ހަކަތަ އުފެއްދޭނެ އައު ވިސްނުމަކަށް ބިލިއަނަރުން އެހީވަނީ!

އަޙްމަދު ދާއޫދު 24 އޯގަސްޓު 2022

ގްރީންލޭންޑްގެ ވިރެމުންދާ އައިސްތަކުގެ ދަށުގައި ވަޅުލެވިފައިވާ (ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ މަދުން ނޫނީ ނުފެންނަ) މަޢުދަނެއް ހޯދުމަށް ސައިންސްވެރިން ކުރަމުންދާ ބުރަ އުނދަގޫ މަސައްކަތަށް ބިލިއަނަރުންގެ ޓީމަކުން އިންވެސްޓްކޮށް އެހީވަމުންދާކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން ޖެފް ބެޒޯސް އާއި ބިލް ގޭޓްސް އަކީ ގްރީންލޭންޑްގެ ހުޅަނގު ސަރަހައްދުގައި ގިރަމުންދާ އައިސްގެ ދަށުން ސާފު ހަކަތައަށް ވަސީލަތްތައް ލިބޭނެ ކަމަށް އުންމީދުކުރާ ކުންފުންޏަކަށް ތާއީދުކުރާ ބިލިއަނަރުންގެ ގްރޫޕްގައި ހިމެނޭ ދެބޭފުޅުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ކަރަންޓް ދޭ މިނަރަލް އެކްސްޕްލޯރޭޝަން ސްޓާޓްއަޕް އެއް ކަމަށްވާ ކޯބޯލްޑް މެޓަލްސް އިން ދަނީ ގްރީންލޭންޑްގެ ވިރެމުންދާ އައިސްގެ ދަށުގައި އިލެކްޓްރިކް ކާރާއި އިއާދަކުރަނިވި ބެޓެރީ އުފެއްދުމަށް ބޭނުންކުރެވޭނެ މަދުން ނޫނީ ނުފެންނަ އަދި އަގުހުރި މެޓަލްތަކާއި މައުދަންތައް ހޯދަމުންނެވެ.

"އަޅުގަނޑުމެން މި ހޯދަނީ ދުނިޔޭގައި ހުރި އެންމެ ބޮޑު، އެންމެ މުހިންމު އެއް ނިކަލް އަދި ކޯބަލްޓް ޑިޕޮސިޓް އަކަށް ވާނެ، 100 މިލިއަން އީވީ އަށް ކަރަންޓް ދިނުމުގެ ގާބިލްކަން ހުރި ހޯދުން،" ކޯބޯލްޑް މެޓަލްސްގެ ތަރުޖަމާނު އިންސައިޑާ އަށް ވިދާޅުވި އެވެ.

ޖިއޮލޮޖިސްޓުންނާއި ޖިއޮފިޒިސިސްޓުންނާއި ޕައިލެޓުން ހިމެނޭ ގޮތަށް 30 މީހުންގެ ޓީމަކުން ޑިސްކޯ އައިލެންޑާއި ނޫސުއާކް ޕެނިންސުލާ ހޯދަމުންދާއިރު، ބެޓެރީތަކާއި އިލެކްޓްރިކް ވެހިކަލްތަކަށް ބޭނުންވާ މައުދަނާއި ލޭޒާތައް ހުންނަނީ ފަރުބަދަތަކާއި ވާދީތަކުގައި ކަމަށް ބެލެވެ އެވެ.

ކޯބޯލްޑް އިން ދަނީ ބްލޫޖޭ މައިން އާއި ގުޅިގެން މި އެކްސްޕްލޯރޭޝަންގެ މަސައްކަތް ކުރަމުންނެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ގްރީންލޭންޑްގައި އެ ޓީމުން ކުރި މަސައްކަތްތަކުގެ ވީޑިއޯ ގެންގުޅުނު ފުރަތަމަ މީޑިއާ އެވެ.

"ދުނިޔޭގެ އިގްތިސާދާއި އެކަށޭނަ މިންވަރަކަށް ފުރިހަމައަށް ކަރަންޓް ދިނުމަކީ އަޅުގަނޑުމެންގެ ޖީލަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް، ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރުންގެ މި ފުޅާ ސެޓާ ގުޅިގެން އީވީ އިންގިލާބަށް ބޭނުންވާ މުހިއްމު ތަކެތި ހޯދުމަށް ކުރާ މަސައްކަތްތައް މިޕްރޮޖެކްޓްގެ ސަބަބުން އަވަސްވެގެންދާނެ." ކޯބޯލްޑްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ގްރީންލޭންޑްގެ އެ ޓީމުން އޭއައި ބޭނުންކޮށްގެން އަންނަ ހޫނު މޫސުމުގައި މި ޕްރޮޖެކްޓް ފަށާނެ ސަރަހައްދުތައް ހޯދަމުން އަންނަ ކަމަށް ސީއެންއެން އިން ބުނެ އެވެ. މީގެ އިތުރުން ބިމުގެ ސާމްޕަލް ނަގައި ޑްރޯން އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ބިމުގެ އަޑީގައިވާ ފަށަލަތައް ސްކޯޕް ކުރުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ގްރީންލޭންޑަށް އަންނަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތަކާއި އަސަރުތައް ފެނުމަކީ ކަންބޮޑުވުމެއް، އެކަމަކު، އާންމުކޮށް ބުނާނަމަ، ޖުމްލަކޮށް ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގްރީންލޭންޑްގައި އެކްސްޕްލޯރޭޝަން އަދި މައިން ކުރުން ފަސޭހަވެ، ފަސޭހައިން ކުރެވޭނެ ގޮތް ހެދިއްޖެ." ބްލޫޖޭ މައިނިންގެ ސީއީއޯ ބޯ މޮލާ ސްޓެންސްގާޑް ސީއެންއެންއަށް ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.