އައިއޯއެސް 16 އާއި އެންޑްރޮއިޑް 13 އިން ބުނެދެނީ ކޮންކަމެއް؟

އަޙްމަދު ދާއޫދު 14 ޖޫން 2022

އައިއޯއެސް 16 އާއި އެންޑްރޮއިޑް 13 އިން ބުނެދޭ އެންމެ ބޮޑު ވާހަކައަކީ ކޮބައިކަން އެނގޭ ހެއްޔެވެ. ކޮންކަމެއް؟

ތިބާގެ ސްމާޓްފޯނު ތިބާގެ ދިރިއުޅުމުގެ ނޮންޑިޖިޓަލް ކަންކަމާ މިހާރަށްވުރެވެސް އިތުރަށް ގުޅާލުން މިއަދު މިވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. އެއީ އައިއޯއެސް 16 އަދި އެންޑްރޮއިޑް 13 އިން ބުނެދޭ މުހިންމު ވާހަކަ ތަކުގެ އަލީގައި ކަމުގެ މާހިރުން ލަފާދެއްވާ ގޮތެވެ.

އެޕަލް އާއި ގޫގުލް އިން އަންނަ އާ މޯބައިލް ސޮފްޓްވެއާ އަޕްޑޭޓްތައް މި އަހަރުގެ ފަހުކޮޅު ލިބޭނެ އިރު، ދެ ޓެކް ޖަޔަންޓް ވެސް ބޭނުންވަނީ ލީގަލް އައިޑީ އާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ރައްކާކުރުމަށް ފޯނު ޑިޖިޓަލް ވޮލެޓަކަށް ބަދަލުކޮށް، ކުރިއަށްވުރެ ފޯނު އައިޑެންޓިޓީއާ ބަދަހި ކުރުމަށެވެ. އަދި ވެހިކަލް ނުވަތަ ކާރުތަކާއި، ސްމާޓް ހޯމް ގެޖެޓްތަކާއި އަދި ކޮންމެ ދުވަހަކު ބޭނުންކުރާ އެހެން އާލާތްތަކާ ފޯނުން މުއާމަލާތްކުރާ ގޮތް ވެސް އެ ކުންފުނިތަކުން ދަނީ ކުރިއަރުވަމުންނެވެ.

އައިއޯއެސް 16 އަދި އެންޑްރޮއިޑް 13 ގައި ވެސް ޓްވީކްތަކާއި އާ ފީޗާތަކުން ފުރިފައިވާއިރު، އޭގެ ތެރެއިން ބައެއް ފީޗާތަކަކީ ޑިޖިޓަލް ވޮލެޓްތަކާއި ސްޕީޑް ކަނެކްޝަންތަކަށް ވުރެ މުހިންމު ފީޗާތަކެކެވެ. އެގޮތުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ރައްކާތެރި ކަމަށް އެޕަލްގެ ސޭފްޓީ ޗެކް ޓޫލް އާއި ގޫގުލްގެ އާ ޕްރައިވެސީ އަޕްޑޭޓްތައް ފުދެ އެވެ. އެކަމަކު މި ދެ އޮޕަރޭޓިން ސިސްޓަމްގެ މެދުގައި އޮތް އޮވަރލެޕް އިން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ފޯނުގެ ދައުރު ބަދަލުވަމުންދާކަން ހާމަވެގެންދެއެވެ. އެޕަލް އާއި ގޫގުލްގެ އެންމެ ފަހުގެ އިއުލާންތަކަށް ބަލާއިރު، ފޯނުގެ ވަށައިގެން ހިނގާ (ނޮންޑިޖިޓަލް) ކަންތައްތަކަކީ ފޯނުގައި ހިނގާ ކަންތައްތަކާ އެއްވަރަށް މުހިންމު ކަންތައްތަކަކަށް ވާނެ އެވެ.

އަޅުގަނޑުމެންގެ ފޯނުތައް ވޮލެޓާއި ކްރެޑިޓް ކާޑާއި ކާރާއި ގޭތެރޭގެ ސާމާނު ފަދަ ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގުޅިފައި ހުންނަ ވަރަކަށް އެތަކެތިން ދުރަށް ދިއުމަށް (ނުވަތަ އައިފޯނާއި އެންޑްރޮއިޑް އާއި ދެމެދު ބަދަލުވާން) އުނދަގޫވާނެ އެވެ. އެ ކޮންސެޕްޓަކީ އައު ކޮންސެޕްޓެއް ނޫން ނަމަވެސް މި ސިނާއަތް މި ދިމާލަށް ދަތުރުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އައިއޯއެސް 16 އަދި އެންޑްރޮއިޑް 13 އަށް ގެނައި ބަދަލުތަކުގެ ސަބަބުން އެޕަލް އާއި ގޫގުލްގެ މަސައްކަތްތައް ނުވަތަ އަޕްޑޭޓްސް މިހާރަށްވުރެވެސް އަވަސްވުން އެކަށީގެންވެ އެވެ.

އެހެންކަމުން ދަންވާލަން އޮތީ ސްމާޓްފޯނުގެ މުހިންމުކަން މިހާރަށްވުރެ އެތައް ގުނައެއް ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެންގެ ދިރިއުޅުމުގައި މުހިންމު ވެގެންދާނެކަމެވެ. އަދި ސްމާޓް ފޯނަށް ބަރޯސާވެފައިވާ ވެއްޓެއް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އުފެދިގެންދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.