ޓިކްޓޮކް އިން އެ ޕްލެޓްފޯމްގެ ވީޑިއޯތައް ފިލްޓަރ ކުރާނެ އާ ގޮތްތަކެއް ތަޢާރަފް ކޮށްފިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ޒުވާން ކުދިންނަށް ލިބިދާނެ ގެއްލުންތަކަށް ބައިނަލް އަގުވާމީ ފެންވަރެއްގައި އަލުން ބަލަން ފަށާފައި ވަނިކޮށް، ޓިކްޓޮކް އިން ބުދަ ދުވަހު ވަނީ އެ ކުންފުނީގެ ވިއުވިންގ ޕްރިފަރެންސް ތައް ކަސްޓަމައިޒްކޮށް، ޒުވާން ޔޫޒަރުންނަށް އެ ވީޑިއޯއެއްގެ ސަބަބުން ގެއްލުމެއް ނުވަތަ ނުރަނގަޅު އަސަރެއް ކޮށްފާނެ ފަދަ ކޮންޓެންޓް ފިލްޓަރ ކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ގިނަ އަޕްޑޭޓްތަކެއް އިއުލާންކޮށްފައެވެ.
ކުރު ފޯމް ވީޑިއޯ އެޕް މެދުވެރިކޮށް އެ ކުންފުނީގެ ވިއުނިން އެކްސްޕީރިއަންސް ޓްވިކް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން "އެއް ވީޑިއޯއެއްގެ ގޮތުގައި ރަނގަޅު ވެދާނެ، އެކަމަކު ތަކުރާރުކޮށް ބަލާނަމަ މައްސަލަ ޖެހިދާނެ" މައުޟޫތަކަށް ވީޑިއޯ ތައް ބޭނުންކުރާ ފަރާތްތަކަށް މިހާރު މަދުވާނެ ކަމަށް އެ ކުންފުނީގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ ކޮރްމެކް ކީނަން ވިދާޅުވި އެވެ.
ކިނާން ވަނީ ޑައިޓް ކުރުމާއި، އެކްސްޓްރީމް ފިޓްނަސް އާއި، ހިތާމައާ ގުޅުން ހުރި މައުޟޫއުތައް މިފަދަ ކޮންޓެންޓްގެ މިސާލެއްގެ ގޮތުގައި ކިޔައިދީފަ އެވެ. (ޓިކްޓޮކްގެ ވާދަވެރި އިންސްޓަގްރާމް އިން ވެސް މީގެ ކުރިން ވަނީ ބަރުދަން ލުއިކުރުމުގެ ބައެއް ޕްރޮޑަކްޓްތައް ޢުމުރުން ހަގު ނުވަތަ ޢުމުރާ ނުގުޅޭ ޔޫޒަރުންނަށް ނުފެންނަ ގޮތަށް ހެދުމަށް މަސައްކަތްކޮށްފައެވެ.)
ޓިކްޓޮކްއިން އިތުރަށް ބުނީ ފިލްމާއި ޓީވީގައި ބޭނުންކުރާ ރޭޓިންގްސް ސިސްޓަމްތަކާ ޚިލާފަށް، ތީމެޓިކް މެޓަރނިޓީގެ މައްޗަށް ބިނާކޮށް ކޮންޓެންޓް އޯގަނައިޒްކުރާ އާ ނިޒާމެއް ވެސް ޓިކްޓޮކްއިން ދަނީ ފައްކާކުރަމުން ކަމަށެވެ.
އަލަށް ތައާރަފުކުރި ކަފާލާތްތަކުގެ ތެރޭގައި، ފުރާފުރިހަމަވެފައިވާ ނުވަތަ ކޮމްޕްލެކްސް ތީމްތަކެއް އެކުލެވިގެންވާ ކަމަށް ބެލެވޭ ވީޑިއޯތަކަށް "މެޓަރނިޓީ ސްކޯ" އެއް ހާއްސަ ކުރާނެ އެވެ.
ކިނާން ގެ ނަޒަރުގައި އަމާޒަކީ "އޯވަރީ މެޓަރ ތީމްސް އެކުލެވޭ ކޮންޓެންޓް 13-17 އަހަރާ ދެމެދުގެ އޯޑިއަންސްއާ ހަމައަށް ދިޔަ ނުދިނުމަށް އެހީތެރިވެދިނުމެވެ."
ފޭސްބުކްވިސްލްބްލޯވާއަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން އެމީހުންގެ އެންމެ ޒުވާން ޔޫޒަރުންނަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުންތައް އާކޮށް، ފޭސްބުކް ވިސްލްބްލޯވާއެއް އާ ކުރުމުން، ޓިކްޓޮކް، ޔޫޓިއުބް އަދި ސްނެޕްގެ އެގްޒެކެޓިވްސް އަށް ސެނެޓަރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ މީހުންގެ ޕްލެޓްފޯމްތަކުން އޮންލައިންކޮށް ތުއްތު ކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން، ޓިކްޓޮކްގެ ސަބަބުން އެމެރިކާގެ ޒުވާން އުމުރުގެ މީހުންނަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ސްޓޭޓް އެޓާނީ ޖެނެރަލްގެ ކޯލިޝަނަކުން ވަނީ މިއަހަރުގެ ކުރީކޮޅު ތަހުގީގެއް ފަށާފައެވެ.
ޓިކްޓޮކްއިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓިކްޓޮކްއިން އެ ކުންފުނީގެ ސިފަތައް އުމުރު ދުވަހަށް ލިމިޓްކޮށް، ބެލެނިވެރިންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދީ، ޒުވާން ކުދިންގެ ދުޅަހެޔޮކަމާއި އެކު އެ ކުންފުނީގެ ސިޔާސަތުތައް ފަރުމާކުރާ ކަމަށެވެ.
ބުދަ ދުވަހު ކުރި ބްލޮގް ޕޯސްޓުގައި ކިނެން ބުނީ އެ ކުންފުނިން "ތުއްތު ދަރިފުޅުގެ ތަޖުރިބާ އިތުރަށް ރައްކާތެރިކުރުމަށް ފޯކަސް ކުރާ" ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކޮންޓެންޓް ފިލްޓާ ކުރުމުގެ އިތުރު ތަފްސީލީ އޮޕްޝަންތައް ފޯރުކޮށްދިނުމަށް އާ ފަންކްޝަނެއް އިތުރު ކުރާނެ ކަމަށެވެ.ޓިކްޓޮކް އިން އެ ޕްލެޓްފޯމްގެ ވީޑިއޯތައް ފިލްޓަރ ކުރާނެ އާ ގޮތްތަކެއް ތަޢާރަފް ކޮށްފިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ޒުވާން ކުދިންނަށް ލިބިދާނެ ގެއްލުންތަކަށް އަލުން ބަލަން ފަށާފައި ވަނިކޮށް، ޓިކްޓޮކް އިން ބުދަ ދުވަހު ވަނީ އެ ކުންފުނީގެ ވިއުވިންގ ޕްރިފަރެންސް ތައް ކަސްޓަމައިޒްކޮށް، ޒުވާން ޔޫޒަރުންނަށް އެ ވީޑިއޯއެއްގެ ސަބަބުން ގެއްލުމެއް ނުވަތަ ނުރަނގަޅު އަސަރެއް ކޮށްފާނެ ފަދަ ކޮންޓެންޓް ފިލްޓަރ ކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ގިނަ އަޕްޑޭޓްތަކެއް އިއުލާންކޮށްފައެވެ.
ކުރު ފޯމް ވީޑިއޯ އެޕް މެދުވެރިކޮށް އެ ކުންފުނީގެ ވިއުނިން އެކްސްޕީރިއަންސް ޓްވިކް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން "އެއް ވީޑިއޯއެއްގެ ގޮތުގައި ރަނގަޅު ވެދާނެ، އެކަމަކު ތަކުރާރުކޮށް ބަލާނަމަ މައްސަލަ ޖެހިދާނެ" މައުޟޫތަކަށް ވީޑިއޯ ތައް ބޭނުންކުރާ ފަރާތްތަކަށް މިހާރު މަދުވާނެ ކަމަށް އެ ކުންފުނީގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ ކޮރްމެކް ކީނަން ވިދާޅުވި އެވެ.
ކިނާން ވަނީ ޑައިޓް ކުރުމާއި، އެކްސްޓްރީމް ފިޓްނަސް އާއި، ހިތާމައާ ގުޅުން ހުރި މައުޟޫއުތައް މިފަދަ ކޮންޓެންޓްގެ މިސާލެއްގެ ގޮތުގައި ކިޔައިދީފަ އެވެ. (ޓިކްޓޮކްގެ ވާދަވެރި އިންސްޓަގްރާމް އިން ވެސް މީގެ ކުރިން ވަނީ ބަރުދަން ލުއިކުރުމުގެ ބައެއް ޕްރޮޑަކްޓްތައް ޢުމުރުން ހަގު ނުވަތަ ޢުމުރާ ނުގުޅޭ ޔޫޒަރުންނަށް ނުފެންނަ ގޮތަށް ހެދުމަށް މަސައްކަތްކޮށްފައެވެ.)
ޓިކްޓޮކްއިން އިތުރަށް ބުނީ ފިލްމާއި ޓީވީގައި ބޭނުންކުރާ ރޭޓިންގްސް ސިސްޓަމްތަކާ ޚިލާފަށް، ތީމެޓިކް މެޓަރނިޓީގެ މައްޗަށް ބިނާކޮށް ކޮންޓެންޓް އޯގަނައިޒްކުރާ އާ ނިޒާމެއް ވެސް ޓިކްޓޮކްއިން ދަނީ ފައްކާކުރަމުން ކަމަށެވެ.
އަލަށް ތައާރަފުކުރި ކަފާލާތްތަކުގެ ތެރޭގައި، ފުރާފުރިހަމަވެފައިވާ ނުވަތަ ކޮމްޕްލެކްސް ތީމްތަކެއް އެކުލެވިގެންވާ ކަމަށް ބެލެވޭ ވީޑިއޯތަކަށް "މެޓަރނިޓީ ސްކޯ" އެއް ހާއްސަ ކުރާނެ އެވެ.
ކިނާން ގެ ނަޒަރުގައި އަމާޒަކީ "އޯވަރީ މެޓަރ ތީމްސް އެކުލެވޭ ކޮންޓެންޓް 13-17 އަހަރާ ދެމެދުގެ އޯޑިއަންސްއާ ހަމައަށް ދިޔަ ނުދިނުމަށް އެހީތެރިވެދިނުމެވެ."
ފޭސްބުކްވިސްލްބްލޯވާއަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން އެމީހުންގެ އެންމެ ޒުވާން ޔޫޒަރުންނަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުންތައް އާކޮށް، ފޭސްބުކް ވިސްލްބްލޯވާއެއް އާ ކުރުމުން، ޓިކްޓޮކް، ޔޫޓިއުބް އަދި ސްނެޕްގެ އެގްޒެކެޓިވްސް އަށް ސެނެޓަރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ މީހުންގެ ޕްލެޓްފޯމްތަކުން އޮންލައިންކޮށް ތުއްތު ކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން، ޓިކްޓޮކްގެ ސަބަބުން އެމެރިކާގެ ޒުވާން އުމުރުގެ މީހުންނަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ސްޓޭޓް އެޓާނީ ޖެނެރަލްގެ ކޯލިޝަނަކުން ވަނީ މިއަހަރުގެ ކުރީކޮޅު ތަހުގީގެއް ފަށާފައެވެ.
ޓިކްޓޮކްއިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓިކްޓޮކްއިން އެ ކުންފުނީގެ ސިފަތައް އުމުރު ދުވަހަށް ލިމިޓްކޮށް، ބެލެނިވެރިންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދީ، ޒުވާން ކުދިންގެ ދުޅަހެޔޮކަމާއި އެކު އެ ކުންފުނީގެ ސިޔާސަތުތައް ފަރުމާކުރާ ކަމަށެވެ.
ބުދަ ދުވަހު ކުރި ބްލޮގް ޕޯސްޓުގައި ކިނެން ބުނީ އެ ކުންފުނިން "ތުއްތު ދަރިފުޅުގެ ތަޖުރިބާ އިތުރަށް ރައްކާތެރިކުރުމަށް ފޯކަސް ކުރާ" ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކޮންޓެންޓް ފިލްޓާ ކުރުމުގެ އިތުރު ތަފްސީލީ އޮޕްޝަންތައް ފޯރުކޮށްދިނުމަށް އާ ފަންކްޝަނެއް އިތުރު ކުރާނެ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.