ޗައިނާގައި ކަރަންޓް ވިއުގަ ހިންގަނީ އޭއައި މެދުވެރިކޮށް!

އަޙްމަދު ދާއޫދު 05 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ މެއިން ޕަވަރ އެނަރޖީ ހަކަތަ ވިއުގަ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މެދުވެރިކޮށް ހިންގަމުން ދާއިރު އެ ވިއުގަ ބްލެކްއައުޓް ވެއްޖެނަމަ އެންމެ 3 ސިކުންތުތެރޭގައި ރަނގަޅުކުރެވޭނެ ކަމަށް ޗައިނާގެ ހަކަތައާއި ބެހޭ ސައިންސްވެރިން ބުނެފިއެވެ.

ޗައިނާގެ ސަރުކާރުގެ ޕަވަރ ގްރިޑް ކުންފުނިން އަންގާރަ ދުވަހު ކަރަންޓް ޑިސްޓްރިބިއުޓް ކުރުމަށް އެގައުމުގެ އެންމެ ބާރުގަދަ އޭއައި ލޯންޗް ކޮށްފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ ޑެއިލީނޫހުން ރިޕޯޓް ކޮށްފައި ވާއިރު، މީގެ ކުރިން އެގައުމުގައި ކޮމިއުނިޓީ ބްލެކްއައުޓް ވުމުން އާންމު ގޮތެއްގައި މައްސަލަ ހައްލުކޮށް ކަރަންޓް ސަޕްލައި އަލުން ފެށުމަށް ހަ ގަޑިއިރާއި 10 ގަޑިއިރާއި ދެމެދު ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް އިން އެކަން ތިން ސިކުންތަށް ކުޑަކުރާ ކަމަށްވެސް ސައިންވެރިންނާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޝިންޖިއާން ސަރަހައްދުގެ އުރުމްކީގައި އޮންނަ 200 އަށް ވުރެ ގިނަ އާއިލާ ހިމެނޭ ރެސިޑެންޝަލް ކޮމިއުނިޓީއެއް ކަމަށްވާ ކިޓައިލޫގައި މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޓެސްޓު ރަންއިން ދައްކުވައިދެނީ މި ނިޒާމުގެ ހަރުދަނާކަން ކަމަށް ރިޕޯޓުގައި ވެ އެވެ.

ކިޓައިލޫ ކޮމިއުނިޓީ ޕަވަރ ގްރިޑްގައި ޗައިނާގެ އެހެން ހުރިހާ ހިސާބަކަށްވުރެ ގިނަ ސެންސަރުތައް ހުރެއެވެ. އަދި ކޮންމެ ސެންސަރެއްގައިވެސް އިންސާނުންގެ އިންޓަރވެންޝަނަކާ ނުލައި ޕަވަރ ސަޕްލައިގެ މަގުތައް ކަނޑައެޅޭނެ ފަދަ "ބްރެއިން" އެއް ހުރެއެވެ.

އެ ސަރަހައްދުގެ ލޯ ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކްގައި އިކުއިޕްމަންޓް ފެއިލްވެއްޖެ ހިނދެއްގައި، އެޖް ކޮމްޕިއުޓިން ޓާމިނަލްތަކުން "އޮޓޮމެޓިކް ފޯލްޓް ލޮކޭޝަން، ފޯލްޓް އައިސޮލޭޝަން އަދި ޕަވަރ ރިސްޓޯރޭޝަން ހިމެނޭ ގޮތަށް ސެލްފް ހެލްޕިން ފަންކްޝަން ވަގުތުން ފަށާނެ" ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭއައި އިން ހިންގާ ޕަވަރ ގްރިޑް ޓެކްނޮލޮޖީގެ އެޕްލިކޭޝަން ކިތާއީލޫ އިން އެހެން މުޖުތަމަޢުތަކަށް ވަރަށް އަވަހަށް ފުޅާވެގެންދާނެ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ފުރަތަމަ ހައިބްރިޑް ފޮޓޯވޮލްޓިކް ޕްލާންޓުން ސޯލާ އަދި ޓައިޑަލް ޕަވާ ބޭނުންކޮށްގެން ރެއާއި ދުވާލު ހަކަތަ އުފައްދައެވެ.

ދުނިޔޭގައި ކަރަންޓުގެ ތިންބައިކުޅަ އެއްބައި އުފައްދަނީ ޗައިނާ އިން ކަމަށްވާއިރު، އެމެރިކާ، އިންޑިއާ، ރަޝިއާ އަދި ޖަޕާން ގުޅިގެން އުފައްދާ ކަރަންޓަށް ވުރެ ބޮޑު ބައެއް އުފައްދަނީ ޗައިނާއިންނެވެ.

ޗައިނާގެ ޕަވަރ ގްރިޑުން ދުވާލެއްގެ މައްޗަށް ހިންގާ އޮޕަރޭޝަންތަކުގައި އޭ.އައި ބޭނުންކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، ޚާއްސަކޮށް ހަކަތައިގެ އުފެއްދުންތެރިކަން ނުހިފެހެއްޓި ގެންގުޅުނު ވިންޑް ފާމްތަކާއި ސޯލާ ޕްލާންޓްތައް ބޮޑު އަދަދަކަށް ބިނާކުރުމަށްފަހު، ޗައިނާގެ ޕަވަރ ގްރިޑުން ދަނީ އޭ.އައި ބޭނުންކުރަމުންނެވެ.

ނަމަވެސް، މި އެޕްލިކޭޝަންތައް އެންމެ ބޮޑަށް ހިފަހައްޓާފައިވަނީ ބެކްބޯން ނެޓްވޯކްތަކަށް ނުވަތަ ސިނާއީ ބޭނުންކުރާ ފަރާތްތަކަށް ކަރަންޓް ކެނޑުން ހުއްޓުވުމަށް ކަމަށް ބެއިޖިންގައި ހުންނަ ސްޓޭޓް ގްރިޑް ކޯޕަރޭޝަންގެ މައި މަރުކަޒުގައި މަސައްކަތް ކުރާ ސީނިއާ އިންޖިނިއަރަކު ވަނީ ބުނެފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.