ކުށްކުރުމުގެ ކުރިން ކުރާނެ ކުށްތަކާއި މިންވަރު އޭއައި އިން ދެނެގަންނަނީ

އަޙްމަދު ދާއޫދު 05 ޖުލައި 2022

ބޮޑެތި ކުށްތަކާޢި، ޖަރީމާތައް ހިންގުމުގެ ކުރިން އެފަދަ ކަމެއް ކޮށްފާނެކަމާޢި، ކުރާނެ މިންވަރު އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގެ އެހީގައި ދެނެގަނެވިދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.

އޭއައި އެލްގޮރިޒަމް އިން %90 ގެ ޞައްޙަކަމާއެކު ކުރިއަށް އޮތް ޖަރީމާތައް އެއް ހަފްތާ ކުރިން ލަފާކުރެވޭނެކަމަށް ސައިންސް ވެރިން އެއްބަސްވެފައިވާއިރު، މާރާމާރީއާއި، ވައްކަމާޢި، ފޭރުން ފަދަ ބޮޑެތި ކްރައިމްތައް ހިންގުމުގެ ކުރިން ދެނެގަނެވޭނެކަމަށް ވަނީ ބުނެފައެވެ.

އަދި އެފަދަ ޖަރީމާތައް ހިންގާނެ ވަގުތާއި ޖިއޮގްރަފިކް ލޮކޭޝަންތަކުގައި އުސޫލުތައް ވެސް ދެނެގަނެވޭކަމަށްވަނީ ބުނެފައެވެ.

މި އައު ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ ކޮމްޕިއުޓަރ މޮޑެލްއަކުން އާންމުކޮށް ލިބެން ހުންނަ ޑޭޓާ ބޭނުންކޮށްގެންނެވެ. މި ޓެކްނޮލޮޖީ މިހާރުވެސް ބޭނުންކުރަމުން އަންނައިރު، އެމެރިކާގެ އަށް ސިޓީއެއްގައި ކުށްކުރުން ޞައްޙަކޮށް ލަފާކުރެވޭކަމަށާއި، މުއްސަނދި ސިޓީތަކާއި، އަވަށްތަކުގައި މިކަން ވަރަށްބޮޑަށް ކާމިޔާބު ކަމަށްވެސް ފުލުހުންނާއި، ސައިންސްވެރިންނާއި، ހަވާލާދީ ރިޕޯޓްތައްވަނީ ބުނެފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިންގެ ދާއިރާއިން ލިބުނު ކުރިއެރުންތަކުގެ ސަބަބުން ކުށްކުރުން ހުއްޓުވުމަށް ޕްރިޑިކްޓިވް ޕޮލިސިން އަށް މި ވަސީލަތްތައް ބޭނުން ކުރަން ބޭނުންވާ ސަރުކާރުތަކުގެ ޝައުގުވެރިކަން އުފެދިފައިވީ ނަމަވެސް ކުށް ލަފާކުރުމަށް ކުރީކޮޅު ކުރެވުނު މަސައްކަތުން ޚިޔާލުތަފާތުވުން އުފެދިފައިވަނީ، ފުލުހުންގެ ތަންފީޒީ ކަންކަމުގައި ނިޒާމީ ބަޔާސްތަކާއި، ކުށާއި މުޖުތަމަޢާ ގުޅުން ހުރި ކޮމްޕްލެކްސް ގުޅުމަށް ޖަވާބުދާރީ ނުވާތީއެވެ.

ޔުނިވާސިޓީ އޮފް ޝިކާގޯގެ ޑޭޓާއާއި ސޯޝަލް ސައިންސްވެރިން ވަނީ މާ ރާމާރީއާއި، ވައްކަމުގެ ކުށްތަކާ ބެހޭ އާންމު ޑޭޓާއިން ވަގުތާއި ޖިއޮގްރަފިކް ލޮކޭޝަންތަކުގައި އުސޫލުތައް ދަސްކޮށްގެން ކުށް ލަފާކުރާ އާ އެލްގޮރިޒަމެއް އެކުލަވާލާފަ އެވެ. އެކުންފުނިން ބުނެފައިވަނީ އެއީ ގާތްގަނޑަކަށް %90 ޞައްޙަކަމާއެކު ކުރިއަށް އޮތް ޖަރީމާތައް އެއް ހަފްތާ ކުރިން ކާމިޔާބު ކަމާއި ސައްޙަކަމާއެކު ލަފާކުރުވޭ ކަމަށެ.

ވަކި މޮޑެލްއެއްގައި ދިރާސާވެރިންގެ ޓީމުން ވަނީ ހާދިސާތަކަށް ފަހު ހައްޔަރުކުރާ މީހުންގެ އަދަދު ތަހުލީލުކޮށް، ތަފާތު އިޖްތިމާއީ އިގްތިސާދީ ހާލަތު ހުރި އަވަށްތަކުގެ މެދުގައި އެ ރޭޓްތައް އަޅާކިޔައިގެން ކުށަށް ފުލުހުން ދޭ ރައްދު ވެސް ދިރާސާކޮށްފަ އެވެ. އެމީހުންނަށް ފެނުނީ މުއްސަނދި ސަރަހައްދުތަކުގައި ކުށްކުރުމުގެ ސަބަބުން އިތުރު މީހުން ހައްޔަރުކުރާއިރު، ނާތަހުޒީބު އަވަށްތަކުގައި ހައްޔަރުކުރާ މީހުން މަދުވި ކަމަށެވެ. ފަގީރު އަވަށްތަކުގައި ހިނގާ ކުށްތަކުގެ ސަބަބުން އިތުރު މީހުން ހައްޔަރު ނުކުރެވުނު ނަމަވެސް، ފުލުހުންގެ ޖަވާބުދާރީވުމާއި ތަންފީޒުކުރުމުގައި އެއްފަރާތްވެފައިވާ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ނިޒާމަށް ސްޓްރެސް ކުރާއިރު، މުއްސަނދި ސަރަހައްދެއްގައި ކުށަށް ރައްދުދީގެން އިތުރު މީހުން ހައްޔަރު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމާއި، އިޖުތިމާއީ އިގްތިސާދީ ހާލަތު ދަށް ސަރަހައްދުތަކުން ފުލުހުންގެ ވަސީލަތްތައް މަދުކަމަށެވެ.

ޗަޓޯޕަދްޔާ ފަރުވާތެރިކަމާއެކު ފާހަގަކުރައްވަނީ މި ޓޫލްގެ ޞައްޙަކަމުގެ މާނައަކީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިރުޝާދު ދިނުމަށް އެ ޓޫލް ބޭނުން ކުރަން ޖެހޭނެ ކަމަކަށް ނޫން ކަމަށާއި، ފުލުހުންގެ ޑިޕާޓްމަންޓްތަކުން މި ޓޫލް ބޭނުންކޮށްގެން ކުށްކުރުން ހުއްޓުވުމަށް މިވަސީލަތް ބޭނުން ކުރެވިދާނެކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.