އެމަޒަނުން ރޫމްބާ ގަނެފިކަން އިއުލާންކޮށްފި

އަޙްމަދު ދާއޫދު 10 އޯގަސްޓު 2022

އެމަޒަނުން ރޫމްބާ ގަނެފިއެވެ.އެމަޒަން އިން އައިރޮބޮޓް ގަތުމަށް ހަމަޖެހިފައިވަނީ އައިރޮބޮޓްގެ ނެޓް ދަރަނި ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރުގެ އަގުހުރި އޯލް-ކޭޝް ޓްރާންސެކްޝަނެއްގައި ހިއްސާއަކަށް 61 ޑޮލަރަށެވެ. މި މުއާމަލާތް ފުރިހަމަ ކުރުމަށްޓަކައި އައިރޮބޮޓްގެ ހިއްސާދާރުންގެ އެޕްރޫވަލް އާއި ރެގިއުލޭޓަރީ އެޕްރޫވަލް ބޭނުންވާނެއެވެ. ކޮލިން އޭންގަލް އައިރޮބޮ ރޫމްބާގެ ގަތުމާބެހޭ ވާހަކަތައް ހިއްސާ ކުރައްވަމުން އައިރޮބޮޓްގެ ސީއީއޯ ވިދާޅުވީ ދުވަހަކުވެސް އެއްވެސް މީހެއްގެ ޑޭޓާ ނުވިއްކާނެ ކަމަށެވެ.

އެމެޒަނުން ރޫމްބާ ގަތުމަށް އިއުލާން ކުރާއިރު، 2017 ވަނަ އަހަރުން ފެށިގެން އައިރޮބޮޓްގެ ސީއީއޯއާ މީޑިއާތަކަށް ދިން އެކްސްކްލޫސިވް އިންޓަވިއުއަށް ފަހަތަށް އެނބުރި ބަލާލާއިރު، ޕްރައިވެސީއާއި ޔޫޒަރުންގެ ޑޭޓާ އެމީހުން މެނޭޖްކުރާ ގޮތުގެ ވާހަކަ ދެއްކިއެވެ.

2017 ވަނަ އަހަރު ރޫމްބާ ޕްރައިވެސީ މައްސަލަތަކާ ބެހޭ ގޮތުން އައިރޮބޮޓްގެ ސީއީއޯ ކޮލިން އޭންގަލްއާ އެކު އެކްސްކްލޫސިވް އިންޓަވިއުއެއް ޒެޑްނެޓްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ ހަފުތާގައި އެމަޒަން އިން އައިރޮބޮޓް ހޯދިކަން އިއުލާނުކޮށް، ރޫމްބާ ޕްރައިވެސީގެ ވާހަކަތައް އާ ކޮށްލި އެވެ.

އައިރޮބޮޓްގެ ޕްރައިވެސީ ޕޮލިސީއަށް ބަދަލެއް ނާންނާނެކަން ޔަގީންވުމާ ހަމައަށް އައާދެވުނު ނަމަވެސް އެ ކުންފުނިން އަދި ސާފު ސީދާ ޖަވާބެއް ނުދެ އެވެ. އެހެން ވީއިރު، 2017 ވަނަ އަހަރުގެ އިންޓަރވިއު މިވަގުތަށް މުހިންމު ވެދާނެތާއެވެ.

މަޝްހޫރު ރޫމްބާ ރޮބޮޓިކް ވެކިއުމްތަކުގެ ފަހަތުގައި ވާ ކުންފުނި އައިރޮބޮޓް އަށް މި ހަފުތާ ވެގެން ދިޔައީ ވަރަށް ޗެލެންޖިން ހަފުތާއަކަށެވެ.

އެކަން ފެށުނީ ރޮއިޓާސްއަށް ދިން އިންޓަވިއުއަކުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ކޮލިން އޭންގަލް، އައިރޮބޮޓް އިން ކޮންސިއުމަރސްހޯމް މެޕިންގ ޑޭޓާ ވިއްކަމުންދާކަމުގެ ސާފު އިޝާރާތެއް ދިނުމުންނެވެ.

މި މައްސަލައާ ގުޅިގެން އައިރޮބޮޓް އިން ދެއްކިވާހަކަ ތިރީގައި އެވަނީއެވެ.

ފުރަތަމަ ކަމަކަށް އައިރޮބޮޓުން ދުވަހަކުވެސް ތިބާގެ ޑޭޓާ ނުވިއްކާނެއެވެ. އަޅުގަނޑުމެންގެ މިޝަނަކީ ގޭތެރެ ސާފުކޮށް ބެހެއްޓުމަށް އެހީތެރިވުމާއި، ވަގުތު ފާއިތުވަމުންދާ ވަރަކަށް ސްމާޓް ގެއާއި އެގޭގައި ހުންނަ ޑިވައިސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމެވެ.

ޝައްކެއްވެސްނެތްގޮތުގައި ރޮބޮޓެއްގެ ސަބަބުން ގޭތެރެ ސްމާޓްކޮށް ބޭއްވޭނެއެވެ. އެކަމާމެދު ޝައްކެއް ނެތެވެ. އެއީ އެ އެއްޗެއްގެ މަސައްކަތް ފުރިހަމަ ކުރުމަށް އެއްކުރާ ޑޭޓާއާއި، ތިބާއާއި ތިބާގެ ރޮބޮޓާއި އައިރޮބޮޓާ ދެމެދު އޮންނަ އިތުބާރު ހުރި ގުޅުމަކީ އެކަން ފުރިހަމަވާން ވަރަށް މުހިންމު ކަމެކެވެ.

ހިއްސާކުރާ މައުލޫމާތު ކަސްޓަމަރު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާއި އެކްސްޕްލޮއިޓް ކުރުމަށް ބޭނުންކުރާ ޑޭޓާ އަކީ އެސެޓެއްގެ ގޮތުގައި ބަލާ އެއްޗެއް ނޫނެެވެ. އެއީ މިއަދު އައިރޮބޮޓުން ޑޭޓާއާއި ޙަވާލުވާ ގޮތެވެ. އެކަން ހިއްސާކުރުމުގެ ކޮންޓްރޯލް ކަސްޓަމަރުންނަށް އޮވެއެވެ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތްތަނުގައި ޑޭޓާ ބެލެހެއްޓޭނީ މިގޮތަށްކަމެވެ.

އަދި ގޭގައި ހުންނަ ޑިވައިސްތަކާ ގުޅިފައިވާ އެހެން ޑިވައިސްތަކާ އެކު ރޮބޮޓް މަސައްކަތް ކުރަން ބޭނުންވެދާނެ އެވެ. މިކަން ކުރުމަށްޓަކައި، އަޅުގަނޑުމެން ތިޔަބޭފުޅުންގެ ހުއްދަވެސް ބޭނުންވާނެއެވެ. އަދި ޑިވައިސްތަކުގެ މެދުގައި މުވާޞަލާތު ކުރެވޭނެ ރައްކާތެރި ވަސީލަތްތައް އަބަދުވެސް ކަށަވަރުކޮށްދޭނަމެވެ.

އަޅުގަނޑުމެން މި އުފައްދަނީ ރޮބޮޓްތަކުގެ އެހީގައި މީހުން މުއްސަނދި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެކެވެ. އެންމެ ފަހުން އުމުރުން ދުވަސްވުމުން އެމީހުންގެ މިނިވަންކަން ހިފެހެއްޓުމަށް އެހީތެރިވެދޭ މުސްތަގުބަލެކެވެ.

މި ވާހަކަތަކަކީ އަޅުގަނޑުމެންގެ މިޝަންއާއި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކުރާ ކޮމިޓްމަންޓްތައް ސާފުކޮށް އެނގޭނެ ގޮތަށް އަދި އަޅުގަނޑުމެންގެ ކޮމިޓްމަންޓަށް ގޮންޖެހުންތަކާއި ޓެސްޓް ކުރެވޭނެ ވާހަކަތަކެއް ކަމުގައި ވުމުން ބޭނުންތެރި ވާހަކަތަކެކެވެ.

މިއީ އަޅުގަނޑުމެންގެ ސްޓޭންސް ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން .

އައިރޮބޮޓްގެ ޗެއާމަން، ސީއީއޯ އަދި ފައުންޑަރ ކޮލިން އެންގްލް

މަތީގައި އެވަނީ ކޮލިން އެންގްލް ރޮއިޓަސް އަށް ދެއްވި އިންޓަވިއު އެވެ. މިއިންޓަވިއު ޒެޑްނެޓްގައި ޝާއިއު ކޮށްފައިވެއެވެ.






އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.