ޗައިނާގެ ސްމާޓްފޯން ވިޔަފާރި ދުވަހަކު ދަށްނުވާވަރަށް ދަށަށް!

އަޙްމަދު ދާއޫދު 27 ޖުލައި 2022

ޗައިނާގެ ސްމާޓްފޯން ވިޔަފާރި 2012 ވަނަ އަހަރުގެ ފަހުން އަހަރުން އަހަރަށް ދަށްވަމުން އައިސް ދުވަހަކު ދަށްނުވާ މިންވަރަށް މިއަހަރު ދަށަށް ހިނގައްޖެއެވެ.

2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކައުންޓަރޕޮއިންޓް ރިސާޗް މާކެޓް ޕަލްސް އިން ދައްކާގޮތުގައި މި ކުއާޓަރުގައި ގާތްގަނޑަކަށް 60 މިލިއަން ސްމާޓްފޯން ވިއްކާފައިވާ އިރު، މިއީ 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސްމާޓްފޯން ވިއްކުމަށް ޗައިނާގެ ޕީކް މޮމެންޓުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު އަދަދެކެވެ.

ޗައިނާގެ ސްމާޓްފޯން ވިޔަފާރި މިހާބޮޑަށް ދަށްވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.

"2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދު ހަމައެކަނި 0.4 އިންސައްތަ އިގެ ކުރިއެރުމެއް ހޯދާފައިވާއިރު، މިއީ މާކެޓް އެކްސްޕެކްޓޭޝަނަށްވުރެ 0.8 އިންސައްތަ އިން އެއް އިންސައްތަ ދަށް އަދަދެކެވެ." ސީނިއަރ އެނަލިސްޓް އިވާން ލާމް ވިދާޅުވިއެވެ.

ޗައިނާގެ ބޮޑެތި ސިޓީތަކުގައި ލޮކްޑައުން ކުރުމުން ފޯނުގެ ވިޔަފާރި މަޑުޖެހުނު ސަބަބަކީ، ޗައިނާގެ ކޮންސިއުމަރސް އިން އެމީހުންގެ ވިޔަފާރީގެ ގިނަ ކެޓަގަރީތަކެއްގެ ވިޔަފާރިއަށް ފައިސާ ހޭދަކުރުން ހުއްޓާލުމެވެ.

އޭގެ އިތުރުން ސްމާޓްފޯން އެންޓްރެންސް ރޭޓް މަތިވުމުގެ ސަބަބުން ވެސް ފައިދާއެއް ނުކުރި ކަމަށް ލާމް ވިދާޅުވި އެވެ. މިދިޔަ ކުއާޓަރުގައި އޮންލައިންކޮށް ބޮޑު ސޭލްސްއެއް ކުރި ނަމަވެސް އެއީ މިދިޔަ އަހަރުގެ ސޭލްސްއަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ.

ޗައިނާގެ ސްމާޓްފޯން މާކެޓުގެ އެންމެ ކުރީގައި ވީވޯ އޮތް ނަމަވެސް، އެ ކުންފުނީގެ 19.8 ޕަސެންޓް މާކެޓް ޝެއާ އަކީ ނިސްބަތުން ބަލާނަމަ ވަރަށް ބޮޑު ދަށްވުމެކެވެ.

އޮނަރ އިން ވަނީ އެކުންފުނީގެ މާކެޓް ޝެއަރ އަހަރުން އަހަރަށް 100 އިންސައްތައަށްވުރެ އިތުރުކޮށް، 7.7 އިންސައްތައިން 18.3 އިންސައްތައަށް އިތުރުކޮށްފަ އެވެ. އެޕަލް އިން ވެސް ހިއްސާ ބޮޑުކުރަން އެކުންފުނިން ކާމިޔާބު ހޯދީ އެންމެ ޕޮއިންޓަކުންނެވެ.

ޗައިނާގެ ބްރޭންޑްތައް ކަމަށްވާ އޮޕޯ، ވާވޭ އަދި ޝޯމީ ގެ ހިއްސާ ގެއަގުތައްވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. ހަމައެކަނި ވާވޭއަށް ނޮން ޕެންޑަމިކް އެކްސްކިއުޒެއް އޮތް އިރު، އޮނަރ ވިއްކާލައި، އޭގެ ރޭންޖްވަނީ ދަށްވެފައެވެ.

އަނެއްކޮޅުން ޝޯމީ ވަނީ ޖޫން މަހު ރަނގަޅު ޕާފޯމަންސެއް މެނޭޖްކޮށްފަ އެވެ. އެއީ 2022 ވަނަ އަހަރުގެ ދެވަނަ ކްއާޓަރގައި ވިޔަފާރި ރަނގަޅު ވެދާނެ ކަމުގެ ހެއެްކެކެވެ.

ރިސާޗަރ ލާމް ބުނީ ފޯލްޑަބަލް ފޯނުތަކުގެ ސަބަބުން ގަންނަ ފަރާތްތަކަށް ވެސް އެމީހުންގެ ޑިވައިސްތައް އައު ކުރުމަށް އިތުރު ހިތްވަރެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެކަމަކު މާކެޓު އަދިވެސް މުޅިން ހަމަޔަކަށް އެޅިގެން ނުދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

"2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ސޭލްސް ވޮލިއުމް ނަމްބަރު ދަށްވުމުން، ކުރިއަށް އޮތް ކުއާޓަރުގައި ސްމާޓްފޯން ވިޔަފާރި ރީބައުންޑްވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ. "ހަމައެއާއިއެކު، ކޮންސިއުމަރ އިހްސާސް ބަލިކަށިވުމާއި، އާ އީޖާދުތައް ނެތުމުގެ ސަބަބުން ޑިމާންޑް ހީނަރުވަމުން ދިޔުމާއެކު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކްއާޓަރގައި ހާލަތު ރަނގަޅު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ." ލާމް ފާހަގަކުރިއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.