އޫބާއިން ފުލުހުންނާއި ދެކޮޅަށް ކިލްސްވިޗެއް ބޭނުން ކުރޭ!

އަޙްމަދު ދާއޫދު 11 ޖުލައި 2022

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ޓެކްސީއާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ދެމުންއަންނަ މަޝްހޫރު ކުންފުނި އޫބާ ގެ ސެންސިޓިވް ޑޭޓާތަކަށް ފުލުހުންނަށް އެކްސެސް ނުވެވޭގޮތަށް "ކިލް ސްވިޗް" އެއް ބޭނުންކުރުމަށް އޫބާގެ ވެރިން އަމުރުކުރިކަން ހާމަވެއްޖެއެވެ.

ލީކްވެފައިވާ ފައިލްތަކުން ހާމަވެފައިވަނީ މަދުވެގެން ހަ ގައުމެއްގައި އެ ކުންފުނީގެ އޮފީސްތަކަށް ވަދެ ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންނާއި ރެގިއުލޭޓަރުންނަށް ސެންސިޓިވް ޑޭޓާ އަށް އެކްސެސް ނުވެވޭ ގޮތަށް "ކިލް ސްވިޗް" ބޭނުން ކުރުމަށް އޫބާގެ ސީނިއަރ އެގްޒެކެޓިވްސް އިން އަމުރު ކޮށްފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކަށް އެކުންފުނީގެ އައިޓީ ސިސްޓަމްތަކަށް ވަނުމަށް ހުރަސް އެޅުމަށް އެންގި އެންގުންތަކަކީ، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ފެއިލްކޮށްލުމަށް ސިލިކަން ވެލީ ކުންފުނިން ހިންގި ޒަމާނީ ގްލޯބަލް އޮޕަރޭޝަނެއްގެ ތެރެއިން ދިން އިރުޝާދުތަކެކެވެ.

އޫބާ ކުންފުނީގެ ޑޭޓާގެ ކޭޝިއަރަކު ގާޑިއަން އަށް ލީކުކޮށްލާފައިވާ ސިއްރު ފައިލްތަކުން ހާމަވާ ގޮތުގައި އެ ކުންފުނިން މަދުވެގެން 12 ފަހަރު ފްރާންސް، ނެދަލޭންޑްސް، ބެލްޖިއަމް، އިންޑިއާ، ހަންގޭރީ އަދި ރޫމޭނިއާގައި އެ ކުންފުނީގެ ކިލް ސްވިޗް ޑިސްޕްލޭ ކުރި ގޮތް އެނގެއެވެ.

އޫބަރ އިން އެކުންފުނީގެ ކިލް ސްވިޗް ސިސްޓަމްތައް އުފެއްދީ، އޫބަރގެ ލައިސަންސް ނެތް ޓެކްސީ ހިދުމަތް ބަންދުކޮށް، ވެހިކަލްތައް ހިފަހައްޓައި، ނުވަތަ ޑްރައިވަރުންގެ މައްޗަށް ދައުވާ ކުރުމަށް ބޭނުންކުރެވިދާނެ ހެކި އެއްކުރަމުން ދިޔަ ފުލުހުންނާއި އޮފިޝަލުން ގެ ގިނަ އޮޕަރޭޝަންތަކެއްގެ ތެރޭގައި އެކަންކަމާއި ދެކޮޅަށް ކަންވެސް ލީކްވެފައިވާ ރިޕޯޓްތަކުން ހާމަވެއެވެ.

ލީކުވެފައިވާ ފޫޓޭޖް ތަކުން ފެނިގެންދަނީ ޕެރިހުގައި ހިންގި އެއް ރެއިޑެއްގައި އޫބަރގެ އެގްޒެކެޓިވްސް ޑޭޓާ ތައް ބެލުމަށް ޑިމާންޑްކޮށް އެމީހުންގެ މޭޒު ދޮށުގައި ފުލުހުން ބުރުޖަހަމުން ދިޔަ މަންޒަރެވެ.

ހެކި ހޯދަން ކޮމްޕިއުޓަރުތައް ހޯދުމުގެ މަސައްކަތް ފުލުހުން އެއްފަހަރާ ބަލަމުން ދަނިކޮށް އެ ކުންފުނީގެ މައި އައިޓީ ސިސްޓަމްތަކަށް އޮފީސް އެކްސެސް ބަންދުކުރުމާ ބެހޭ ގޮތުން ކުންފުނީގެ ވެރިން މަޝްވަރާ ކުރިކަންވެސް ވަނީ ހާމަވެފަ އެވެ.

ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި އެ ޑޭޓާތަކަށް އެކްސެސް ނުވެވޭގޮތް ހެދުމުގެ ސަބަބުން ފްރާންސް، ނެދަލޭންޑްސް، އިންޑިއާ އަދި ހަންގޭރީގައި އަދުލު އިންސާފަށް ހުރަސް އެޅުން ހުއްޓުވުމަށް ގާނޫނުތަކާ ހިލާފުވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

ކެނެޑާ އާއި ހޮންކޮންގް ފަދަ ބައެއް ގައުމުތަކުގައި އޫބާ އިން ކިލް ސްވިޗް ސިސްޓަމެއް ބޭނުންކުރިކަން އެނގިފައިވީ ނަމަވެސް ލީކުވެފައިވާ ފައިލްތަކުން ހާމަވާ ގޮތުގައި އޭގެ ބޭނުން ކުރިން އެނގިފައިވާ މިންވަރަށް ވުރެ ފުޅާވެފައި – އަދި ސީނިއާ އެގްޒެކެޓިވްސްގެ ބައިވެރިވުމާއެކު އެ ސިސްޓަމް ތަންފީޒުކުރި ގޮތް އެނގެއެވެ.

އީމެއިލްތަކުން ދައްކާ ގޮތުގައި އޫބަރގެ ކުރީގެ ޗީފް އެގްޒެކެޓިވް ޓްރެވިސް ކްލަނިކް އާއި ޔޫރަޕްގައި އެ ކުންފުނީގެ ކުރީގެ ލީގަލް ޑިރެކްޓަރު ޒެކް ޑި ކިއޭވްޓް، އައިޓީ ސްޓާފުންނަށް ކޮމްޕިއުޓާ ސިސްޓަމްތަކަށް އެކްސެސް ނުވެވޭގޮތަށް ކަންކަން ކުރުމަށް އިރުޝާދު ދެ އެވެ.

އޫބަރގެ 11 މީހުންގެ މައްޗަށް އެކުލެވޭ އެގްޒެކެޓިވް ޓީމުގައި އަދިވެސް ހިމެނިވަޑައިގަންނަވާ ޕިއެރޭ-ޑިމިޓްރީ ގޮރެ-ކޯޓީވެސް މިފަދަ އިރުޝާދުތަކެއް ވަނީ ނެރުއްވާފައެވެ.

އޫބަރ އިން ބުނީ އެކުންފުނީގެ ސޮފްޓްވެއަރ "ސައްހަ ރެގިއުލޭޓަރީ އެކްޝަން ފެއިލްކޮށްލުމަށް ދުވަހަކުވެސް ބޭނުންކޮށްގެން ނުވާނެ" ކަމަށެވެ. 2017 ވަނަ އަހަރު ޗީފް އެގްޒެކެޓިވްގެ މަގާމުން ވަކިވެވަޑައިގެންނެވި ކަލްނިކްގެ ތަރުޖަމާނަކު ވިދާޅުވީ ކިލް ސްވިޗަކީ އެއްވެސް ގައުމެއްގައި އަދުލު އިންސާފަށް ހުރަސް އެޅުމަށް ބޭނުންކުރި އެއްޗެއް ނޫން ކަމަށެވެ.

އެކަމަނާ ވިދާޅުވީ، އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށުގައި ނުވަތަ އެއާ ގުޅުން ހުރި އެއްވެސް ކުށެއްގެ އެއްވެސް އިހްތިސޯސްއެއްގައި ކަލްނިކްގެ މައްޗަށް އެއްވެސް އިރެއްގައި ދައުވާ ކޮށްފައި ނުވާ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.