އިންޓަނެޓްގެ ސްޕީޑާމެދު އަބަދުވެސް އަހަރެމެން މިދަނީ ޝަކުވާކުރަމުންނެވެ. އެއީ އިއްޔެއަކު މިއަދަކު ކުރަމުންދާ ޝަކުވާއެއް ނޫނެވެ. 1983 ވަނައަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަކީ އިންޓަނެޓްގެ ރަސްމީ އުފަން ދުވަހެވެ. އޭގެ ކުރިން އެކި ކޮމްޕިއުޓަރު ނެޓްވޯކްތަކުގައި އެކަކު އަނެކަކާ މުއާމަލާތް ކުރާނެ ސްޓޭންޑަޑް ގޮތެއް ނުހުރެ އެވެ. އެދުވަހުން ފެށިގެން މިވީ 39 އަހަރުގެ ތެރޭގައި އިންޓަނެޓް ޕްރޮވައިޑަރުން ދިޔައީ ތަފާތު ޓެކްނޮލޮޖީތައް ތަޢާރަފްކުރަމުންނެވެ.
މިއަދުވެސް އޮތް އުފާވެރި ޚަބަރަކީ ކެރިއަރުން މަސައްކަތް ކުރަމުންދާ ކަމެވެ. މިލިމީޓަރ-ވޭވް ނުވަތަ އެމްއެމްވޭވް ފެށިގެން އެންމެ މަތީ 5ޖީ ސްޕީޑް ފޯރުކޮށްދިން ނަމަވެސް، އަދިވެސް އެފަރާތްތަކުން ދަނީ 5ޖީ އަށް ވުރެވެސް ސްޕީޑް ރަނގަޅު އެހެން ބާވަތްތައް ހޯދާ ދިރާސާކުރަމުންނެވެ.
ލޯ ބޭންޑް 5ޖީ އަކީ އެމެރިކާގައި މިހާރު ބޭނުންކުރާ 4ޖީ އެލްޓީއީ ނެޓްވޯކްތަކަށް ވުރެ ބާރު ސްޕީޑެއްގައި ރަން ކުރާ ޓެކްނޯލޮޖީއެކެވެ. ވަރަށް ދުރު ހިސާބުތަކަށް އޭގެ ރޭންޖް ފޯރާނެ އެވެ. އަދި އޭގެ އިތުރުން މިޑްބޭންޑް 5ޖީ އަކީ ވެސް ބޭނުން ކުރަމުންދާ ބާވަތެކެވެ. އެއީ ހަމައެކަނި ބާރު ސްޕީޑްގައި ނެޓް ފޯރުކޮށްދިނުމުގެ ބަދަލުގައި ބޮޑެތި ދުރުމިންތަކުގައި އެއްފަހަރާ ގިނަ ބަޔަކު ނެޓްވޯކަށް ވަދެވޭނެ ގޮތް ހެދުމަށް މަގުފަހި ކޮށްދޭ ޓެކްނޮލޮޖީއެކެވެ.
ގިނަ ގްލޯބަލް ނެޓްވޯކްތައް ބޮޑުތަނުން ބިނާކޮށްފައިވަނީ މިޑްބޭންޑް 5ޖީގެ މައްޗަށް ނަމަވެސް އެމެރިކާގެ ކެރިއަރތަކުގައި މި ތިން ނެޓްވޯކް ވެސް މިކްސްކޮށްފައިވެ އެވެ. 2.5 ގިގަހަޒް ފްރީކުއެންސީތަކުގައި ހިންގާ ޓީ-މޯބައިލްގެ 5ޖީ ނެޓްވޯކްގެ ބޮޑު ބައެއް ހިއްސާކުރަނީ މިޑްބޭންޑް 5ޖީ އެވެ. އެކަމަކު ވެރީޒޯން އާއި އޭޓީއެންޑްޓީން ދަނީ ސީ-ބޭންޑާއި އެހެނިހެން މިޑްބޭންޑް ފްރީކުއެންސީ 5ޖީގެ ހިދުމަތް އެކްޓިވޭޓް ކުރަމުންނެވެ.
އެ ނެޓްވޯކް ކުރިއެރުންތަކާއެކު، އިންޓަނެޓް ޕްރޮވައިޑަރުންނާއި ކްލައުޑް ކޮމްޕިއުޓިން ކުންފުނިތަކުން ސަރވަރތައް އަޕްގްރޭޑް ކުރަމުންދާއިރު 5 ޖީގެ ކުރިއެރުންތަކާއި ފަސޭހަތައް ގެންދަނީ ދުނިޔެއަށް ތަޢާރަފް ކުރަމުންނެވެ. އެފަދަ ފަރާތްތަކުން ރެކޮމެންޑް ކުރާގޮތުގައި އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނީ ބަރާބަރު 5ޖީ ކަނެކްޝަނެއް ހުރެގެންނެވެ.
ސްމާޓްފޯނުތައް 2019 ވަނަ އަހަރުން ފެށިގެން 5ޖީ އާއި ގުޅިފައިވާއިރު، ނެޓްވޯކްތައް ރަނގަޅުވަމުންދާ ވަރަކަށް ވީޑިއޯ ސްޓްރީމިން އާއި ގޭމިން ރަނގަޅުވަމުން އަންނަނީ ސްޕީޑްގެ ކަނެކްޝަންތަކާ އެކުގަ އެވެ. ޑިވައިސްތަކުގެ އިތުރުން 5ޖީގެ ސަބަބުން ގޭތެރޭގައި ވެސް އަދި މަގުތަކުގައި ވެސް ކަނެކްޓިވިޓީ ފުޅާވެގެންދާނެ އެވެ.
5ޖީ މެދުވެރިކޮށް ހޯމް އިންޓަނެޓް ވަޔަރޑް ބްރޯޑްބޭންޑް އިންޓަނެޓާ އަޅާކިޔާލެވޭ ސްޕީޑްތަކަށް ވާސިލްވެ، 5ޖީ ނެޓްވޯކްތައް ބިލްޑް އައުޓް ވުމުން އަނެއްކާވެސް ކެރިއަރުން އިންތިޒާރު ކުރަނީ މިޑްބޭންޑް 5ޖީ އިން އިތުރު ސަރަހައްދުތަކަށް ކަވަރޭޖް ފުޅާކުރުމަށެވެ.
އެމެރިކާގެ ކޮންމެ ކެރިއަރެއްގައި ވެސް އަމިއްލަ 5ޖީ ހޯމް އިންޓަނެޓްގެ ހިދުމަތެއް އޮތް ނަމަވެސް އޭޓީއެންޑްޓީން އެ ހިދުމަތް ފޯރުކޮށްދެނީ ޚިޔާރުކުރެވޭ މަދު ދާއިރާތަކެއްގަ އެވެ. ވެރީޒޯން އާއި ޓީ-މޯބައިލް އިން އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފުޅާވަމުން އަންނަ ނަމަވެސް އަދިވެސް އެމީހުންގެ އަވަސް 5ޖީ ކަނެކްޝަންތައް ލިބޭ ހުރިހާ ތަނެއްގައި އެ ހިދުމަތްތައް ނުދެ އެވެ. އެމީހުންގެ މޯބައިލް ސަބްސްކްރައިބަރުންގެ ބޭސްއާ އަޅާބަލާއިރު، އެއިން އެއްވެސް ކަސްޓަމަރުން ވަޔަލެސް އިންޓަނެޓަށް ސޮއިކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މާޗް މަހު ވެރީޒޯންގައި ގާތްގަނޑަކަށް 433،000 ފިކްސްޑް ވައިލެސް ސަބްސްކްރައިބަރުން ތިބިއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެކަން 4 މިލިއަން ނުވަތަ 5 މިލިއަނަށް އިތުރުކުރާނެ ކަމަށް އުންމީދުކުރެއެވެ. އަނެއްކޮޅުން ޓީ-މޯބައިލް އިން އޭޕްރީލް މަހު 1 މިލިއަން ސަބްސްކްރައިބަރުންނާ ހަމައަށް ވާސިލްވެފައިވާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް 7 މިލިއަން ސަބްސްކްރައިބަރުން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހޯމް 5ޖީ އިންޓަނެޓް މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމުގައި ކެރިއަރުންނަށް އަދިވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް މަދެއްނޫނެވެ. އެހެން ކަމުން އެމީހުން އަންނަނީ ޑިސްކައުންޓް ރޭޓްތަކެއްގައި ހިދުމަތް ދެމުންނެވެ. މިސާލަކަށް ޓީ-މޯބައިލް އިން ހޯމް 5ޖީ އިންޓަނެޓަށް މަހަކު 50 ޑޮލަރު ނަގާއިރު، މެޖެންޓާ މެކްސް މޯބައިލް ޕްލޭންތަކަށް މިހާރުވެސް ސޮއިކޮށްފައިވާ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 30 ޑޮލަރަށް ޑިސްކައުންޓް ލިބެ އެވެ. ވެރީޒޯންގެ އޮފާ މަހަކު 50 ޑޮލަރުން ފެށޭއިރު، ކޮލިފައިން ވެރީޒޯން އަންލިމިޓެޑް މޯބައިލް ޕްލޭންތައް ހުރި ކަސްޓަމަރުންނަށް މަހުން މަހަށް އިންޓަނެޓް ބިލުން %50 ސަލާމަތް ކުރެވޭނެ އެވެ.
5ޖީ ނެޓްވޯކްތަކަކީ ޑްރައިވަރުން ނެތި ދަތުރުކުރުމުގެ ޚިދުމަތުގައި މައިބަދަ ކަމުގައި ވެދާނެ އެވެ. ސީއީއެސް 2021 ގެ ތެރޭގައި ލަސްވެގަސްގައި ސްޓާޓްއަޕް ހެލޯ އިން ވަނީ ޓީ-މޯބައިލްގެ 5ޖީ ނެޓްވޯކް ބޭނުންކޮށްގެން ރިމޯޓް ޑްރައިވަރުން ކޮންޓްރޯލްކުރާ އިލެކްޓްރިކް ވެހިކަލްތަކުގައި ފަސިންޖަރުން އުފުލަން ފަށާފަ އެވެ.
އޭގެ މާނައަކީ ގަވާއިދުން ކާރުތައް 5ޖީ ސްޕެކްޓްރަމް ބޭނުންކޮށްގެން އެތައް ސަތޭކަ ފޫޓެއް ދުރުން އެކަކު އަނެކަކާ ވާހަކަ ދައްކަން މަގުފަހިގެން ދާނެކަމެވެ. އެގޮތުން ސައިޑްލިންކް ކިޔާ ޓެކްނޮލޮޖީއަކާ އެކު ކުރިއަށް އޮތް އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނާ މުޢާމަލާތްކޮށް ކާރުތަކަށް އިންޒާރު ދީ ހެދޭނެ އެވެ.
ގޫގުލްއިން ރިއަލް ޓައިމްގައި ބަސް ތަރުޖަމާކުރާ އޭއާރް ބިއްލޫރިތަކަށް ޕްލޭންތަކެއް ހުރެއެވެ. 5ޖީ އާއެކު އޭއާރް އަށް ދެން އަންނާނީ ކޮން ބަދަލެއް؟. ގޫގަލް
5ޖީ އޮން ދަ ގޯ އިން ޕަވަރ ކުރާނީ މިއަށްވުރެ ބޭނުންތެރި ކަމެއް ކަމަށްވާ އޮގްމެންޓެޑް ރިއަލިޓީ އެވެ. އާރް ގްލާސް މެދުވެރިކޮށް ބަލަމުންދާ ކޮންމެ އެއްޗަކާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި 5ޖީގެ ޑޭޓާ ސްޕީޑް އިތުރުވުމާއި އިތުބާރު ހުރި ކަނެކްޝަންތައް ބޭނުންވާނެ އެވެ. މިފަދަ ގުޅުމަކާއެކު، ގޫގުލް އައި/އޯ 2022 ގައި ހާމަކުރި އާރް ގްލާސްސް ކޮންސެޕްޓުން ފެންނަ ފަދައިން، ތިބާގެ ލައިން އޮފް ސައިޓްގައި ހުންނަ ކޮންމެ އެއްޗެއްގެ އިންސްޓޭންޓް ލޭންގުއޭޖް ޓްރާންސްލޭޝަން ލިބިދާނެ އެވެ. ގޫގުލް އިން މި ހަފްތާގައި ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އާ އައިނުތައް އާންމުކޮށް ޓެސްޓް ކުރަން ވަނީ ފަށައިފައެވެ.
އާރް ގްލާސް ފަދަ ޕާސަނަލް ޑިވައިސްތައް ބޮޑެތި ނެޓްވޯކްތަކާ ގުޅުވުމުގެ ކޮމްޕްލެކްސިޓީތައް ބޮޑުތަނުން ހައްލުވެފައިވާ ކަމަށް ކުއަލްކޮމްގެ ސެލްއުލަރ މޮޑެމްތަކާއި އިންފްރާސްޓްރަކްޗާގެ ޖެނެރަލް މެނޭޖަރު ދުރުގާ މައްލާދީ ސީއެންއީޓަށް ވިދާޅުވި އެވެ. މިހައްލު ލިބިފައިވަނީ ބެޓެރީ ލައިފް އާއި އެކުގައެވެ. ފޯނުތަކުން ބޮޑެތި ރެކްޓަންގްލަރ ފޯމްތަކުގައި 4،000އެމްއޭއެޗް އަދި 5،000އެމްއޭއެޗްގެ ކެޕޭސިޓީގެ ބޮޑު ބެޓެރީތައް ޕެކްކުރި ނަމަވެސް، ބޮޑެތި ބެޓެރީ ޕެކްތަކަށް ބިއްލޫރި ފްރޭމްތަކުގައި ޖާގަ މާ މަދުވުމުން 5ޖީ ނެޓްވޯކްތަކާ ގުޅިފައިވާ ވަގުތު ހަނިވެދާނެ އެވެ.
ޓެކް ދުނިޔޭގެ ލަފާތަކުގެ ތެރެއިން އެއް ލަފާ ޙަޤީޤަތަކަށް ވުމުގެ ކުރިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ޔަގީނުންވެސް އެކަން ހޯދިދާނެއެވެ. މަޝްހޫރު އެނަލިސްޓެއް ކަމަށްވާ މިންގް-ޗީ ކުއޯ ބުނާ ގޮތުގައި އެޕަލް އިން މަސައްކަތް ކުރަމުންދަނީ ދިހަ އަހަރު ތެރޭގައި އައިފޯން މުޅިން އާރް އަށް ބަދަލު ކުރުމަށް ކަމަށް މެކްރޫމަރސް އިން ފެނުނު ނޯޓެއްގައިވެ އެވެ .
އެކްސިޑެންޓް ހޮޓްސްޕޮޓްތައް ޓްރެކްކޮށް، އަވަސް އަދި ރައްކާތެރިކަމާއެކު މައުލޫމާތު ފޮނުވުމަށް ހޮސްޕިޓަލްތަކާއި ސިޓީތަކުން 5ޖީ ބޭނުން ކުރެވިދާނެއެވެ. ގެޓީ އިމޭޖަސް
5ޖީގެ ޑައުންލޯޑް ސްޕީޑް އަވަސްވުމަކީ ކަސްޓަމަރުންނަށް މުހިންމު ކަމަކަށްވާއިރު، 5ޖީ ނެޓްވޯކްތަކުގެ ލެޓެންސީ ދަށްވުމުން އެންމެ ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ އެވެ. މީގެ ތެރެއިން ބައެއް ސާޖަރީ، ރިމޯޓް ސާޖަރީ ފަދަ ކަންކަމުގައި އެންމެ ރަނގަޅު ނަތީޖާތައް ނެރެވޭނެ އެވެ.
5ޖީ ނެޓްވޯކްތައް އަޕް ކުރުމަކީ ކަނެކްޓިވިޓީގެ އާ ޒަމާނެއް ގެނައުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެންމެ ބައެކެވެ. އެ ސްޕީޑްތަކާއި އިތުބާރު ކުރެވޭ ގޮތް ނެތި، އަޅުގަނޑުމެންނަށް އަދި އެންމެ ރަނގަޅު އެޕްލިކޭޝަންތައް ތަޞައްވުރު ނުކުރެވޭ، ސަބަބަކީ އަޅުގަނޑުމެން އަދިވެސް ވިސްނަމުން މިދަނީ 4ޖީ އެލްޓީއީ އާއެކު ފޯނުތައް ބޭނުންކުރާ ގޮތަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.