ހަމައެކަނި ލިތިއަމް އަޔަން ބެޓެރީގެ ހަކަތައިން ދުއްވާ މަތިންދާބޯޓެއް ނާސާއިން އުފައްދައިފިއެވެ.
އެކްސް-57 ނަމުން ނަންދެވިފައިވާ ފްލައިޓް ޑެމޮންސްޓްރޭޓަރ ޕްރޮޖެކްޓް 2016 ވަނަ އަހަރު ފަށާފައިވަނީ ތިމާވެށްޓާ ރައްޓެހި މަތިންދާބޯޓުތައް އުފެއްދުމުގެ އުންމީދުގައި ކަމަށް ނާސާއިން ވަނީ ބުނެފައެވެ.
ބައިނަލްއަޤްވާމީ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ދުނިޔޭގައި ބޭނުން ކުރެވޭ ސީއޯ2 ގެ ގާތްގަނޑަކަށް ދެ އިންސައްތަ ހަމައެކަނި އޭވިއޭޝަން އިން ދޫކުރާއިރު، ނާސާއިން ފާހަގަކުރާ ގޮތުގައި، އޮޓޯމޯޓިވް ގޭހާ ހިލާފަށް، އޭވިއޭޝަން ގޭހުގައި އަދިވެސް ލީޑް އެކުލެވިގެން ވުމަކީ ތިމާވެށި ތަޣައްޔަރުވުމުގެ އެންމެ ބޮޑު ސަބަބެވެ .
އެކްސް-57 މިހާރު ފުރަތަމަ ޓެސްޓް ފްލައިޓް ޖުލައި މަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެކްސް-ޕްލޭންސް، އަކީ 1940 ގެ އަހަރުތަކުގައި ފެށިގެން ކުރިއަށްދާ މަޝްރޫޢުއެކެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންނާއި ނާސާ އާއި އެމެރިކާގެ ވައިގެ ސިފައިންގެ ވެސް ކުރިއަރާފައިވާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން 1948 ވަނަ އަހަރު ވަނީ މި ޕްރޮގްރާމްގެ ދަށުން އެކްސް-1 މަތިންދާ ބޯޓެއްގެ ފައިނަލް މަރުހަލާއާއި ހަމައަށް ނައިސް ހުއްޓިފައެވެ.
ފަހުން މި ސީރީޒްގައި ހިމެނޭ އެންޓްރީތަކުގެ ތެރޭގައި 1950 ގެ އަހަރުތަކުގެ ފަހުކޮޅު އެކްސް-15 އާއި 2010 ގެ އަހަރުތަކުގައި އެކްސް-51 ވެސް މި ޕްރޮޖެކްޓްގައި ހިމެނި ކުރިއަށް ގެންގޮސްފައި ވެއެވެ.
އެކްސް-57 އެއީ އެކްސް-ޕްލޭންގެ ތަޖްރިބާ ކާރުންގެ އުފެއްދުމެއް ނޫން ނަމަވެސް ނާސާއިން ދަނީ އެ މަތިންދާބޯޓާއެކު އެތައް ޒަމާނީ ޓެކްނޮލޮޖީތަކެއް ޓެސްޓް ކުރަމުންނެވެ. މި ހާލަތުގައި ނާސާއިން ވިސްނަނީ މައްޗަށްއެރުމަށް ނުވަތަ ބާރަށް އުދުހެން ނޫން ކަމަށާއި، ނަމަވެސް މަޑުމައިތިރިކޮށް، އަދި ރައްކާތެރިކަމާއެކު އުދުހޭނެ ގޮތަކަށް ކަމަށް ނާސާއިން ވަނީ ބުނެފަވެ.
ނާސާއިން ވަނީ އެކްސް-51 ޕްރޮޖްކްޓް ކާމިޔާބު ކުރުމަށްޓަކައި، އިޓަލީގައި އުފައްދާފައިވާ، ޓްވިން އިންޖީނުގެ ޖެނެރަލް އޭވިއޭޝަން މަތިންދާބޯޓެއް ކަމަށްވާ ޓެކްނަމް ޕީ2006ޓީ ގެންގޮސް، އެއަށް ބަދަލުތަކެއް ގެންނަން ފަށާފައި ވާކަމަށް ބުނެފައެވެ.
އެގޮތުން ފިޔަގަނޑުގެ ކޮޅުގައި ފިއުޒޭޖާ ކައިރީގައި ޖައްސާފައިވާ ޓްވިން ހަތަރު ސިލިންޑަރު ހަތަރު ސްޓްރޯކް ރޮޓެކްސް 912އެސް3 ޕިސްޓަން ޑްރައިވަން އިންޖީނުތައް ނަގާފައިވާއިރު، އޭގެ ބަދަލުގައި ފިޔަގަނޑުގެ ޓިޕްސް ކައިރީގައި ޖައްސާފައި ހުންނަ 5 ފޫޓު ދިގުމިނުގެ ޕްރޮޕެލާތައް ނަގައި 60 ކިލޯވޮޓްގެ ދެ އިލެކްޓްރިކް މޯޓަރުވަނީ އަޅުވާފައެވެ. އޭގެ އިތުރުން ފިޔަތަކުގެ ކުރިމަތީ 1.9 ފޫޓުގެ ދިގުމިނުގެ 12 ކުދި އިލެކްޓްރިކް މޯޓަރު ވެސް ހަރުކޮށްފައި ހުރެއެވެ.
ނާސާއިން އެކްސް-57ގެ ފިޔަތައް ކުރީގެ ސައިޒުގެ އެންމެ 42 ޕަސެންޓަށް އަލުން ކޮންފިގްރޭޓް ކުރިއިރު، މިއީ ފްލައިޓް ވަރުގަދަ ކުރުމަށް ޑްރެގް މަދުކޮށްދޭ ޑިޒައިންއެކެވެ.
އިލެކްޓްރިކް މޯޓަރުތަކާއި އޭވިއޭޝަން އިލެކްޓްރޯނިކްސް އަށް ކަރަންޓް ދެނީ އެކްސް-57 މަތިންދާބޯޓުގެ ކެބިންގައި ހަރުކޮށްފައިވާ 400 ޕައުންޑްގެ ދެ ލިތިއަމް އަޔަން ބެޓެރީ ޕެކުން ކަމަށާއި އެ ބެޓެރީ ޕެކުން 23 ކިލޯވޮޓް ހަކަތަ ލިބޭނެ ކަމަށް ވެއެވެ. މާބޮޑަށް ހޫނުވެ ބެޓްރީގައި ނުވަތަ ބޯޓްގައި އަލިފާން ރޯނުވެ ވާނެ ގޮތް ހެދުމަށް ވަރަށް ގިނަ ވަގުތާއި މަސައްކަތް ހޭދަކުރި ކަމަށް ނާސާއިން ބުނެއެވެ.
ނާސާގެ އާމްސްޓްރަންގް ފްލައިޓް ރިސާޗް ސެންޓަރު ކައިރީގައި ހުންނަ ކެލިފޯނިއާގެ އައްސޭރި ފަށުގައި އެކްސް-57 ދައްކާލެވޭއިރު، އާދައިގެ މަތިންދާބޯޓުތަކަށް ވުރެ 40 ޕަސެންޓް އިލެކްޓްރޯނިކް ހަކަތަ އިތުރަށް މިބޯޓްގައި ހޭދަކުރުމަށް މަގުފަހިކޮށްދެ އެވެ. އަދި އެކްސް-57 ގައި އެއްވެސް ކޮމްބަސްޝަން އިންޖީނެއް ނުހިމެނޭތީ، އެ ބޯޓް ދުއްވާފައިދާއިރު އެއްވެސް ކަހަލަ އަޑެއް ނީވޭނެއެވެ. ނަމަވެސް އާދައިގެ ޑްރޯނެއް އުދުހޭއިރު އިވޭ މިންވަރަށް އަޑު ހުރެދާނެކަމަށް ނާސާއިން ބުނެއެވެ.
ނާސާގެ މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ދުނިޔޭގެ ބޮޑެތިކުންފުނިތަކުން މިފަދަ ބޯޓްތައް އުފެއްދުމަށް އިންވެސްޓް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.