އެލްޑެން ރިންގް ، އެންމެ މަޤުބޫލް އެއް ގޭމަށްވެއްޖެ!

އަޙްމަދު ދާއޫދު 23 ޖުލައި 2022

އުފެއްދިތާ އެންމެ ހަތަރު މަސް ތެރޭގައި އެމެރިކާގެ އެންމެ އަގުބޮޑު، އަދި އެންމެގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ގޭމްތަކުގެ ތެރޭގައި "އެލްޑެން ރިންގް" ހިމެނިއްޖެއެވެ.

ގޭމް ލޯންޗްކުރިތާ އެއްމަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެގޭމްގެ 12 މިލިއަން ޔުނިޓް ބޭނުންކުރަން ވަނީފަށާފައެވެ. އަދި ހަމައެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ރަނގަޅަށް ވިކުނު ގޭމަށްވެސް ވަނީ އެ ގޭމް ވެގެން ގޮސްފައެވެ.

މިހާރު އެމެރިކާގައި އެންމެހިނގާ 20 ގޭމްގެ ތެރޭގައި އެލްޑެން ރިންގް ހިމެނި އެންމެ އަވަސް މުއްދަތެއްގެތެރޭގައި އެންމެ ގިނަމީހުންގެ ސަޕޯޓް ލިބުމުގެ ޝަރަފުވެސް ވަނީ އެގޭމަށް ލިބިފަ އެވެ.

އެންޕީޑީގެ އެނަލިސްޓް މާޓް ޕިސްކަޓެލާ ބުނާ ގޮތުގައި، މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވީޑިއޯ ގޭމްގެ ސޭލްސް، ތަފާސް ހިސާބުތައް މިއަދު ޓްވިޓާގައި ހާމަކޮށްފަ އެވެ.

ގޭމިން ހާޑްވެއާ އާއި ސޮފްޓްވެއާ އަށް ކުރާ ޖުމްލަ ހޭދަ 11 ޕަސެންޓް ދަށަށް ދިޔަ ނަމަވެސް، އެލްޑެން ރިންގް ވަނީ މި މަހުގެ އެންމެ މޮޅު ސެލިން ގޭމް ގެ މަގާމު ހޯދައި، މާރިއޯ ސްޓްރައިކަރސް ބެޓްލް ލީގް އަދި އެފް122 ފަދަ ބްރޭންޑް ނިއު ރިލީސްތައް ބަލިކޮށްފައެވެ.

2022 ވަނަ އަހަރުގެ މިހާތަނަށް އެންމެ ރަނގަޅު ސެލިންގް ގޭމެއްގެ ގޮތުގައި އެލްޑެން ރިންގް ދެމި އޮތް އިރު އޭގެ ހަތަރު މަސް ފަހުން ވެސް އެލްޑެން ރިންގް ޑައުންލޯޑްކޮށް ސަބްސްކްރައިބް ކުރާ ފަރާތްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެހެންކަމުން އަހަރުގެ ފަހު ކުއާޓަރގައި އެހެން އެއްވެސް ގޭމަކަށް މިފަދަބޮޑު ކާމިޔާބެއް ހޯދޭނެކަމަކަށް ދިރާސާ ކުރާ ފަރާތްތަކުން ނުދެކެއެވެ.

އެމެރިކާގެ ގޭމިންގ މާކެޓުގައި ފާއިތުވެދިޔަ ޒަމާންތަކުގައި އެންމެ ރަނގަޅު އަގުގައި ވިއްކި ޕްރިމިއަމް ގޭމްތަކުގެ ތެރޭގައިވެސް އެލްޑެންރިންގ ހިމެނިގެން ދިއުމަކީ މިހާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެއްގޭމަކަށް ލިބުނު އެންމެ ބޮޑު އަދި އެންމެ ހައިރާންކުރުވަނިވި ކާމިޔާބީއެވެ.

ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި މިހާރު މިދާގޮތަށް އެލްޑެން ރިންގ މާކެޓްގައި ވިކެމުންދާނަމަ ވަރަށް އަވަހަށް ގަދަ 10 ގައި ހިމެނެނޭނެއެވެ. އެހެންވެއްޖެނަމަ މިއީ ސަޕޯޓަރުންނާއި ގޭމް ޑިވެލޮޕަރުން އުފާފާޅު ކުރާނެ ކާމިޔާބެކެވެ.

ފޮލޯއަޕް ޓުވީޓެއްގައި ޕިސްކަޓެލާ އިތުރަށް ބުނެފައިވަނީ އެލްޑެން ރިންގް އަކީ މިހާ ކާމިޔާބު ރިންގްއަކަށް ވާނެ ކަމަށް އޭނާ ދުވަހަކުވެސް އުންމީދު ކޮށްފައި ނުވާނެ ކަމަށާއި، އެއީ "މައިންޑް ބޮގްލިންގް" އެއް ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.