް ނިސްބަތްވަނީ ކޮންމެ ޔޫޒަރަކަށްވެސް އޮންލައިންކޮށް ލިބޭ ސަރފޭސް ވެބަށްކަން.”

އޭނާ އިތުރަށް ވިދާޅުވީ، “އަޅުގަނޑުމެންގެ ކޭސް ސްޓަޑީގައި ތަހުލީލުކުރި މާކެޓް ހޮވާފައިވަނީ ކުރިން ބައެއް ބޮޑެތި ހެކަރު ގްރޫޕްތަކުން ބޭނުންކުރި މާކެޓަކަށް ވާތީ” ކަމަށެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ތިންވަނަ ފަރާތެއްގެ ސައިބަރ ސެކިއުރިޓީ ރިސާޗަރުންނާ ގުޅިގެން ޑާކް ވެބްގައި މީހުން ބައިވެރިވާ ގަވާއިދާ ހިލާފު ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ޔޫޒަރުންނަށް އިންޒާރު ދިނުމުގެ މަގުސަދުގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.