3 މިލިއަނަށްވުރެ ގިނަ ފޯނަށް މެލްވެއަރގެ ނުރައްކާ!

އަޙްމަދު ދާއޫދު 20 ޖުލައި 2022

މެލްވެއަރ އިންފެކްޓްވެފައިވާ އެޕްތައް 3 މިލިއަނަށްވުރެ ގިނަ އެންޑްރޮއިޑް ޑިވައިސްތަކަށް އިންސްޓޯލް ކުރެވިފައިވާ ކަމަށް ޓެކް ކުންފުންޏަކުން ކަށަވަރު ކޮށްދީފިއެވެ.

އެންޑްރޮއިޑް ޑިވައިސްތަކަށް ވަރަށްބޮޑަށް ނުރައްކާވެދާނެ މި ނުބައި އެޕްތައް ގޫގުލް ޕްލޭ ސްޓޯރުން ތިން މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފައިވާއިރު، އެ އެޕްތައް ބޭނުންކުރާ ފަރާތްތަކަށް އެނގުމަކާ ނުލައި ޕްރިމިއަމް ޚިދުމަތްތަކަށް ދަނީ ސަބްސްކްރައިބް ކުރެވެމުންނެވެ.

ބްލީޕިންގް ކޮމްޕިއުޓަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 'އޮޓޯލައިކޯސް' ގެ ނަމުން ނަންދީފައިވާ އާ މެލްވެއަރ އާއިލާއެއް، ސައިބަރ ސެކިއުރިޓީ ފާމެއް ކަމަށްވާ އެވީނާގެ ސެކިއުރިޓީ ރިސާޗަރ މެކްސިމް އިންގްރާއޯގެ މަޝްހޫރު 8 އެންޑްރޮއިޑް އެޕެއް ގެ ތެރެއިން ވަނީ ފެނިފައެވެ.

އިންގްރާއޯ އަށް މި ނުބައި އެޕްތައް އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލުން ފެނުނު ނަމަވެސް އަދި އޭނާގެ ހޯދުންތައް ގޫގުލް އަށް ރިޕޯޓް ކުރި ނަމަވެސް، ސާޗް ޖަޔަންޓް އިން ސުވާލު އުފެދޭ ހަ އެޕެއް އުވާލަން ހަ މަސް ދުވަސް ހޭދަވި އިރު، އެންމެ ފަހު ދެ އެޕް ދާދި ފަހުން ވަނީ ނަގާފަ އެވެ.

(ފޮޓޯ ކްރެޑިޓް: ލައިޓްރޮކެޓް / ގެޓީ)


ގޫގުލްގެ ދިފާއީ ބާރުތަކުން ނުބައި އެޕްތައް ސްލިޕްވުމުން

އިންގްރާއޯ އިން ފެނުނު ހުރިހާ މެލިސިއަސް އެޕްތަކަކީ ވެސް އެ އެޕްތައް ބޭނުންކުރާ ފަރާތްތަކުން އެ އެޕްތަކުގެ ކެމެރާ ނުވަތަ ކީބޯޑަށް އިތުރު ފަންކްޝަނަލިޓީ އެއް ދީގެން ޑައުންލޯޑް ކުރުމަށް މަޖްބޫރު ކުރާ އެޕްތަކެވެ.

މި ހުރިހާ ނުބައި އެޕްތަކެއް މިހާރު ޕްލޭ ސްޓޯރުން އުނިކޮށްފައިވާއިރު، އެއްވެސް އެންޑްރޮއިޑް ސްމާޓްފޯނެއްގައި އިންސްޓޯލްކޮށްފައި މިފަދަ އެޕްތަކެއް ހުރިނަމަ، ބެކްގްރައުންޑްގައި އަދިވެސް އޮޕަރޭޓްކޮށް، ޕްރިމިއަމް ސަބްސްކްރިޕްޝަން ހިދުމަތްތަކަށް ސައިން ކުރެވިދާނެއެވެ. މި މެލްވެއަރގައި އެންމެ ޢާއްމުކޮށް ފާހަގަ ކުރެވިފައިވަނީ ތިބާއަށް އެއްވެސް އެނގުމަކާއި ނުލައި ތިބާގެ އެސްއެމްއެސް މެސެޖުތައް ކިޔާލުމުގެ އެކްސެސް އެހެން މީހުންނަށް ލިބިގެން ދިއުމެވެ.

ތިރީގައި އެވަނީ "އޮޓޯލައިކޮސް މެލްވެއާރ" އިން އިންފެކްޓްވެފައިވާ އެޕްތަކުގެ ފުރިހަމަ ލިސްޓެކެވެ.

ވުލޮގް ސްޓާ ވީޑިއޯ އެޑިޓަރ - 1 މިލިއަން+

ކްރިއޭޓިވް 3ޑީ ލޯންޗަރ - 1 މިލިއަން+

ފަނީ ކެމެރާ - 500،000+

ވޮވް ބިއުޓީ ކެމެރާ - 100،000+

ގިފް އިމޯޖީ ކީބޯޑް - 100،000+

ރޭޒަރ ކީބޯޑް އެންޑް ތީމް - 50,000+

ފްރީގްލޯ ކެމެރާ 1.0.0 - 5000+

ކޮކޯ ކެމެރާ v1.1 - 1000+

ޝައްކެއް ވެސް ނެތް ގޮތުގައި އޮޓޯލައިކޯސްގެ އުފެއްދުންތެރިން ވަނީ އެމީހުންގެ މަކަރުވެރި އެޕްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރުމުގެ ގިނަ ކެމްޕޭންތަކަށް ވެސް ފައިސާ ދައްކާފަ އެވެ. މިސާލަކަށް ހަމައެކަނި ރޭޒަރ ކީބޯޑް އަދި ތީމް އެޕް ޕްރޮމޯޓްކުރުމަށް ފޭސްބުކްގައި ތަފާތު 74 އިޝްތިހާރު ކެމްޕޭން ކުރިއަށް ގެންދިޔަ ކަމަށް އިންގްރާއޯ ބުނެއެވެ.

މިފަދަ ނުރައްކާތެރި އެންޑްރޮއިޑް އެޕްތަކުން ރައްކާތެރިވެ ތިބޭނެ ގޮތް

ޕްލޭ ސްޓޯރުން ނުބައި އެޕްތައް ނައްތާލުމަށް ގޫގުލް އިން ސައުވީސް ގަޑިއިރު މަސައްކަތް ކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް ދަނީ މިފަދަ ނުބައި އެޕްތައް ޕްލޭސްޓޯރުގައި އަޕްލޯޑް ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ. މި ސަބަބަށްޓަކައި ޕްލޭ ސްޓޯރު، އެމޭޒަން އެޕް ސްޓޯރު ނުވަތަ ސެމްސަންގް ގެލެކްސީ އެޕް ސްޓޯރު ފަދަ ރަސްމީ ވަސީލަތްތަކުން އަންނަ އެޕްތައް އަންނައިރު ވެސް އާ އެޕްތައް ޑައުންލޯޑް ކުރާއިރު އަބަދުވެސް ސަމާލުވާން ޖެހެ އެވެ. ނުރަސްމީ މަސްދަރުތަކުން އޭޕީކޭ ފައިލްތަކެއްގެ ގޮތުގައި އެޕްތައް ޑައުންލޯޑްކޮށް އިންސްޓޯލް ކުރާއިރު މިކަން އިތުރަށް ގޯސްވެގެން ދެއެވެ.

އެއްވެސް އެޕެއް ޑައުންލޯޑް ކުރުމުގެ ކުރިން އަބަދުވެސް ރިވިއުތަކަށް ބަލާލުމަކީ ކުރަން ޖެހޭ ކަމެކެވެ. ހާއްސަކޮށް ބޮޓްސް އިން ލިޔެފައި ހުންނަ ނަމަ، އެ އެޕްތަކަކީ ނުބައި އެޕްތަކަކަށްވުމުގެ ފުރުޞަތު ބޮޑެވެ. އޮޓޯލައިކޮސް ޖެހިފައިވާ އެޕްތަކަށް ބަލާއިރު، މަގުބޫލު އެޕްތަކަށް ހަގީގީ ޔޫޒަރުންގެ ފަރާތުން އިތުރު ނެގެޓިވް ރިވިއުތަކެއް ލިބިފައިވާއިރު، ޑައުންލޯޑް މަދުން ލިބޭ އެޕްތަކަށް އަދިވެސް ބޮޓްތަކުގެ ސަބަބުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ދެން، އެންޑްރޮއިޑް އެޕްތަކަށް ފޯނުން އެލޯވ ދޭއިރު އަބަދުވެސް ވަރަށް ފަރުވާތެރިކަމާއެކު ރިވިއުކޮށް ގާތުން ވިސްނަން ވާނެ އެވެ. ކޮންމެ އެޕަކަށް ލޯކަލް ސްޓޯރޭޖަށް، ތިބާގެ ކޮންޓެކްޓްސް އަށް ނުވަތަ ތިބާގެ މެސެޖުތަކަށް އެކްސެސް ވާން ބޭނުމެއް ނުވެއެވެ. ނަސީބަކުން ގޫގުލް އިން މިހާރު ވަނީ ތިބާ ރައްކާތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭނުން ނުކުރާ އެޕްތަކުގެ ހުއްދަތައް އޮޓޮމެޓިކުން އުނިވާ ގޮތަށް ޕްލޭސްޓޯރ ފަރުމާ ކޮށްފައެވެ.

އެންމެ ފަހު ކަމަކަށް، ގޫގުލް ޕްލޭ ޕްރޮޓެކްޓް އަށް މަގުފަހިކޮށްދީ، އެންޑްރޮއިޑް ސްމާޓްފޯންގައި އެކްޓިވްކޮށް ބަހައްޓަން ބޭނުންވަނީ، ކޮން އެޕްތަކެއްތޯ ޔަޤީން ކުރާށެވެ. މެލްވެއާ އަދި ޝައްކު ކުރެވޭ އެކްޓިވިޓީއަކަށް ކޮންމެ އެޕެއް ވެސް ޑައުންލޯޑް ކުރުމުގެ ކުރިން، އެ އެޕްތައް ޗެކްކޮށް، ރައްކާތެރިތޯ ކަށަވަރު ކުރާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.