އެކްސްބޮކްސް އަކީ ޑިސްކޯޑް ވޮއިސް ޗެޓްއަށް ރަސްމީކޮށް ސަޕޯޓްކުރާ ފުރަތަމަ ގޭމް ކޮންސޯލްއަށް ވެއްޖެއެވެ.
10 ބިލިއަން ޑޮލަރަށް މަޝްހޫރު ޗެޓް ޕްލެޓްފޯމް ޑިސްކޯޑް ހޯދުމަށް މަސައްކަތްކޮށް، ނާކާމިޔާބުވުމުން، މައިކްރޮސޮފްޓުން ވަނީ ދެން އެންމެ ރަނގަޅު ކަމަކީ ޑިސްކޯޑް ވޮއިސް-ޗެޓް ގެ ގާބިލްކަން ސީދާ އެކްސްބޮކްސް ކޮންސޯލްތަކުގައި އެއްކޮށްލުން ކަމުގައި ބަލައި އެކަންވަނީ ކާމިޔާބު ކޮށްފައެވެ.
ބުދަ ދުވަހު މި ޚަބަރު އެކްސްބޮކްސް ބްލޮގްގައި ޝާއިޢު ކޮށްފައިވާއިރު، މި ވަގުތަށް ޑިސްކޯޑް އެކްސެސް ލިބޭނީ "އެކްސްބޮކްސް އިންސައިޑަރ" ޓިއަރ އޮފް އަރލީ، ބީޓާ، އަދި ޕްރިވިއު ކޮންސޯލް އޯއެސް އަޕްޑޭޓްތަކަށް އެކަނި ކަމަށް ބުނެފައެވެ.
އެ އަޕްޑޭޓް މިހާރުވެސް އެކްސްބޮކްސް އިންސައިޑަރސްއަށް ދޫކުރަމުން އަންނަ އިރު، އޭގެ ސަބަބުން ސިސްޓަމްގެ "ޗެޓް" ސައިޑްބާރއަށް އާ ޓޫލްޓިޕްއެއް އިތުރުކޮށްދެއެވެ: "މިއަދު އެކްސްބޮކްސްގައި ޑިސްކޯޑް ވޮއިސް ޓްރައި ކުރޭ!" މިހެން ލިޔެފައިވާ ނޮޓިފިކޭޝަންއެއް ފެންނާނެއެވެ.
2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރާއި ސްމާޓްފޯންތަކުގައި ގޭމިން ފްރެންޑްލީ ޗެޓް ޕްލެޓްފޯމެއްގެ ގޮތުގައި "ޑިސްކޯޑް" ގެ މަގުބޫލުކަން ވަނީ ލިބިފައެވެ.
ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ޑިސްކޯޑް ޕްލެޓްފޯމްގެ މައިގަނޑު އައިޑިއާއަކީ، ކޮންމެ ތަނެއްގައި ގޭމެއް ކުޅޭ ކަމުގައި ވިޔަސް، ޑިސްކޯޑް އިން އެހެން ޕްލެޓްފޯމްތަކުގައި ސްޓްރީމްކޮށް، ރައްޓެހިންނަށް އެ ސްޓޭޓަސް ބްރޯޑްކާސްޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.
އެކްސްބޮކް އާއި، ޑިސްކޯޑާއި ގުޅާލުމުން މިހާރު ޔޫޒަރުންނަށް އެމީހުންގެ ދެން އަންނަ އޮންލައިން ގޭމިން ސެޝަންތައް ވިލަރެސް ކުރުމަށް ޑައިރެކްޓް މެސެޖް، ގޭމް ހާއްސަ ޓެކްސްޓް ޗެޓް ރޫމް، ރިއަލް ޓައިމް ވޮއިސް ޗެނަލް، އަދި ވީޑިއޯ ޝެއަރިން ހިދުމަތްތަކުގެ މެދުގައި ބަދަލުކޮށްލައި ހަދައިލެވޭނެއެވެ.
އެކަމަކު އެކްސްބޮކްސް، ޕްލޭސްޓޭޝަން، ނުވަތަ ސްވިޗްގައި ޑެޑިކޭޓެޑް ހެޑްފޯން ބޭނުން ކުރާއިރު، ޑިސްކޯޑް ވޮއިސް ޗެޓް ފްރެންޑްސްގެ މެދުގައި ވާހަކަ ދައްކަން ބޭނުން ނަމަ ހަދަން ޖެހޭގޮތެއް ގިނަބަޔަކަށް ނޭންގެއެވެ.
މި ހަފްތާއާ ހަމައަށް އައިއިރު، އެއްވެސް ކޮންސޯލްއެއްގައި ސީދާ އެކަމުގެ އިންސްޓްރަކްޝަނެއް ދީފައެއް ނުވެއެވެ. އެކަމަކު އެކަން ހައްލުކުރުމަށް އެއްފަހަރާ ބްލޫޓޫތު އިންޕުޓްތަކަށް ސަޕޯޓްކުރާ ހެޑްސެޓެއް ގުޅާލުމަށްފަހު ތިބާގެ ކޮންސޯލް އާއި ތިބާގެ ޑިސްކޯޑް ލޯޑް ސްމާޓްފޯނާއި ދެމެދަށް ކަނެކްޓްކޮށްލުމުން އެކަން ހައްލުވެގެންދާކަން ވަނީ ހޯދިފައެވެ.
އެހެން ގޮތަކަށް ބުނާނަމަ، ސްމާޓްފޯނެއްގެ އިއަރބަޑް އެއް ކަންފަތުގައި ޖައްސައި، ދެން އޭގެ މައްޗަށް ކޮންސޯލްގެ ހެޑްފޯން ޑްރޭޕް ކޮށްލާށެވެ. އޭރުންވެސް ހައްލުވާނެއެވެ.
ހިތާމައަކީ، އެކްސްބޮކްސްގައި މި ހަފްތާގެ ރޯލްއައުޓް އޮފް ޑިސްކޯޑް އޮން އެކްސްބޮކްސް ލިމިޓްވުމެވެ. އަދި އޭގެ އިތުރުން އެންމެ ބޮޑު މައްސަލައަކީ އެކްސްބޮކްސްގައި ރަސްމީ ޑިސްކޯޑް އެޕް ނުވަތަ އިންޓަފޭސް އެއް ނެތް މައްސަލަ އެވެ. އެހެންކަމުން ތިބާގެ ޑިސްކޯޑިޝަން ސެޝަންގެ "ހޭންޑްއޯފް" އެއް ފެށުމަށް ސްމާޓްފޯނެއް އަތްފޯރާ ފަށުގައި ބަހައްޓަން ޖެހޭނެ އެވެ.
އިންސައިޑަރ އޯއެސް ޓްރެކްގައި އަޕްޑޭޓެޑް އެކްސްބޮކްސް އެއް ހުރިނަމަ، އޭގެ އާ "ޓްރައި ޑިސްކޯޑް ވޮއިސް" ޕްރޮމްޕަޓް ގެ ސަބަބުން އެކައުންޓް-ސިންކް ޕްރޮސެސްއެއް ފަށާނެ އެވެ. އޭގެ ސަބަބުން މޯބައިލް ޑިސްޓްރަކްޝަން އެޕެއް ބޭނުންކޮށްގެން އެކްސްބޮކްސް އިން ޑިސްޕްލޭ ކޮށްފައިވާ ކިއުއާރު ކޯޑެއްގެ ފޮޓޯވެސް ނަގަން ޖެހޭނެއެވެ. މިއީ ވޮއިސް ޗެޓްކުރުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ކުރާކަމަށްވާއިރު، ކުރިން އެކަން ކޮށްފައިވާނަމަ އަލުން މިކަން ކުރާކަށް ނުޖެހޭނެއެވެ. މިއާއެކު، ޑިސްކޯޑްގެ ވޮއިސް ޗެނަލަކަށް ޖޮއިން ކުރަން އުޅޭއިރު، "ޓްރައި ވޮއިސް ޗެޓް އޮން ކޮންސޯލް" ގެ އާ ޕްރޮމްޕެޓެއްވެސް ފެނިގެންދާނެއެވެ.
މިކަމުގެ ސަބަބުން ދެން އައިއޯއެސް ނުވަތަ އެންޑްރޮއިޑް ގައި މައިކްރޮސޮފްޓްގެ ޑެޑިކޭޓެޑް އެކްސްބޮކްސް އެޕް އަށް އިތުރު އޮޕްޝަންއެއް ފެންނާނެ އެވެ. މިކަން ކާމިޔާބުކުރަން ބޭނުންނަމަ، އެކްސްބޮކްސް އެޕް ތިބާގެ މޯބައިލް ޑިވައިސްގައި އިންސްޓޯލްކުރަން ޖެހެއެވެ. މިހާތަނަށް އެކަން ކޮށްފައި ނުވާނަމަ، އެކަން ކުރުމަށް ޑިސްކޯޑް އިން ލަފާދޭނެއެވެ. މިކަމުގެ ސަބަބުން ހުރިހާ ޑިސްކޯޑް އޯޑިއޯއެއް ތިބާގެ އެކްސްބޮކްސް ހާރޑްވެއަރ އަށް ފޮނުވުމަށް ބޭނުންވާ މައިގަނޑު ޓެކްނިކަލް ސިފައަށް މަގުފަހިވެގެންދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.