މެޓަވާސް އަދި ވެބް3 އާއެކު އިންޓަނެޓްގެ އައު ޒަމާނެއް

ޝުޖާޢަތު ރަޝީދު 02 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެޓަވާސްގެ ކޮންސެޕްޓަކީ 1980 އިން ފެށިގެންވެސް އާންމުވެފައިވާ އެއްޗެކެވެ. ނަމަވެސް ވޭތުވެގެން ދިޔަ މަދު އަހަރު ތަކެއްގެ ތެރޭގައި މެޓަވާސްގައި އެތަކެއް ޕްރޮޖެކްޓުތަކެއް ފެށިގެން ކުރިއަށް ދާތަން އެބަ ފެނެއެވެ.

މިހާރު އަހަރެމެންނަށް ފެނިގެން މިދަނީ ވަރަށް ބޮޑަށް ގޭމިފައިޑް ދުނިޔެއެކެވެ. މިއީ ހަމަތަކެއްގައި އިންޓަގްރޭޓް ކުރެވޭ ގޮތެއްގައި އެންގޭޖްމަންޓް އެބިލިޓީއާއި އެކު ތަޢާރަފް ވަމުންދާ ކަންތައްތަކެވެ.

މެޓަވާސްއަކީ އަދިވެސް ވަރަށް ބޮޑަށް ހުސް ފޮތެކޭ ބުނެވިދާނެއެވެ. މެޓަވާސް މިވަގުތު ހަމަ އެކަނި ކުރިއަށްދަނީ މިކަމަށް ޝަޢުގުވެރިކަން ހުންނަ މީހުން ޓެސްޓުކޮށް މި ކޮންސެޕްޓު ބަލާލުމަށް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މެޓަވާސް އަކީ ވާޗުއަލް ރިއަލިޓީ ދުނިޔެއެކެވެ. މި ވާޗުއަލް ދުނިޔޭގައި ސްކޫލަށް ގޮސް، ވަޒީފާއަށް ގޮސް، ގޭމް ކުޅުމާއި، ކޮންސެޓް ތައް ބެލުމާއި، ސްޓޯރ ޝެލްފްތައް ބްރައުޒް ކުރުމާއި، ގެއިން ބޭރަށް ނުނިކުމެ އެތައް ކަމެއް ކުރެވިދާނެ އެވެ.

މިހާރު އަހަރެމެންނަށް ހީވާގޮތުން އިންޓަނެޓަކީ ފްލެޓް ސްކްރީންތަކުގައި ހުންނަ ދެޑައިމެންޝަނަލް، ޓެކްސްޓް އަދި ފޮޓޯއެވެ. މެޓަވާސް އަކީ ތްރީ ޑައިމެންޝަނަލް ޓަޗް ވެސް ހިމެނޭ ގޮތަށް މަލްޓި ސެންސަރީ އަކަށް ބަދަލުވާ އިންޓަނެޓެވެ.

ކުރިއަށް އޮތް ދުވަސްތަކަށް މެޓަވާސް ބޭނުންކޮށްގެން އެންގޭޖްމަންޓާއި އެކި ގެޕްތައް ބްރިޖް ކުރުމަށް ބޭނުންކުރެވޭ އެއްޗެއް ގޮތުގައި މެޓަވާސް ބޭނުން ކުރުމަށް އަދިވެސް މީހުން އަހުލުވެރިވާން ޖެހޭ ވަރު ބޮޑެވެ.

މެޓަވާސް ކާމިޔާބުވެ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ އާދައިގެ ހަތިޔާރަކަށް ވުމަށްޓަކައި، މި ވަސީލަތުގެ ބޭނުން ކުރާ ފަރާތްތަކަށް އެ ވަސީލަތާ ގުޅެން މަގުފަހިކޮށްދޭން ޖެހެ އެވެ. ސައި-ފައި ކޮންސެޕްޓެއްގެ ގޮތުގައި ނުވަތަ ގޭމިން ވޯލްޑްގެ ތެރޭގައި މެޓަވާސް އަކީ ވަރަށް ފައްކާ އެއްޗެކެވެ.

އެކަމަކު އިޖްތިމާޢީ އަދި ވިޔަފާރީގެ ވަސީލަތެއްގެ ގޮތުގައި ކުރިއަރައި ދިއުމަށްޓަކައި، އަހަރެމެން ކަށަވަރުކުރަންޖެހޭ ކަމަކީ، ޔުޓިލިޓީ ނުވަތަ އިންސެންޓިވްސްގެ ލޭޔަރެއް، ޔޫޒަރުން މެޓަވާސްއަށް އިންވެސްޓްކޮށްފައި ބެހެއްޓޭތޯ ބެލުމެވެ.

ވެބް-3 ޕަވާޑް ޓެކްނޮލޮޖީ މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާކަން ޔަޤީނެވެ. އެއީ ބްލޮކްޗެއިން ޓެކްނޮލޮޖީއާއި، ނަންފަންޖިބަލް ޓޮކެން (އެން.އެފް.ޓީސް)، އެކްސްޓެންޑެޑް ރިއަލިޓީ (އެކްސް.އާރު)، އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި) ފަދަ ޓެކްނޮލޮޖީއަކީ މިހާރު ވެބް-3 ޕަވާޑް ޓެކްނޮލޮޖީ ތެރޭގައި ހިމެނޭ ޓެކްނޮލޮޖީތަކށް ވާތީވެއެވެ.

ވެބް 3.0 އާއި މެޓަވާސް ޑިބޭޓުން އިނގިގެން ދަނީ ދެ ޓެކްނޮލޮޖީ ވެސް އެކަތި އަނެކައްޗައް ވަރަށް ފުރިހަމައަށް ސަޕޯޓް ކުރާ ޓެކްނޮލޮޖީތަކެއް ކަމެވެ.

މެޓަވާސް އާއި ވެބް 3.0 އަކީ އެކަތި އަނެކައްޗައް ބަރޯސާވާއެއްޗަކަށް ވާތީ، މެޓަވާސް އާއި ވެބް 3.0 އަކީ ކޮބައިކަން ވަރަށް ސާފުކޮށް ދެނެގަނެވޭނެ އެވެ.

މެޓަވާސް އަކީ ޑިޖިޓަލް ސްޕޭސް އެއް، އަދި ވެބް 3.0 އިން ލާމަރުކަޒީ ވެބް އަށް ތާއީދުކުރާ، މެޓަވާސްގައި ކަނެކްޓިވިޓީގެ ބިންގަލެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

މަދު ދުވަސްތަކެއްގެ ތެރޭގައި ތަފާތު ޓެކްނޮލޮޖީގެ އެހީގައި (އެކްސްޓެންޑެޑް ރިއަލިޓީ، އޮގްމެންޓެޑް ރިއަލިޓީ، އާޓިފިޝަލް އިންޓަލިޖަންސް) މެޓަވާސް އެސް އަ ސާވިސް (މާސް) އެއް ގޮތުގައި މިވަނީ އުފަންވެފައެވެ.

އިތުރަށް ކިޔާލުމަށް:

ޓެކް ލީޑަރުންގެ ހިޔާލު: 5ޖީ، ރޮބޮޓާއި މަސައްކަތުގެ މާހައުލު

ދުނިޔޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ޗާޓަރ ސްކޫލް ހުޅުވަނީ

އިންވެސްޓަރުންގެ ސަމާލުކަމާއި ފޯރި މެޓަވާސްއަށް އިތުރުވަނީ

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.