ލިނަކްސް ކާރނެލް - ދުނިޔޭގެ އެންމެ މުހިންމު ސޮފްޓްވެއަރ

އަޙްމަދު ދާއޫދު 29 ޖުލައި 2022

ލިނަކްސް ކާރނެލްގެ މަތީގައި މުޅި ދުނިޔެ ބިނާކޮށްފައިވާ ކަމަށް ބުނުމަކީ މިހާރު ދޮގަކަށް ނުވާނެއެވެ. ނަމަވެސް ގިނަ މީހުންނަށް އެވާހަކަތައް އަޑުއިވިފައެއް ނުވާނެތީ އަދި ޤަބޫލުކުރަން ދަތިވެދާނެއެވެ.

ގިނަ ކޮމްޕިއުޓަރުތަކުން ކަރަންޓް ކަނޑައިގެން ދާއިރު އެންމެ ފުރަތަމަ ލޯޑް ކުރާ އެއް ޕްރޮގްރާމަކީ އެއީ އެވެ. އެއީ މެޝިން ހިންގާ ހާޑްވެއަރ އަށް ސޮފްޓްވެއަރ އާއި މުއާމަލާތް ކޮށް، ވަސީލަތްތައް ބޭނުން ކުރުމުގެ ގަވައިދު ތައް ހިންގައި، އޮޕަރޭޓިންގ ސިސްޓަމްގެ ބިންގަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

އެއީ ގާތްގަނޑަކަށް ހުރިހާ ކްލައުޑް ކޮމްޕިއުޓިން، ވާޗުއަލްކޮށް ކޮންމެ ސުޕަކޮމްޕިއުޓަރެއް، މުޅި އިންޓަނެޓް، އެއްޗެހި، އެތައް ބިލިއަން ސްމާޓްފޯނެއް، އަދި މިނޫންވެސް އެތައް ކަމެއްގެ މައި ބިލްޑިން ބްލޮކެކެވެ.

އެކަމަކު ކާރނެލް އަކީވެސް އޯޕަން ސޯސްއެކެވެ. މާނައަކީ ކޮންމެ މީހަކަށްވެސް އޭގެ ކޯޑް ލިޔެ، ކިޔާ، އަދި ބޭނުންކުރެވިދާނެއެވެ.

އެހެންކަމުން އެމެރިކާގެ އަސްކަރިއްޔާގެ ތެރޭގައި ސައިބަރ ސެކިއުރިޓީ އެކްސްޕާޓުން ވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެމީހުން އެބުނާ އޯޕަން ސޯސް ނޭޗަރގެ މާނައަކީ ލިނަކްސް ކާރނެލް އެވެ.

ސައިބަރ ސެކިއުރިޓީ ރިސާޗަރ އަދި އެންއެސްއޭގެ ކުރީގެ ކޮމްޕިއުޓަރ ސެކިއުރިޓީ ސައިންޓިސްޓެއް ކަމަށްވާ ޑޭވް އެޓެލް ވިދާޅުވާ ގޮތުގައި ހަޤީޤަތުގައި އަހަރެމެން ކުރާ ކޮންމެ ކަމެއް ވެސް ބިނާވަނީ ލިނަކްސް ގެ މައްޗަށެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢަށް މައި ޓެކްނޮލޮޖީއެކެވެ. ކާރނެލް ސެކިއުރިޓީ އަށް ނުވިސްނުމުގެ ނަތީޖާއަކީ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ސަލާމަތެއް ނުކުރެވޭނެ ކަމެވެ.

މިހާރު އެމެރިކާގެ އަސްކަރިއްޔާގެ ރިސާޗް އާރމް، ޑީ.އާރ.ޕީ.އޭ އިން ބޭނުންވަނީ، މި އޯޕަން ސޯސް ޕްރޮޖެކްޓްތައް ކާމިޔާބު ކުރާ ކޯޑާއި މުޖުތަމަޢުގެ ކޯޅުން ތައް ރަނގަޅަށް ދެނެގަތުމަށެވެ. އަމާޒަކީ އިހުލާސްތެރި އެކްޓަރުން ރަނގަޅަށް ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރިން ވަރަށް މުހިންމު އޯޕަން ސޯސް ކޯޑެއް ހަލަބޮލިކޮށް ނުވަތަ ފަސާދަވިޔަ ނުދީ ހުއްޓުވުމެވެ.

ޑީ.އާރ.ޕީ.އޭ އިން ހިންގާ "ސޯޝަލްސައިބަރ" ޕްރޮގްރާމަކީ 18 މަސްދުވަހުގެ މުއްދަތަށް ހިންގާ، އެތައް މިލިއަން ޑޮލަރެއްގެ މައްޗަށް އެކުލެވޭ މަޝްރޫޢެކެވެ. އެއީ އޯޕަން ސޯސް ސޮފްޓްވެއާގެ ކޯޑާއި އިޖުތިމާއީ ދުރުމިން ދެބައި ވެސް އޮޓޮމޭޓެޑް އެނަލިސިސް އެއްކޮށްގެން ހަދާތީ ކުރީގެ ގިނަ ދިރާސާތަކާ ތަފާތު ކަމެކެވެ.

މި މަޝްރޫއުގެ ފަހަތުގައި ވާ ޑީއާރްޕީއޭގެ ޕްރޮގްރާމް މެނޭޖަރު ސަރްގޭ ބްރަޓަސް ވިދާޅުވާ ގޮތުގައި "އޯޕަން ސޯސް އީކޯސިސްޓަމަކީ އިންސާނީ ތާރީހުގައި ވެސް އުފެދުނު އެންމެ ބޮޑު އެއް އެންޓަޕްރައިޒަސް އެވެ."

އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިންފްރާސްޓްރަކްޗަރ، އިންޓަރނެޓް، ކްރިޓިކަލް އިންޑަސްޓްރީސް، މިޝަން ކްރިޓިކަލް ސިސްޓަމް، ހުރިހާ ތަނެއްގައިވެސް ވަރަށް ބޮޑަށް އެކުލެވިގެންވާ، ދުނިޔޭގެ އިންފްރާސްޓްރަކްޗަރގެ ބިންގާ، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުން މިހާރު މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށެވެ. އަޅުގަނޑުމެންގެ އިންޑަސްޓްރީ، ޕަވަރ ގްރިޑް، ޝިޕިންގ، ޓްރާންސްޕޮޓޭޝަން ހިންގާ ސިސްޓަމްތައް."މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައި އޭނާ ވިދާޅުވިއެވެ.

އޯޕަން ސޯސްގެ ނުރައްކާ

ޒަމާނީ ތަހުޒީބުގެ ބޮޑުބައެއް މިހާރު ބަރޯސާވެފައި އޮންނަނީ އޯޕަން ސޯސް ކޯޑުގެ ކޯޕަސް އެއް ދުވަހުން އަނެއްދުވަހަށް ފުޅާވަމުން އަންނަ ކޯޕަސްއެއްގެ މައްޗަށެވެ. އެއީ ފައިސާ ރައްކާކޮށް، ހުނަރުވެރިކަން އިތުރުކުރުން ފަދަ، ގިނަ މަސައްކަތްތަކެއް ފަސޭހަކޮށްދޭ ތީއެވެ.

އެކަމަކު އޯޕަން ސޯސް މޫވްމަންޓުގެ ސަބަބުން އަޅުގަނޑުމެން އެންމެން ބަރޯސާވާ ވަރުގެ ބޮޑު އީކޯސިސްޓަމެއް އުފެއްދި ނަމަވެސް، އަޅުގަނޑުމެންނަށް އެކަން ފުރިހަމައަށް ނުވިސްނޭ ކަމަށް އައިޓެލް ފަދަ ތަޖުރިބާކާރުން ޖަދަލު ކުރައްވަ އެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ސޮފްޓްވެއާ ޕްރޮޖެކްޓްތަކާއި، އެތައް މިލިއަން ލައިންއޮފް ކޯޑް، އެތައް މެއިލް ލިސްޓްތަކާއި ފޯރަމްތައް، އަދި ކޮންޓްރިބިއުޓަރުންގެ ކަނޑުއޮޅިއެއް، އެ ބައެއްގެ އައިޑެންޓިޓީއާއި މޯޓިވޭޝަން ގިނަ ފަހަރަށް ފޮރުވިފައި ހުރުމުން، އެ ފަރާތްތައް ޖަވާބުދާރީ ކުރުވަން އުނދަގޫވެ އެވެ.

އެއީ ނުރައްކާތެރި ކަމަކަށް ވެސް ވެދާނެ އެވެ. މިސާލަކަށް ހެކަރުން ވަނީ މިފަހަކަށް އައިސް އެތައް ފަހަރަކު މަޑުމަޑުން އޯޕަން ސޯސް ޕްރޮޖެކްޓްތަކުގެ ތެރެއަށް މެލިސިއަސް ކޯޑް ވައްދާފަ އެވެ. އެކަމުގެ ސަބަބުން މުޅި ޕްރޮޖެކްޓްތައް ވަނީ އޯޕަން ސޯސް ކޮމިއުނިޓީތަކާއި ކޯޑުތަކުގައި މީހުން ކުރާ އިތުބާރުގެ ބޭނުން ހިފާ ނުބައި ފަރާތްތައް ހިސޯރުކޮށްފަ އެވެ. ބައެއްފަހަރަށް މި މަޝްރޫޢުތަކަށް ބަރޯސާވާ ވަރަށް ސޯޝަލް ނެޓްވަރކްތަކަށް ބުރޫއެރުން ނުވަތަ ލަސްވުން ފަދަ ކަންކަން ދިމާވެއެވެ. އެ ހުރިހާ ކަމެއް ޓްރެކް ކުރުން ގިނަ ފަހަރަށް ވެފައި ވަނީ މުޅިން އެހެން ގޮތަކަށް ނޫން ނަމަވެސް މެނުއަލް ކޮށް ކުރާ މަސައްކަތުންނެވެ. އޭގެ މާނައަކީ އެއީ މައްސަލައިގެ އެސްޓްރޮނޮމިކަލް ސައިޒާ އެއްގޮތް ނުވާ މަސައްކަތެކެވެ.

ބްރަޓަސް ޖަދަލުކުރައްވާ ގޮތުގައި ކޯޑުގެ ފުޅާވަމުން އަންނަ ޔުނިވަރސް ޑައިޖެސްޓްކޮށް ދެނެގަތުމަށް މެޝިން ލަރނިންގ ބޭނުންވެއެވެ. މާނައަކީ އޮޓޮމޭޓެޑް ވަލްނަރަބިލިޓީ ޑިސްކަވަރީ ފަދަ ފައިދާކުރަނިވި އޮޅުވާލުންތައް، އަދި އެ ކޯޑު ލިޔެ، ފިކްސްކޮށް، ތަންފީޛުކޮށް، އަދި އެ ކޯޑުގެ ނުފޫޒު ފޯރުވާ މީހުންގެ މުޖުތަމަޢު ދެނެގަތުމަށް ބޭނުންކުރާ އާލާތްތަކެވެ.

އެންމެ ފަހުގެ އަމާޒަކީ، އެއްވެސް ކަހަލަ ވިޔާނުދާ ކެމްޕެއިނެއް، ނޫނީ ވިޔާނުދާ ކޯޑް، ނޫނިއްޔާ ލޯންޗް އިންފްލުއެންސް އޮޕަރޭޝަންސް، ހަލާކުކޮށްލުން، ނޫނީ ވިޔާނުދާ ތަރައްޤީ، ނޫނިއްޔާ އޯޕަން ސޯސް ޕްރޮޖެކްޓްތަކުގެ ކޮންޓްރޯލް ނެގުމެވެ.

މިކަން ކުރުމަށް ދިރާސާކުރާ ފަރާތްތަކުން އިމޯޝަން އެނަލިސިސް ފަދަ އާލާތްތައް ބޭނުންކޮށްގެން ލިނަކްސް ކަރނެލް މެއިލްލިސްޓް ފަދަ އޯޕަން ސޯސް ކޮމިއުނިޓީތަކުގެ ތެރޭގައި ހިނގާ އިޖުތިމާއީ މުއާމަލާތްތައް ތަހުލީލުކޮށް، ޕޮޒިޓިވް ނުވަތަ ބިނާކުރަނިވި މީހުންނަކީ ކޮބައިކަން ދެނެގަނެ، ނެގެޓިވް އަދި ހަޑިމުޑުދާރު މީހުންނަކީ ކޮބައިކަން ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބޭނުންވަނީ އޯޕަން ސޯސް ކޮމިއުނިޓީތަކަށް ބުރޫއަރާނީ ނުވަތަ ގެއްލުން ލިބެނީ ކޮން ބާވަތެއްގެ ހާދިސާތަކާއި އަޚުލާގީ މައްސަލަތަކުންތޯ އާއި މެމްބަރުންނަކީ އިތުބާރު ކުރެވޭ ބައެއްތޯ އާއި އިތުރު ސަމާލުކަމެއް ޖަސްޓިފައި ކުރާ ވަކި ޖަމާއަތްތަކެއް ހުރިތޯ އެވެ. މި ޖަވާބުތަކަކީ ކޮންމެހެން ވެސް އަމިއްލަ އަށް ލިބޭ ޖަވާބުތަކެކެވެ. އެކަމަކު މިހާރު އެތަން ހޯދޭނެ މަދު ގޮތްތަކެއް ވެސް އެބަހުއްޓެވެ.

ތަޖުރިބާކާރުން ކަންބޮޑުވަނީ އޯޕަން ސޯސް ސޮފްޓްވެއާ ހިންގާ މީހުންނާ މެދު ކަނު ސްޕޮޓްތަކުގެ ސަބަބުން މުޅި ތަން ދޮންވެ، އަތުވެދާނެ މަކަރާއި ހީލަތް ހެދުމާއި ހަމަލާތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާތީ އެވެ. ބްރަޓަސްއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާގެ ނާޒުކު އިންފްރާސްޓްރަކްޗާ ހިންގާ "އިތުބާރު ނުކުރެވޭ ކޯޑް" ގެ އިންޒާރެވެ.

ޖަވާބު ނުލިބޭ ސުވާލުތަކެއް

ސޯޝަލްސައިބަރ ޕްރޮގްރާމް ހިނގާގޮތް ތިރީގައި މިވަނީއެވެ.

ޑީއޭއާރްޕީއޭ އިން ވަނީ ޑީޕް ޓެކްނިކަލް ޗޮޕްސް ހުންނަ ކުދި، ބުޓީކް ސައިބާ ސެކިއުރިޓީ ރިސާޗް ޝޮޕްތައް ހިމެނޭ ގޮތަށް "ޕާފޯމަރުން" ކިޔާ އެއްޗެއްގެ ގިނަ ޓީމުތަކަކާ އެކު ކޮންޓްރެކްޓް ކޮށްފަ އެވެ.

މިފަދަ އެއް ފަންނާނަކީ ނިއުޔޯކްގައި ހުންނަ މާޖިން ރިސާޗް އެވެ.

"އޯޕަން ސޯސް ކޮމިއުނިޓީތަކާއި ޕްރޮޖެކްޓްތަކަށް އަޅާލުމާއި އިހުތިރާމް މަތީ ދަރަޖައަކަށް ދޭން ވަރަށް ބޮޑަށް ބޭނުންވޭ،" އެ ފާމްގެ ފައުންޑާ ސޯފިއާ ޑި އެންޓޮއިން ވިދާޅުވި އެވެ.

"މިހާރު ހުރި ވަރަށް ގިނަ އިންފްރާސްޓްރަކްޗާއަކީ ވަރަށް ނާޒުކު އިންފްރާސްޓްރަކްޗާއެއް، އެއީ އޯޕަން ސޯސްއަށް ބަރޯސާވާ އެއްޗަކަށް ވާތީ، އަޅުގަނޑުމެން ނަށް ހީވަނީ އަބަދުވެސް އެތަން ހުންނާނީ އެގޮތުގައި ކަމަށް ވާތީ. މިއީ އޯޕަން ސޯސް ކޯޑް ބޭސްތަކާއި ސޮފްޓްވެއާތަކަށް އަޅުގަނޑުމެންނަށް އޮތް އިންޕްލިސިވް ޓްރަސްޓްއިން ފަހަތަށް ޖެހިލާ ކަމެއް."

މާޖިން ރިސާޗް ބޮޑަށް ފޯކަސް ކުރަނީ ލިނަކްސް ކާރނެލް އަށް ކަމަށްވާތީ، އެއީ މިތާނގައި ކާމިޔާބު ވާ ވަރުގެ ބޮޑު އަދި ނާޒުކު އެއްޗަކަށް ވާތީ، މި ސްކޭލްގައި، އޭގެ މާނައަކީ އެހެން ތަނެއްގައި ހުރެގެން ވެސް އެކަން ކުރެވިދާނެއޭ. މުޅި އީކޯސިސްޓަމް ތަސައްވުރުކޮށް އެންމެ ފަހު ވަގުތު ދެނެގަތުމަށްޓަކައި ކޯޑު އަދި މުޖުތަމަޢު ދެބައިވެސް ތަހުލީލުކުރުމަށް ވަނީ ރާވާފައެވެ.

އޯޕަން ސޯސް ޕްރޮޖެކްޓްތަކުގެ ވަކި ވަކި ބައިތަކަކީ ކޮބައިކަން މާޖިންގެ ވޯކް މެޕްތަކުން ހާމަވެއެވެ. މިސާލަކަށް ލިނަކްސް ކާރނެލްއަށް މިވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ހުއާވޭއެވެ. ރަޝިއާގެ ސައިބަރ ސެކިއުރިޓީ ފާމެއް ކަމަށްވާ "ޕޮސިޓިވް ޓެކްނޮލޮޖީސް" އަށް އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އައިޓެލް އިން ބުނެ އެވެ. މާޖިން އިން އެންއެސްއޭގެ މުވައްޒަފުން ލިޔެފައިވާ ކޯޑު ވެސް މެޕްކޮށްފައިވާ އިރު، އޭގެ ތެރެއިން ގިނަ މުވައްޒަފުން ނަކީ ތަފާތު އޯޕަން ސޯސް ޕްރޮޖެކްޓްތަކުގައި ބައިވެރިވާ މީހުންނެވެ.

މި ބާވަތުގެ ދިރާސާގެ މަގުސަދަކީ ވެސް އަންޑަ އިންވެސްޓްމަންޓް ހޯދުމެވެ. މިއީ ތިބާ ހީކުރާ ވަރަށް ވުރެ މާ އާންމު ކަމެކެވެ. މިހާ އާންމު އެއް ގޮތަކީ މިހާރު ރިސްކް މިނެކިރާ ސޮފްޓްވެއާ ޕްރޮޖެކްޓްތަކަކީ "ބަސް ފެކްޓާ" އެވެ. ހަމައެކަނި އެންމެ މީހަކަށް ބަހުގެ ސަބަބުން ޖެހިއްޖެ ނަމަ މި މުޅި މަޝްރޫއު ފަނާވެގެން ހިނގައިދާނެ ހެއްޔެވެ؟

ދުނިޔޭގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ލިނަކްސް ކާރނެލްގެ މުހިންމުކަން ސޯޝަލްސައިބަރއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަށް ވާއިރު، މިއީ އޯޕަން ސޯސް އެހެން ޕްރޮޖެކްޓްތައްވެސް ތަޙައްމަލު ކުރާނެ ކަމެކެވެ. ބައެއް ފަންނާނުން ބޮޑަށް ފޯކަސް ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން-ލާނިންގެ ގިނަ މަޝްރޫއުތަކެއްގައި ބޭނުން ކުރާ އޯޕަން ސޯސް ޕްރޮގްރާމިން ލޭންގުއޭޖު ކަމަށްވާ ޕައިތަން ފަދަ މަޝްރޫއުތަކަށެވެ.

އުންމީދަކީ މިހާރަށްވުރެ ބޮޑަށް ވިސްނުމުގެ ސަބަބުން މުސްތަގުބަލުގައި ދިމާވެދާނެ ކާރިސާއަކުން ސަލާމަތްވުމަށް ފަސޭހަވެ، އެއީ ނުބައި އަމަލެއްގެ ސަބަބުން ދިމާވި ކަމެއްތޯ ނުވަތަ ނޫންތޯ އެވެ.

"ބަލާލި ކޮންމެ ދިމާލަކުން ވެސް ވަރަށް ގިނައިން އޯޕަން ސޯސް ސޮފްޓްވެއާ ފެނިއްޖެ،" ބްރަޓަސް ބުންޏެވެ. ޕްރޮޕަޓީ ސޮފްޓްވެއާއަށް ބަލާލާއިރުވެސް، ދާދިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެއީ އަސްލު 70% ނުވަތަ އެއަށްވުރެ ގިނަ އޯޕަން ސޯސް."

"މިއީ އިންފްރާސްޓްރަކްޗާގެ ވަރަށް ނާޒުކު މައްސަލައެއް،" އައިޓެލް ބުނަނީ މިހެންނެވެ.

އަޅުގަނޑުމެންނަކަށް ހިއެއްނުވޭ، އޭގައި ހިމާޔަތެއް ނެތްހެން. އަޅުގަނޑުމެން އެބަޖެހޭ، އެމައްޗަށް ގަދަވެގަތުމަށް. ޕޮޓެންޝަލް އިމްޕެކްޓަކީ މެލިސިއަސް ހެކަރުންނަށް އަބަދުވެސް ލިނަކްސް މެޝިންތަކަށް އެކްސެސް ވެވޭނެ އެވެ. އޭގެ ތެރޭގައި ތިބާގެ ފޯނުވެސް ހިމެނެއެވެ. އެއީ ވަރަށް ސިމްޕަލް ކަމެއް." އައިޓެލް އިން ބުނެފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.