އީޔޫގައި ވިއްކާ ކޮންމެ އާ ކާރެއްގައި އެންޓި ސްޕީޑިންގް ޑިވައިސްއެއް

އަޙްމަދު ދާއޫދު 13 ޖުލައި 2022

އީޔޫގައި ވިއްކާ ކޮންމެ އާ ކާރެއްގައި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެންޓި ސްޕީޑިން ޑިވައިސްއެއް ހުންނަން ޖެހޭނެކަމަށް ޔޫރަޕިއަން ޔޫނިއަނުން ފާސްކޮށްފިއެވެ.

އިންޓެލިޖެންޓް ސްޕީޑް އެސިސްޓެންސް ނުވަތަ އައިއެސްއޭ އަކީ ޔޫރަޕިއަން ޔޫނިއަންގައި ވިއްކާ ކޮންމެ ވެހިކަލެއްގައި ބޭނުންކުރާނެ އާ އެންޓި ސްޕީޑިން ޓެކްނޮލޮޖީއެކެވެ.

އީޔޫގެ ގަވާއިދަށް (ބޮޑު އާންމު ވެހިކަލް ސޭފްޓީ ގަވާއިދުގެ ބައެއް) މިއަދު އަމަލުކުރަން ފަށާއިރު، ޔޫރަޕްގެ ބާޒާރަށް ގެންނަ ހުރިހާ އާ މޮޑެލްތަކާއި ބާވަތްތަކުގެ އުޅަނދުތަކުގައި އައިއެސްއޭ ސިސްޓަމެއް ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު ބޭނުންކުރަމުންދާ އެއްވެސް އުޅަނދަކަށް މި ސިޔާސަތު ނުހިނގާނެއެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ އައިއެސްއޭ ތައާރަފް ކުރުމަކީ "މަގުމަތީގެ ސަލާމަތަށް އެޅި ބޮޑު ފިޔަވަޅެއް" ކަމަށާއި، މަގުމަތީގެ ޓްރެފިކްގައި މަރުވާ މީހުންނާއި އަނިޔާތައް ވަރަށް ބޮޑަށް މަދުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިހާރު ކާރު އުފައްދާ ފަރާތްތަކަށް އެޖަސްޓް ކުރަން ވަގުތު ލިބިއްޖެ ނަމަ، އެންމެންނަށް ރައްކާތެރި ޓްރެފިކް މާހައުލެއް އުފެއްދުމަށް އައިއެސްއޭ އިން ހުށަހަޅާފައިވާ ފުރުސަތުތަކުގެ ބޭނުން ހިފޭނެ އެވެ.

އަލަށް ތަޢާރަފްކުރާ މި ޓެކްނޮލޮޖީގެ ސަބަބުން ސްޕީޑް ލިމިޓާ ބެހޭ ގޮތުން ހަނދާންކޮށްދޭ ނޮޓިފިކޭޝަންތައް ދިނުމާއި، މަގުމަތީގެ ސްޕީޑާ އެއްވަރަށް ކްރޫޒް ކޮންޓްރޯލް އޮޓޮމެޓިކުން އެޖެސްޓް ކުރުމާއި، ސްޕީޑް ދަށްކުރާ އުޅަނދުތަކަށް އޮޓެމެޓިކުން ހަކަތަ މަދުކޮށްދޭނެއެވެ.

އެމެރިކާއިން އަދި އައިއެސްއޭ ލާޒިމުކުރާ ގާނޫނެއް ހަދާފައި ނުވާއިރު، ޔޫރަޕްގެ ޑްރައިވަރުން މިހާރުވެސް ދަނީ އެ ގާނޫނު ބޭނުން ކުރަމުންނެވެ. އީޔޫގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގެ އެކިއެކި ހާދިސާތަކުގައި 26 އާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް މީހުން މަރުވަމުންދެއެވެ.

އަނެއްކޮޅުން އައިއެސްއޭ ޓެކްނޮލޮޖީއަކީ އެއްވެސް އުނިކަމެއް ނެތް 100 ޕަސަންޓް ގެރެންޓީ ޓެކްނޮލޮޖީއެއް ނޫނެވެ. އެއް ޓެސްޓެއްގައި އައިއެސްއޭ ސިސްޓަމް "ސްލޯ ޓު ރިއެކްޓް" ކޮށްފައިވާއިރު، އިނގިރޭސި ވިލާތުގެ ސިޓީއެއްގައި އައިއެސްއޭ ބޭނުންކުރި އުޅަނދެއް ދުއްވަމުން ދިޔައިރު ސްޕީޑް ލިމިޓް ކަނޑައެޅިފައިވަނީ ގަޑިއަކު 60 މޭލަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.