ޓިކްޓޮކްގެ އިން-އެޕް ބްރައުޒަރގައި ޓައިޕް ކުރާ ކޮންމެ އެއްޗެއް މޮނިޓަރ ކުރާތީ އެކަމަށް ސަމާލުވުމަށް ދިރާސާވެރިން އެދިއްޖެއެވެ.
ދިރާސާވެރިން ބުނެފައިވަނީ ޓިކްޓޮކްގެ އިން-އެޕް ބްރައުޒަރ އަކީ ތިބާ ޓައިޕްކުރާ ކޮންމެ އެއްޗެއް ވެސް މޮނިޓަރ ކުރުމުގެ ގާބިލްކަން ލިބިފައިވާ ބްރައުޒަރއެއް ކަމަށެވެ.
އައިއޯއެސްގައި ޓިކްޓޮކްގެ ކަސްޓަމް އިން-އެޕް ބްރައުޒަރ އިން ޖާވާސްކްރިޕްޓް ކޯޑް ބޭރުގެ ވެބްސައިޓްތަކަށް އިންޖެކްޓްކޮށް، ޓިކްޓޮކްއަށް "ހުރިހާ ކީބޯޑް އިންޕުޓްތަކާއި ޓޭޕްތައް" މޮނިޓަރ ކުރުމުގެ ފުރުސަތު ދޭ ކަމަށާއި، އެގޮތުން ޔޫޒަރަކު ވެބްސައިޓެއް މެދުވެރިކޮށް މުއާމަލާތް ކުރަމުން އަންނަ އިރު، ޓިކްޓޮކްއިން އެ ކޯޑު ބޭނުންކުރަނީ ނާޖާއިޒު ކޮށް ކަމަށް ދިރާސާވެރިޔާ ފެލިކްސް ކްރައުސް ވަނީ ބުނެފައެވެ. އެކަމަކު ދިރާސާވެރިންގެ މި ބުނާ ބުނުން ޓިކްޓޮކްއިން ދޮގުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެކިޔުރިޓީ ދިރާސާވެރިޔާ ކްރައުސް ވިދާޅުވީ ޓިކްޓޮކްގެ އިން-އެޕް ބްރައުޒަރ އިން ހުރިހާ ކީބޯޑް އިންޕުޓްތަކަށް "ސަބްސްކްރައިބް" ކުރާއިރު، ޔޫޒަރަކު އެކްސްޓަރނަލް ވެބްސައިޓަކާ މުއާމަލާތް ކުރާއިރު، އޭގެ ތެރޭގައި ޕާސްވޯޑާއި ކްރެޑިޓް ކާޑުގެ މައުލޫމާތު ފަދަ ސެންސިޓިވް ތަފްސީލުތައް، އަދި ސްކްރީނުގައި ހުންނަ ކޮންމެ ޓެޕަކާއެކު ވެސް ޓިކްޓޮކްގެ އިން-އެޕް ބްރައުޒަރ "ސަބްސްކްރައިބް" ކުރާ ކަމަށެވެ.
"ޓެކްނިކަލް ނަޒަރަކުން ބަލާއިރު، މިއީ ތާޑް ޕާޓީ ވެބްސައިޓްތަކުގައި ކީލޯގަރ އެއް ހަރުކުރުމާ އެއްފަދަ ކަމެއް،" ޓިކްޓޮކް އިންޖެކްޓް ކުރާ ޖާވާސްކްރިޕްޓް ކޯޑާ ބެހޭ ގޮތުން ކްރައުސް ލިޔުއްވާފައި ވެއެވެ. ނަމަވެސް އޭނާ އިތުރަށް ބުނީ "އެޕެއް ބޭރުގެ ވެބްސައިޓްތަކަށް ޖާވާސްކްރިޕްޓް އިންޖެކްޓް ކުރާތީ، އޭގެ މާނައަކީ އެޕުން ހަމައެކަނި ކުރަނީ ނުރަނގަޅު ކަންކަމުގެ ވާހަކައެއް ނޫން" ކަމަށެވެ.
ފޯބްސްއާ ހިއްސާކުރި ބަޔާނެއްގައި ޓިކްޓޮކްގެ ތަރުޖަމާނަކު ވަނީ ޖާވާސްކްރިޕްޓް ކޯޑު ބަލައިގަންނަ ކަމަށް ބުނެފަ އެވެ.
"އެހެން ޕްލެޓްފޯމްތަކެކޭ އެއްފަދައިން އަޅުގަނޑުމެން ވެސް އިން-އެޕް ބްރައުޒާއެއް ބޭނުން ކުރަނީ ހަމައެކަނި އެޕް ޔޫޒާ އެކްސްޕީރިއަންސެއް ދިނުމަށް، ނަމަވެސް ސުވާލު އުފެދިފައިވާ ޖާވާސްކްރިޕްޓް ކޯޑް ބޭނުން ކުރަނީ ހަމައެކަނި އެ ތަޖުރިބާގެ ޑިބަގް ކުރުމާއި، މައްސަލަ ހައްލު ކުރުމާއި ޕާފޯމަންސް މޮނިޓާ ކުރުމަށް ، އެއީ ޕޭޖް ލޯޑްވަނީ ކިހާ އަވަސް މިނެއްގައިތޯ ނުވަތަ ކްރޭޝްވީތޯ ބެލުން ފަދަ ކަމެއް،" ފޯބީސް އިން ބުންޏެވެ.
ކްރައުސް ވިދާޅުވީ އިން-އެޕް ބްރައުޒަރތަކުގައި ޖާވާސްކްރިޕްޓް ކޯޑުގެ އެއްވެސް ކަހަލަ ނުބައި ޔޫސޭޖަކުން ރައްކާތެރިވުމަށް ބޭނުންވާ ފަރާތްތަކުން އައިފޯން އަދި އައިޕެޑްގައި ޑިފޯލްޓް ބްރައުޒަރގައި ދީފައިވާ ލިންކެއް ބަލާލަން ބޭނުންވެއްޖެނަމަ ސަފާރީ ފަދަ ޕްލެޓްފޯމަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
"އެއްވެސް އެޕަކުން ލިންކެއް ހުޅުވާލާ ކޮންމެ ފަހަރަކު، އެޕުން ތިބާގެ ޑިފޯލްޓް ބްރައުޒާގައި މިހާރު ދައްކާފައިވާ ވެބްސައިޓް ހުޅުވޭނެ މަގެއް އޮތްތޯ ބަލާށެވެ،" ކްރައުސް ލިޔުއްވާފައިވެ އެވެ. މި ތަހުލީލުތަކުގެ ތެރޭގައި ޓިކްޓޮކް ފިޔަވައި އެހެން ކޮންމެ އެޕެއް ވެސް ވަނީ މިކަން ކުރެވޭނެ މަގެއް ދައްކާފައި." އޭނާ ވިދާޅުވިއެވެ.
ފޭސްބުކް އާއި އިންސްޓަގްރާމަށް ޖާވާސްކްރިޕްޓް ކޯޑް އެމީހުންގެ އިން-އެޕް ބްރައުޒާތަކުގައި ލޯޑްކޮށްފައިވާ އެކްސްޓާނަލް ވެބްސައިޓްތަކުގެ ތެރެއަށް ވައްދާ އިތުރު ދެ އެޕަކީ ވެސް އެއެޕްތަކަށް ޔޫޒާ އެކްޓިވިޓީ ޓްރެކް ކުރުމުގެ ގާބިލްކަން ލިބޭ ދެ އެޕް ކަމަށް ކްރޫސް ބުނެ އެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް ޕޭރެންޓް ކޮމްޕެނީ މެޓާގެ ތަރުޖަމާނަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ގަސްދުގައި އެ ކުންފުނިން (ޓިކްޓޮކްއިން) މި ކޯޑު އުފެއްދީ މެޓާގެ ޕްލެޓްފޯމްތަކުގައި ޕީޕަލްސް އެޕް ޓްރެކިން ޓްރާންސްޕޭރެންސީ (އޭޓީޓީ) ޗޮއިސްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން" ކަމަށެވެ.
ކްރައުސް ބުނި ގޮތުގައި އޭނާ އުފެއްދީ ވަރަށް އާދައިގެ ޓޫލެއް ކަމަށާއި "އިން-އެޕް" ބްރައުޒާއަކުން ޖާވާސްކްރިޕްޓް ކޯޑް އިންޖެކްޓް ކުރޭތޯ ކޮންމެ މީހަކަށް ވެސް ބަލާލެވޭނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ޔޫޒަރުން ހަމައެކަނި ބޭނުންވަނީ އެނަލައިޒް ކުރަން ބޭނުންވާ އެޕެއް ހުޅުވާލައި، އެއެޕްގެ އެތެރޭގެ ކޮންމެވެސް ތަނެއްގައި އެ އެޑްރެސް އިނދޭތޯ ބަލާށެވެ. އެގޮތުން އެހެން މީހަކަށް އެއްޗެއް ޝެއާ ކޮށް، އެޕްގެ އެތެރޭގައި ވާ ލިންކަށް ޓެޕްކޮށް، (InAppBrowser.com) އިން-އެޕް ބްރައުޒާގައި އެ އެޕް ހުޅުވުމަށާއި، އަދި ދައްކާފައިވާ ރިޕޯޓުގެ ތަފްސީލު ތައް ކިޔާލަން ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.