ގެލެކްސީ އެސް8 ސްމާޓްފޯނަށް އާ ފާމްވެއަރ އަޕްޑޭޓެއް ލިބިއްޖެ

އަޙްމަދު ދާއޫދު 21 އޯގަސްޓު 2022

ދެކުނު ކޮރެއާގެ ޓެކް ޖަޔަންޓް ސެމްސަންގު ކުންފުނިން 2017 ވަނައަހަރުގެ ކުރީކޮޅު ލޯންޗްކުރި ގެލެކްސީ އެސް8 އަދި އެސް8+ އަށް ދިގު އިންތިޒާރަކަށްފަހު އައު ފާމްވެއަރ އަޕްޑޭޓޭއްލިބިއްޖެއެވެ.

މި މުހިންމު އަޕްޑޭޓް މިހާރު ރޯލްއައުޓް ކުރަމުންދާއިރު، އެސް 8 ގެ ފޯނުތަކަށް އެންމެފަހުން އަޕްޑޭޓެއް ލިބިފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހު އެވެ.

ޖީއެސްއެމް އެރީނާ އިން ބުނާ ގޮތުގައި އަލަށް ދޫކުރި ފާމްވެއާ (ޖީ95*FXXUCDVG4) ގައި ޖީޕީއެސް ސްޓެބިލިޓީ ރަނގަޅު ކުރެވޭނެ އަޕްޑޭޓެއް ހިމެނޭއިރު، އެއީ އެންމެ 420އެމްބީ ޑައުންލޯޑް ސައިޒްގެ އަޕްޑޭޓެކެވެ. އަދި އަލަށް ދޫކުރި އަޕްޑޭޓްގައި ޖީޕީއެސް ފިކްސް ފިޔަވައި އެހެން ފިކްސްއެއް އެކުލެވިގެންވާނެކަމަށް އެއްވެސް ރިޕޯޓެއްގައި ބުނެފައެއް ނުވެއެވެ.

މިއީ ހަމައެކަނި ފިކްސްއެއް ކަމުގައިވިޔަސް އެންޑްރޮއިޑް 9 ގައި އެކުލެވޭ ފަދަ ސެކިއުރިޓީ ޕެޗަކާއެކު އޭޕްރީލް 1 2021 އިން ފެށިގެން އަޕްޑޭޓެއް ނުލިބި އޮތުމަށްފަހު ފާއިތުވެދިޔަ 5 އަހަރާއި ބައިގެ މުއްދަތުގައި އެސް 8 އަށް ލިބުނު މިއީ މުހިންމު އަޕްޑޭޓޭއް ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ޖީޕީއެސް ފިކްސް އަކީ އޭޝިއާގެ ގެލެކްސީ ޖޭ7 ފޯނުތަކަށް ދޫކޮށްފައިވާ ފިކްސް އާއި ދާދި ހަމަހަމަ ފިކްސްއެކެވެ. ޖޭ7 އަކީ 2015 ވަނަ އަހަރުގެ ފޯނުތަކެއް ކަމަށާއި އަދި މިއީ ކުރީގެ ދުވަސްވީ ފޯނުސީރީސް ތަކުގެ ތެރެއިން ހަމައެކަނި އަޕްޑޭޓް ކުރެވޭ މުސްކުޅި ފޯނުކަމަށް ވެސް ޖީއެސްއެމް އެރީނާ އިން ރިޕޯޓްކޮށްފައިވެ އެވެ.

ގެލެކްސީކްލަބުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހެން ބައެއް ދުވަސްވީ ފޯނުތަކަށް އެންމެ ފަހުން އަޕްޑޭޓެއް ލިބިފައިވަނީ 2016 ވަނައަހަރުއެވެ. އެއީ 2016 ވަނަ އަހަރު ގެލެކްސީ އެސް7 އަށް ލިބުނު ސެކިއުރިޓީ ފިކްސްއެކެވެ. ދެން އެންމެ ފަހުގެ އަޕްޑޭޓޭއް އެފަދަ ދުވަސްވީ ފޯނަކަށް ލބިފައިވަނީ 2015 ވަނަ އަހަރު ގެލެކްސީ އެސް6 އަށެވެ.

މިހާރު އެންޑްރޮއިޑްގެ އަޕްޑޭޓްސް ލިބޭ ފޯނު ލިސްޓްގައި މިއިން އެއްވެސް ފޯނެއް ހިމެނިފައި ނުވާއިރު، އަދިވެސް ގަވާއިދުން އަޕްޑޭޓް ލިބެމުންދާ އެންމެ ދުވަސްވީ އެސް ސީރީޒް ޖީލަކީ 2019 ވަނަ އަހަރު ނެރުނު ގެލެކްސީ އެސް10 އެވެ.

ސެމްސަންގުން ދާދިފަހުން އިއުލާންކުރި ގޮތުގައި އެ ކުންފުނީގެ ފްލެގްޝިޕްތަކަށް އެކްސްޓެންޑް ސަޕޯޓް މިހާރުވެސް ލިބޭނެއެވެ. އެގޮތުން 4 އޮއެސް އަޕްޑޭޓާއި 5 އަހަރުގެ ސެކިއުރިޓީ ޕެޗް، ލިބޭނެކަމަށް ބުނެފައިވާއިރު، އެކަމަކު އެއީ ހަމައެކަނި 2021 ވަނަ އަހަރުގެ ޑިވައިސްތަކާއި އަލަށް އުފައްދާ ޑިވައިސްތަކުގެ އިތުރުން އެސް21 ސީރީޒް އާއި އޭގެ މަތީގެ ޑިވައިސްތަކެވެ.

އެސް10 ސީރީޒް ހިމެނޭ ގޮތަށް ދުވަސްވީ ޑިވައިސްތަކާއި އޭ އަދި އެމް ސީރީޒްގެ ޑިވައިސްތަކަށް 4 އަހަރުގެ ސަޕޯޓް ލިބެމުންދިޔަ ނަމަވެސް ފަހުގެ އަޕްޑޭޓްލިބޭ އެސް8 އަށް ވުރެ ދުވަސްވީ އެއްވެސް ފޯނެއް ނެތް ކަމަށް ޖީއެސްއެމް އެރީނާ އިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.