ވަޓްސްއެޕް އިން ވަނީ މީގެ ކުރިން ޖެނުއަރީ މަހު ބީޓާ ޓެސްޓިންގައި އައިއޯއެސް ބޭނުންކުރާ ބައެއް ފަރާތްތަކަށް ބޮޑެތި އެނިމޭޓެޑް "ބީޓިން" ހިތުގެ އިމޯޖީ ތައާރަފްކޮށްފަ އެވެ. ނަމަވެސް އެ ޓެސްޓު ކުރިތާ މަދު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އެ ފީޗާ ޑިސެބަލް ކޮށްފަ އެވެ.
މި ފީޗާ ލޯންޗް ކުރުމަށް މަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޑިވައިސްތަކަށް މިހާރު މި ފީޗާ ލިބޭނެކަން އެނގުމުން އުފާވާނެ އެވެ.
"ޑަބްލިޔުއޭބީޓާއިންފޯ" އިން ބުނެފައިވާގޮތުގައި މިފީޗަރ ޖޫން 21 ގައި ވަނީ ރޯލްއައުޓް ކުރަން ފަށާފައެވެ. ބީޓާ ޓެސްޓިން މަރުހަލާގައި އޮތްނަމަވެސް މިފީޗާ ބޭނުންކުރާ ޔޫޒަރުންނަށް ހުރިހާ ހިތުގެ އިމޯޖީ ކެރެކްޓަރެއް އެނިމޭޓް ކުރެވޭނެ އެވެ. އެހެންނަމަވެސް އެނިމޭޝަން ބަލާލުމަށްޓަކައި މެސެޖު ލިބޭ ފަރާތަށް ވެސް އެ ފީޗާ އެނެބަލް ކުރަން ޖެހެ އެވެ.
އެންޑްރޮއިޑަށް މި ފީޗަރ ރޯލްއައުޓް ކުރިނަމަވެސް އައިއޯއެސް ޑިވައިސްތަކުގައި ހިތުގެ އިމޯޖީ އެނިމޭޝަން އަލުން ނެރޭނީ ކޮން ދުވަހަކުން ކަމެއް އަދި ނޭނގެ އެވެ.
އައިއޯއެސްއަށްވެސް މި އެނިމޭޝަން ދޫކުރާނެކަމަށް ބެލެވޭއިރު އެ އެނިމޭޝަންތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ވަޓްސްއެޕް އިން ފެށީ މިދިޔަ ޑިސެމްބަރު މަހު ވަނީ ފަށާފައެވެ. އައިއޯއެސް އަށް މިވަގުތު ހަމައެކަނި ލިބޭނީ ރަތް ހިތުގެ އިމޯޖީ އެނިމޭޝަން ފީޗާ އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އެނިމޭޓެޑް އިމޯޖީ ރިއެކްޝަންތަކަކީ ނޮން ވާބަލް ކިއުތައް ހިއްސާކޮށް، ތިމާގެ ޖަޒުބާތުތައް ޑައިނަމިކް ގޮތެއްގައި ހާމަކުރުމަށް ރަނގަޅު ގޮތެކެވެ. މީގެ އިތުރުން ހިތަކީ އޭގެ ޒާތުގައި ރަމްޒެއްގެ ގޮތުގައި ހުރުމުގެ އިތުރުން، އެކި ކުލަތަކުން އެ ހިތުގެ ރިއެކްޝަންތައް އެކި ގޮތްގޮތުން ކޯޑް ކުރެވިދާނެއެވެ.
ނަމަވެސް ވަޓްސްއެޕްގެ ވާދަވެރި ޓެލެގްރާމް އިން ވަނީ އިމޯޖީ ރިއެކްޝަންތަކާއި ސްޓިކާ އުފެއްދުމުގެ ވާދަވެރިކަމުގައި އެނިމޭޓެޑް ރިއެކްޝަންތަކުގައި މާކުރީގައެވެ. އަދި އޭގެ އިތުރުން ނަގާ ކޮންމެ ވީޑިއޯއެއް އެޑިޓިން ޕްރޮގްރާމެއް މެދުވެރިކޮށް ގަވާއިދުން ވީޑިއޯތައް ސްޓިކާތަކަށް ބަދަލުކުރުމަށް ވެސް ޓެލެގްރާމް އިން ސަޕޯޓް ލިބެ އެވެ.
މީގެ އިތުރުން ޓެލެގްރާމް ޕްރީމިއަމް އިން ވަރަށް އަވަހަށް އެނިމޭޝަންތަކާއެކު އެކްސްކްލޫސިވް 10 ވައްތަރެއްގެ ސްޓިކާއާއި އާ އިމޯޖީ ރިއެކްޝަން ސެޓެއް ނެރޭނެ އެވެ.
ޓެލެގްރާމް އާއި އަޅާބަލާއިރު ވަޓްސްއެޕް ހަމައެކަނި އެނިމޭޓެޑް އިމޯޖީގައި ތަންކޮޅެއް ފަހަތުގައި އުޅުނު ނަމަވެސް ވަޓްސްއެޕްގެ ގްރޫޕް ކޯލްތަކަށް ދާދި ފަހުން ގެނައި ބައެއް ކުރިއެރުންތަކުގެ އިތުރުން ، އެ ޕްލެޓްފޯމުން ވެސް ވަނީ ޕްރައިވެސީ ކޮންޓްރޯލް ރަނގަޅު ކުރުމަށް ވެސް އިތުރު ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.